16 ޖޫން 2016
ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ރިޔާސީ ލޯންޗުކޮޅު ގޮއްވާލަން ބޭނުން ކުރި ބޮން ހެދި ސިފައިންގެ މީހާ ދޫކޮށްލާފައި ހުރި ކަމަށް ކުރާ ތުހުމަތު ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިއަދު ދޮގުކުރައްވައިފި އެވެ.
ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ރިޔާސީ ލޯންޗުކޮޅު ގޮއްވާލަން ބޭނުން ކުރި ބޮން ހެދި ސިފައިންގެ މީހާ ދޫކޮށްލާފައި ހުރި ކަމަށް ކުރާ ތުހުމަތު ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިއަދު ދޮގުކުރައްވައިފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އަދީބަށް ބޮން ތައްޔާރު ކޮށްދިނީ ސިފައިންގެ އެކްސްޕްލޯސިވް އޯޑަނެންސް ޑިސްޕޯސަލް ޑިޕާޓްމަންޓުގައި މަސައްކަތް ކުރަމުން ދިޔަ މުހައްމަދު ޖަވާޒެވެ. ވިޓްނަސް ޕްރޮޓެކްޝަންގެ ދަށުން އޭނާ ދޫކޮށްލާފައިވާކަން އިތުރުބާރު ހުރި ގޮތަކަށް "މިހާރު" އަށް ވެސް ވަނީ އެނގިފަ އެވެ.
އެކަމަކު ނެޝެނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ޑިފެންސް މިނިސްޓަރު ވިދާޅުވީ "އޭނާ ދޫވެފައިވާ ކަމަށް ދެކެވޭ ވާހަކަ އަކީ މުޅިން ތެދު ވާހަކައެއް ނޫން" ކަމަށެވެ. އޭނާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް މިނިސްޓަރު ތަކުރާރުކޮށް ވިދާޅުވި އެވެ.
"އޭނަ ހުންނާނީ ފުލުހުންގެ ބެލުމުގެ ދަށުގައި. އެއްވެސް ހާލެއްގައި، ނުރައްކާތެރި ހަތިޔާރު އުފައްދަފާނެ ބަޔަކު އަދި މީހަކު ސަރުކާރުގެ ބެލުމުގެ ދަށުން ދޫވެ، ނުވަތަ އޭނަގެ އަމަލުތައް ނުބެލެހެއްޓި ދާނެ ގޮތަކަށް ހުރުމަކީ ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަމެއް،" ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ.
އާދަމް ޝަރީފް ވިދާޅުވި ގޮތުގައި ޖަވާޒުގެ "މައްސަލަ އަސްކަރިއްޔާ އިން ދަނީ ވަރަށް ގާތުން ބަލަމުން"ނެވެ. އޭނާ ސަސްޕެންޑްކޮށްފައިވާކަން ކަށަވަރުކޮށްދެއްވަމުން މިނިސްޓަރު ވިދާޅުވީ އޭނާއާ ދޭތެރޭގައި އަޅަން ޖެހޭ ފިޔަވަޅުތައް ކުރިއަށް އޮތް ތަނުގައި ވެސް އަޅާނެ އެވެ.
ކައުންޓަ ޓެރަރިޒަމް ސެންޓަރުން ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު ވާހަކަ ދައްކަވާއިރު ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު (ވ) އާއި ކައުންޓަ ޓެރަރިޒަމް ސެންޓަރުގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް އަބްދުއްރަހީމް އަޑު އައްސަވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު
ފިނިފެންމާގައި އައިއީޑީއެއް ގޮއްވާލުމުގެ އަޑީގައި ހުންނެވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކަމަށް ސާބިތުވެ އޭނާ 15 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އެ އައިއީޑީ ތައްޔާރު ކުރި ޖަވާޒު ވަނީ އަދީބާ ދެކޮޅަށް ޝަރީއަތުގައި ހެކިބަސް ވެސް ދީފަ އެވެ. އަދީބާ ދެކޮޅަށް އޭނާ ހެކި ބަސް ދިނީ ކާކުކަން ނޭނގޭ ގޮތަށެވެ.
