20 އެޕްރީލް 2017
އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ އިސްވެރިން ގމިއަދު ހާޒިރުކުރީ މަލާމާތާއި ފުރައްސާރަ ކުރުމަށް ކަމަށް ބުނެ އެ ޕާޓީން ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ އިސްވެރިން ގމިއަދު ހާޒިރުކުރީ މަލާމާތާއި ފުރައްސާރަ ކުރުމަށް ކަމަށް ބުނެ އެ ޕާޓީން ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ކަމަށް ބުނެ، ޖުމްހޫރީ ޕާޓީގެ އިސްވެރިން މިއަދު ވަނީ އިލެކްޝަންސް ކޮމިޝަނަށް ހާޒިރުކޮށްފަ އެވެ.
މި ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ކަމާލުއްދީނާއި ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރާއި ރެޖިސްޓްރާ އަހުމަދު ސައުދާއި ސްޕޯކްސްޕާސަން އަލީ ސޯލިހު ބައިވެރިވެވަޑައިގަތެވެ.
އިލެކްޝަންސް ކޮމިޝަންގެ ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސަމީރު ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ގުޅޭ ގޮތުން އެ ކޮމިޝަނުން އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާ ކަމަށެވެ. އޭގެ ބަދަލުގައި ބައްދަލުވުމުގައި ދެއްކީ "އެހެން ޒާތެއްގެ" ވާހަކަތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަމަވެސް އެއީ ކޮން ވާހަކަތަކެއް ކަމެއް އެ ބޭފުޅުން ވިދާޅެއް ނުވެ އެވެ. އަދި މިކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ބަހެއް ވެސް އަދި ނުލިބެ އެވެ.
"ލޯކަލް ކައުންސިލް އިންތިޚާބުތަކާ ބެހޭ މަޝްވަރާ އަށް ވަރަށް ބޮޑަށް ތައްޔާރުވެގެން އައީ. އެކަމަކު (ދެއްކީ) އެބޭފުޅުންނާ [އިލެކްޝަންސް ކޮމިޝަނާ] ވެސް ގުޅުން ނެތް ވާހަކަތަކެއް،" ސަމީރު ވިދާޅުވި އެވެ.
"އަޅުގަނޑު ދަންނަވާނީ މިއީ ވަގުތު ގެއްލުވާލައި، މަލާމާތުގެ ގޮތެއްގައި ކުރެއްވި ޒާތުގެ ކަމެކޭ. އެފަދަ މުއައްސަސާއަކުން އެކަން ނުކުރެއްވުމަށް އެދެން،"
އަންނަ މަހު ހައެއްގައި ބާއްވަން ނިންމާފައިވާ ލޯކަލް އިންތިޚާބުގެ ވޯޓާސް ލިސްޓުގައި ސޮއިކުރަން ޖުމްހޫރީ ޕާޓީން ވަނީ ދެކޮޅު ހަދައިފަ އެވެ. އެކަމަކު ލިސްޓުގައި ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންގެ މަންދޫބުންނާއި ސިޔާސީ ޕާޓީތަކުން ސޮއި ނުކުރި ކަމުގައި ވިޔަސް، އެ އިންތިޚާބު ބާއްވަން އެއްވެސް ހުރަހެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއްޔެ ވަނީ ބުނެފަ އެވެ.
އިންތިހާބުގެ ނަތީޖާ ހޯދަން ޖެހެނީ ގަދަބާރުން: ނިޔާޒު
ގާނޫނުއަސާސީ ބުނާ އަދަދު ނެތަސް ވޯޓު ނަގަން ނިންމައިފި
އިންތިޚާބުތަކުގެ ގާނޫނުތައް އިސްލާހުކުރުން މާދަމާ
ކުރިނބީ ވޯޓުފޮށި އަލުން ގުނުމުން ކާމިޔާބުކުރީ އެމްޑީޕީ
ނަތީޖާ އިއުލާން ކުރުން ލަސްވާތީ އެމްޑީޕީން ފާޑު ކިޔައިފި
ނަތީޖާ ބަދަލެއް ނުކުރެވޭނެ، ފާރަވެރިވާނަން: ޝިފާޒް
ހިތުހުރި ގޮތަކަށް ރައީސަށް ކަންކަން ނުކުރެއްވޭނެ:ޝާހިދު
ވޯޓާސް ލިސްޓު އޮތީ ގައިޑްލައިނާ އެއްގޮތަށް: އީސީ
ވޯޓާސް ލިސްޓުގައި ސޮއިކުރަން ޖޭޕީން ދެކޮޅު ހަދައިފި
ޖޭޕީ/އެމްޑީޕީން ވަކިވި މެމްބަރުންނަށް ގާސިމްގެ އާދޭސް