Roadha Mihaaru
ގައިދީންގެ ގަޔަށް ބަޑިޖަހާ މަރާ ވީޑިއޯއެއް އާއްމުވެއްޖެ

މިސްރުގައި ޖަލެއްގައި ގައިދީން ގަޔަށް ސިފައިން ބަޑިޖަހާ މަރާ ވީޑިއޯއެއް އާއްމުވެއްޖެ

22 އެޕްރީލް 2017

ގާހިރާ (އެޕްރީލް 22) - މިސްރުގެ އުތުރުގެ ސައިނާއީ ސަރަހައްދުގެ ޖަލެއްގައި ގައިދީންތަކެއްގެ ގަޔަށް ސިފައިން ބަޑިޖަހާ މަރާ ވީޑިއޯއެއް އާއްމުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ގާހިރާ (އެޕްރީލް 22) - މިސްރުގެ އުތުރުގެ ސައިނާއީ ސަރަހައްދުގެ ޖަލެއްގައި ގައިދީންތަކެއްގެ ގަޔަށް ސިފައިން ބަޑިޖަހާ މަރާ ވީޑިއޯއެއް އާއްމުވެއްޖެ އެވެ.

އެއްވެސް ފަރާތަކުން މިއީ ސައްހަ އެއްޗެއްކަން ކަށަވަރުކޮށްދީފައި ނުވާ މި ވީޑިއޯގައި ގައިދީން ގަޔަށް ބަޑިޖަހާ މެރުމަށް ފަހު ސިފައިން ދައްކުވައިދޭން އުޅެފައި ވަނީ އެއީ ދެ ފަރާތުން ބަދަލުކުރި ބަޑީގެ ހަމަލާތަކެއްގައި މަރުވި ބައެއް ކަމަށެވެ. މިސްރު ސަރުކާރަށް ތާއީދުކުރާ ވެބްސައިޓަކުން ބުނެފައި ވަނީ މިދިޔަ އަހަރުގެ އެ ވީޑިއޯ އަކީ އަމިއްލަ އަށް ހަދާފައިވާ އެއްޗެއް ކަމަށެވެ. މި ވީޑިއޯއާ ބެހޭ ގޮތުން މިސްރުގެ އަސްކަރިއްޔާ އިން ވަކި އެއްޗެއް އަދި ނުބުނެ އެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނެފައި ވަނީ އެ ވީޑިއޯ ދިރާސާކޮށްފައިވާ ކަމަށެވެ. އަދި އެއްވެސް ރަހުމެއް ނެތި ހިންގާފައިވާ އެ އަމަލު މިސްރުގެ ކަމާ ބެހޭ ފަރާތްތަކުން ތަހުގީގު ކުރުމަށް ވަނީ ގޮވާލައިފަ އެވެ.

މޯބައިލް ފޯނަކުން ނަގާފައިވާ ކަމަށް ބެލެވޭ އެ ވީޑިއޯ ވަނީ މިސްރުގައި މަނާކޮށްފައިވާ މުސްލިމް ބުރަދަހުޑަށް ތާއީދުކުރާ މެކަމެލީން ޓީވީން ބުރާސްފަތި ދުވަހު ދައްކައިފަ އެވެ.