ލޯންޗުކޮޅުގައި އައިއީޑީއެއް ގޮއްވާލުމަށް ފަހު، ތަހުގީގު ފަށައި ޖަވާޒް އެންމެ ފުރަތަމަ ބަންދުކޮށްފައި ހުރީ، އެނގިފައިވާ ގޮތުގައި، ސިފައިންގެ މައި މަރުކަޒުގަ އެވެ. އޭނާ އަކީ އޭރު ސިފައިންގެ ތެރޭގައި ހިފަހައްޓާފައި ތިބި ފަސް މީހުންގެ ތެރެއިން އެކަކު ކަމަށްވެ އެވެ. އޭގެ ފަހުން، ސިފައިންގެ ބަންދުން ދޫކޮށްލުމުން، ފުލުހުން ވަނީ، އެނގިފައިވާ ގޮތުގައި، ޖަވާޒް ހައްޔަރުކޮށްފަ އެވެ.
އިތުބާރު ހުރި ފަރާތަކުން ބުނި ގޮތުގައި ފުލުހުންގެ ތަހުގީގަށް ޖަވާޒް އެއްބާރުލުން ދީ، ބޮމުގެ ކަންތައް ރޭވިގެން އައި ގޮތާއި އެކަން ކުރި ގޮތް ވަނީ ކިޔައިދީފަ އެވެ. ލޯންޗުކޮޅު ގޮއްވާލި މައްސަލައިގައި ދައުވާ ކުރަން ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވި ލިސްޓުގައި އަދީބާއި އޭނާގެ ދެ ބޮޑީގާޑުންގެ އިތުރުން ޖަވާޒް ވެސް ހިމެނޭ ކަމަށްވެ އެވެ.
އެނގިފައިވާ ގޮތުގައި އެ މައްސަަލަ ކޯޓަށް ފޮނުވައި ޝަރީއަތް ފެށުމާ އެކު، އަދީބާ ދެކޮޅަށް ހެކިބަސް ދޭން ޖަވާޒް އެއްބަސްވި އެވެ. ޕީޖީގެ އެދުމުގެ މަތިން އޭނާ އެ ކަމަށް އެއްބަސްވީ، އޭނާގެ ދައުވާ ނުކުރާނެ ކަމާއި އޭނާ އަށް ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދައުލަތުން ދިނުމުންނެވެ. އޭނާ ދޫކޮށްލީ އެކަމަށް އެއްބަސްވުމުންނެވެ.
ޖަވާޒަށް މިހާރު ވެސް ފުލުހުން ހިމާޔަތް ދޭ ކަމަށްވެ އެވެ. އެނގިފައިވާ ގޮތުގައި އޭނާ އަށް ކަމެއް ވެދާނެތީ ބޮޑީގާޑެއް ވެސް ހަމަޖައްސައި ދީފައިވެ އެވެ.
ހަނގުރާމައަށް ދާ ދިވެހިންގެ އަދަދު އިތުރުވެއްޖެ
ޓެރަރިޒަމް ހިންގަނީ ސިޔާސީ ކަންކަމާ ގުޅުވައިގެން
ޓެރަރިޒަމާ ދެކޮޅަށް މީހުން ހޭލުންތެރިކުރުވަނީ
"ޓެރަރިޒަމާ ދެކޮޅު އިސް ގައުމަކަށް ރާއްޖެ ވާނެ"
"ޓެރަރިޒަމަށް ހަރަދުކުރާ ބަޔަކު ރާއްޖެއަކު ނެތް"
ހަނގުރާމައަށް ދާން އުޅުނު ތިން މީހަކު ހިފަހައްޓައިފި
ދިވެހިން ހަނގުރާމަ އަށް ފޮނުވާ މީހުން ދެނެގަނެވިއްޖެ
އުތުރު ތިލަފަޅުގެ އެއްބަސްވުން ހޯދަން މަޖިލީހުން އެދެނީ
ހާލަތަށް ބަލައި ސިފައިން ނިންމާނީ ރަނގަޅަށް: އާދަމް
މި ފަހުން ސިފައިން އެންމެ ސިޔާސީވީ ޔާމީން ވެރިކަމުގައި