ކ. ފޭދޫފިނޮޅު ކައިރީގައި މިއަދު ހަވީރު ހިނގި ލޯންޗު އެކްސިޑެންޓުގައި ނިޔާވީ ވިޔަފާރިވެރިޔާ ސައުދުﷲ އަހުމަދު ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
29 އެޕްރީލް 2023
ކ. ފޭދޫފިނޮޅު ކައިރީގައި މިއަދު ހަވީރު ހިނގި ލޯންޗު އެކްސިޑެންޓުގައި ނިޔާވީ ވިޔަފާރިވެރިޔާ ސައުދުﷲ އަހުމަދު ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
ހަވީރު 4:40 ހާއިރު ހިނގި އެކްސިޑެންޓުގައި ސައުދުﷲ، 53 ނިޔާވީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެނިކޮށެވެ.
ބ. ކުޑަރިކިލަށް އަށް އުފަން ސައުދުﷲ އަކީ ބިން ހިއްކުމާއި ބޮޑު ހިލަ ޖެހުން ފަދަ މަސައްކަތް ކުރާ ކުންފުންޏެއް ކަމަށްވާ ސަސް އީ ކޮންސްޓްރަކްޝަން ކުންފުނީގެ މެނޭޖިން ޑިރެކްޓަރެވެ. އޭނާ މިހާތަނަށް ވަނީ އަމިން ކޮންސްޓްރަކްޝަނާއި ރެއިންބޯ އެންޓަޕްރައިސަސްގައި މަސައްކަތް ކުރައްވައިފަ އެވެ. އަމިން ކޮންސްޓްރަކްޝަންގެ ޖެނެރަލް މެނޭޖަރުކަން އަދި ރެއިންބޯގެ ޕްރޮޖެކްޓް މެނޭޖަރުކަން ކުރެއްވި އެވެ.
އިމާރާތްކުރުމުގެ ދާއިރާގެ ތަޖުރިބާކާރު ސައުދުﷲގެ ސަސް އީ ކުންފުނިން ވަނީ ރާއްޖޭގެ ވަރަށް ގިނަ ރަށްރަށް ހިއްކައި އަދި ބޮޑު ހިލަ ޖެހުމުގެ މަސައްކަތް ކޮށްފަ އެވެ. އޭގެ ތެރޭގައި ކްރޮސްރޯޑްސްގެ އިތުރުން ބައެއް ރިސޯޓުތައް ހިމެނެ އެވެ.
ސައުދުﷲ ގެ ސަސް އީއަކީ ލިއޯ ޓްރޭޑިން ޕްރައިވެޓް ލިމިޓެޑްގެ ސިސްޓާ ކުންފުންޏެވެ.
މިއަދުގެ އެކްސިޑެންޓާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ބުނުން ފިޔަވައި އެކަމުގެ އިތުރު ތަފްސީލެއް އަދި ފުލުހުން ނުދެ އެވެ. އެހެންވެ، އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބެއް ވެސް ސާފެއް ނުވެ އެވެ.
މީހަކު މަރުވުމުން ލޯންޗް ކައްޕިންނަށް ދައުވާކުރަނީ
ޝާފިއު އާއި މިސްބާހު ދަތުރުކުރީ ކައިވެންޏަކަށް ދާން
އެކްސިޑެންޓެއްގައި ކުށްވެރިވި ކެޕްޓަން ސަލާމަތްވެއްޖެ
ދޯންޏެއް އަޑިއަށް ގޮސް ދެ މީހަކު މަރުވެއްޖެ
ލޯންޗަކާއި ޓަގެއް ޖެހި، އެކްސިޑެންޓްވެ މީހަކަށް އަނިޔާ
މާބަނޑުމީހަކު މަރުވި އެކްސިޑެންޓް:10އަހަރުފަހުންހުކުމް
މަސްތުވެގެން ހުރެ ލޯންޗު ދުއްވި މީހަކު ވެސް ހައްޔަރު
އައްޑޫގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ
ލާމު ލިންކު އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ
ނައިޓްކްލަބެއްގެ ފުރާޅު ވެއްޓި 100 މީހުން މަރުވެއްޖެ