22 އެޕްރީލް 2017
ޑިޕްރެޝަނާ ބެހޭ ގޮތުން ތަފާތު މައުލޫމާތަކަށް ވާހަކަ ދެކެވެމުންދާ މި ދުވަސްވަރު އަނެއްކާވެސް އެހެން ވާހަކައެކެވެ. އާ ދިރާސާއެއްގެ ނަތީޖާ ދައްކާ ގޮތުން މާބޮޑަށް ހިކުމަކީ ޑިޕްރެޝަނާ ގުޅުން ހުރި ކަމެކެވެ. މިއީ މި ދެ ކަންތަކުގައި ގުޅުމެއް ހުރި ކަމަށް ދިރާސާއަކުން ދެއްކި ފުރަތަމަ ފަހަރެވެ.
ޑިޕްރެޝަނާ ބެހޭ ގޮތުން ތަފާތު މައުލޫމާތަކަށް ވާހަކަ ދެކެވެމުންދާ މި ދުވަސްވަރު އަނެއްކާވެސް އެހެން ވާހަކައެކެވެ. އާ ދިރާސާއެއްގެ ނަތީޖާ ދައްކާ ގޮތުން މާބޮޑަށް ހިކުމަކީ ޑިޕްރެޝަނާ ގުޅުން ހުރި ކަމެކެވެ. މިއީ މި ދެ ކަންތަކުގައި ގުޅުމެއް ހުރި ކަމަށް ދިރާސާއަކުން ދެއްކި ފުރަތަމަ ފަހަރެވެ.
ދިރާސާއިން މިހެން ދެއްކި ނަމަވެސް އެކަށީގެންވާ ވަރަށް ވުރެ ފަލަ އަންހެނުންނަށް ޑިޕްރެޝަންގެ ނުރައްކާ އޮންނަ މިންވަރު، ފަލަ ފިރިހެނުންނަށް މި ނުރައްކާ އޮންނަ ވަރަށް ވުރެ ބޮޑުކަން ދިރާސާތަކުން ހާމަވެފައިވެ އެވެ. އެކަމަކު މާބޮޑަށް ހިކުމާ ޑިޕްރެޝަނާ ގުޅުން ހުންނަ މިންވަރު ވަކި ޖިންސަކަށް ހާއްސައެއް ނޫނެވެ.
ސޯލް ނެޝަނަލް ޔުނިވަސިޓީ އޮފް މެޑިސިން އިން ކުރި ދިރާސާއިން މިގޮތަށް ދެއްކި ނަމަވެސް، މާބޮޑަށް ހިކުމަކީ ޑިޕްރެޝަން ޖެހުމަށް މެދުވެރިވާ ސަބަބެއް ކަމަކަށް ނުނިންމަ އެވެ. ދިރާސާ ޓީމުން ބުނީ ޑިޕްރެޝަން ހުންނަ މީހުންގެ ހަށިގަނޑު ހިކުމަށް މެދުވެރިވާނެ ސަބަބުތައް އެބަހުރި ކަމަށެވެ. މާނަ އަކީ މާބޮޑަށް ހިކުމަކީ ޑިޕްރެޝަންގެ ސަބަބުން މެދުވެރިވާ ކަމަކަށް ވުމަށް ފުރުސަތު އޮތުމެވެ.
ދިރާސާ ޓީމުން، މީގެ ކުރީގެ 183 ދިރާސާއަކުން މައުލޫމާތު އެއްކުރުމަށް ފަހު ބެލި ކަންތައްތަކުން އެނގުނު ގޮތުގައި އެކަށީގެންވާ ވަރަށް ވުރެ ހަށިގަނޑު ފަލަވުމުން ޑިޕްރެޝަންގެ ނުރައްކާ ބޮޑުވެ އެވެ. އެކަމަކު މިކަމުގައި އަންހެނުންނާއި ފިރިހެނުންނަށް ތަފާތެވެ.
"ބެލެވޭ ގޮތުގައި، އަންހެނެއްގެ ހަށިގަނޑު ހުންނަންޖެހޭ ކަމަށް ގަބޫލުކުރެވިފައި އޮންނަ މިންގަނޑުގެ ސަބަބުން، އަންހެނަކު ފަލަވުމުން އެ މީހަކު އެކަމާ ޑިޕްރެސް ވުމަށް އޮންނަ ފުރުސަތު ފިރިހެނުންނަށް އޮންނަ ވަރަށް ވުރެ އިތުރުވަނީ،" ދިރާސާގައި އިސްކޮށް ހުންނެވި ތަޖުރިބާކާރަކު ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވީ ފަލަ ފިރިހެނުންނަށް ޑިޕްރެޝަންގެ ނުރައްކާ ކުޑަވާކަން ދިރާސާއިން ފާހަގަވި ކަމަށެވެ.
ފަލަ އަންހެނުންނަށް ޑިޕްރެޝަންގެ ނުރައްކާ އިތުރުވަނީ، އަންހެނަކު ފަލަވުމުން އެ މީހަކާ މެދު ދެކޭ ގޮތާއި އެ މީހަކު އެކަމާ މެދު ވިސްނާ ގޮތުގެ ސަބަބުން ކަމަށް ދިރާސާ ޓީމުން ގަބޫލުކުރެ އެވެ.
ފަލަ ފިރިހެނުންނަށް ޑިޕްރެޝަންގެ ނުރައްކާ ކުޑަ ކަމަށް ދެއްކިޔަސް މިއީ ފިރިހެނުން ހަށިގަނޑަށް ނުބަލާ އުޅެންޖެހޭ ސަބަބެއް ނޫން ކަމަށާއި ކޮންމެ ޖިންސެއްގެ މީހެއް ވިޔަސް އެ މީހަކާ އެކަށީގެންވާ ބަރުދަނެއްގައި ހުރުމަށް މަސައްކަތް ކުރަން ޖެހޭނެކަން ދިރާސާ ޓީމުން ހަނދާކޮށްދެ އެވެ.
ވިހެއުމުގެ ޑިޕްރެޝަން ހާއްސަ ބޭހަށް ހުއްދަ ދީފި
ބެލެންސް ޑައިޓަކަށް ވިޓަމިން ޑީ މުހިއްމު
ލިޔަންކިޔަން އެނގޭ ނަމަ ހަނދާންނެތޭ ބައްޔާ ދުރުކޮށްދޭ
ޑިޕްރެޝަނާ ދެކޮޅަށް ތާޒާ މޭވާ އާއި ތަރުކާރީ
ދުބާއީގައި ޔޯގާ އިޝްތިހާރުކުރި ގޮތް ހޫނުވެއްޖެ
ޖަންކް ފުޑުން ނަފްސާނީ ބައްޔަކަށް ހުށަހެޅިދާނެ
ބިރުވެރި ހުވަފެނަކީ ނަފުސާނީ ބަލީގެ އަލާމާތަކަށް ވެދާނެ
ޑިޕްރެޝަނުން ހިތުގެ ބަލިތަކާއި އާތުރައިޓްސް
އައިސީޔޫން ނަފްސާނީ މައްސަލަތަކުގެ ބިރު
ކުދިންގެ ގައިގައި ނުޖަހާތި، ނަތީޖާ ވަރަށް ގޯސް