18 ނޮވެމްބަރ 2019
ލިޔަންކިޔަން ނޭނގޭ މީހުންނަށް ހަނދާންނެތޭ ބަލި ނުވަތަ ޑިމެންޝާ ޖެހުމުގެ ފުރުސަތު ގާތްގަނޑަކަށް ތިން ގުނަ އަށް އިތުރުވާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
ލިޔަންކިޔަން ނޭނގޭ މީހުންނަށް ހަނދާންނެތޭ ބަލި ނުވަތަ ޑިމެންޝާ ޖެހުމުގެ ފުރުސަތު ގާތްގަނޑަކަށް ތިން ގުނަ އަށް އިތުރުވާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
ކޮލަމްބިއާ ޔުނިވަސިޓީ ވެގަލޮސް ކޮލެޖް އޮފް ފިޒީޝަންސް އެންޑް ސާޖަންސްގެ ތަޖުރިބާކާރު ޑޮކްޓަރެއް ކަމަށްވާ ޖެނިފާ ޖޭ. މޭންލީ އިސްކޮށް ހުންނެވި ދިރާސާ އަށް ފަހު ނިއުރޮލޮޖީ ޖާނަލްގައި ޝާއިއުކޮށްފައި ރިޕޯޓްގައި ބުނެފައި ވަނީ ލިޔުމާއި ކިޔުމަކީ ސިކުނޑީގެ ބޭނުން އިތުރަށް ކުރަންޖެހޭ ކަމަކަށް ވާތީ، ނޫސް ކިޔުމާއި ކުޑަކުދިންނަށް އެއްޗެހި ބުނެދިނުން ފަދަ ކަންތައް ކުރުމުން ސިކުނޑި އަށް ފައިދާކުރަނީ ކަމަށެވެ.
"މީގެ ކުރީގެ ބައެއް ދިރާސާތަކުން ވެސް ވަނީ މި ބުނި ފަދަ ކަންކަމުން ޑިމެންޝާއާ ދުރުކޮށްދޭ ކަމަށް،" މެންލީ ވިދާޅުވި އެވެ.
އާ ދިރާސާގައި މެންލީ އާއި އޭނާގެ ޓީމުން ވަނީ ތައުލީމީ ފެންވަރު ދަށް 983 މީހަކު ބައިވެރިކޮށްފަ އެވެ. މި މީހުންގެ އެވްރެޖް އުމުރަކީ 77 އަހަރެވެ. އަދި ސްކޫލުގައި އުޅެފައިވަނީ ހަތަރު ވަރަކަށް އަހަރު އެވެ. މި މީހުންނާ ކުރި ސުވާލުތަކަށް ފަހު އޭގެ ތެރެއިން ލިޔަންކިޔަން ނުދަންނަ 237 މީހުންނާއި ލިޔަންކިޔަން ދަންނަ 746 މީހުން ދެ ބަޔަށް ބަހާލި އެވެ.
މި މީހުންގެ މެޑިކަލް އަދި އެހެން ޓެސްޓްތައް ހެދުމަށް ފަހު ދެ އަހަރު ވަންދެން އެ ޓެސްޓުތައް ކޮންމެ 18 މަސް ދުވަހަކުން ރިޕީޓްކުރަމުން ދިޔަ އެވެ.
ދިރާސާ ފެށި އިރު، ލިޔަންކިޔަން ނުދަންނަ 237 މީހުންގެ ތެރެއިން 83 މީހުން ނުވަތަ 35 ޕަސެންޓް މީހުން އޭރު ވެސް ތިބީ ޑިމެންޝާ ޖެހިފަ އެވެ. އެކަމަކު ލިޔަންކިޔަން ދަންނަ 746 މީހުންގެ ތެރޭގައި ތިބީ ޑިމެންޝާ ހުރި މީހުންގެ ނިސްބަތަކީ 18 ޕަސެންޓެވެ. އެއީ 134 މީހުންނެވެ.
ދިރާސާގެ ބައިވެރިންގެ އުމުރާއި ދިރިއުޅުމުގެ ފެންވަރާއި ހިތުގެ ސިއްހަތު ފަދަ ކަންކަމަށް ރިއާޔަތްކޮށް ބެލި އިރު، ލިޔަންކިޔަން ނުދަން މީހުންނަށް ޑިމެންޝާ ޖެހުމުގެ ފުރުސަތު ތިން ގުނަ ބޮޑު ކަމަށް ދެއްކި އެވެ.
ދިރާސާ ނިންމާލި އިރު، ލިޔަންކިޔަން ނުދަންނަ މީހުންގެ ތެރޭގައި ޑިމެންޝާ ހުރި 114 މީހަކު ތިއްބެވެ. އެއީ 48 ޕަސެންޓެވެ. އެކަމަކު ލިޔަންކިޔަން ދަންނަ މީހުންގެ ތެރޭގައި ތިބީ 201 މީހެކެވެ. އެއީ 27 ޕަސެންޓެވެ.
މެންލީ ވިދާޅުވީ މި ކަންކަމަށް ބެލުމުން، ލިޔަންކިޔަން ދަތުމަކީ ސިކުނޑި އަށް ފައިދާހުރި ކަމެއްގެ ގޮތުގައި ގަބޫލުކުރެވޭ ކަމަށެވެ.
ކުދިންގެ ގައިގައި ނުޖަހާތި، ނަތީޖާ ވަރަށް ގޯސް
ކަސްރަތުން ނަފްސާނީ މައްސަލަތަކާ ދުރުކޮށްދޭ
ޑިޕްރެޝަނާ ބެހޭ އާ ވާހަކައެއް
ނަފްސާނީ ބަލީގެ ހާލަތު ނުރައްކާ، އޯގާތެރިކަން އިސްކުރޭ
ޕީޓް ނަފުސާނީ ފަރުވާ ހޯދަނީ
ކެންސަރު ހޮސްޕިޓަލް މާލެ ސަރަހައްދަށް ބަދަލުކުރަނީ
ރާއްޖޭގެ ފުރަތަމަ މެންޓަލް ހެލްތު ކޮންފަރެންސް ފަށައިފި
'އޮއެވަރު' ކޮންފަރެންސަށް ދިރާގުން އެހީ ދީފި
ގާސިމްގެ ވައުދަކީ ޒަމާނީ ސިއްހީ ހިދުމަތެއް ދިނުން
ވިހެއުމުގެ ޑިޕްރެޝަން ހާއްސަ ބޭހަށް ހުއްދަ ދީފި