Roadha Mihaaru
ވިސާމަށް ކުރި ހުކުމް އިސްތިއުނާފްކޮށްފި

ވިސާމްގެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފްކޮށްފި

16 އެޕްރީލް 2017

ފުލުހުންގެ ދައުރު އަދާކުރަން ހުރަސްއެޅި ކަމަށް ބުނެ ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމަށް ކުރި ދެވަނަ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ފުލުހުންގެ ދައުރު އަދާކުރަން ހުރަސްއެޅި ކަމަށް ބުނެ ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމަށް ކުރި ދެވަނަ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު މިރޭ ވިދާޅުވި ގޮތުގައި 2015 ގައި ކުރި މުޒާހަރާއެއްގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަތް ކަމަށް ބުނެ ކުރި ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރަން ހުށަހެޅީ މި މަހުގެ ކުރީ ކޮޅު އެވެ.

ކްރިމިނަލް ކޯޓުގެ ހުކުމުގައި ވަނީ ދައުވާ އޭނާގެ މައްޗަށް ސާބިތުވާ މިންވަރަށް ހެކި ލިބިފައި ނެތް ކަމަށެވެ.

ފުލުހުންނަށް ހުރަސް އެޅިކަމުގެ ފުރަތަމަ ދައުވާ ވިސާމްގެ މައްޗަށް ސާބިތުވެ، މިދިއަ ޖެނުއަރީ މަހު 28،000ރ. އިން ޖޫރިމަނާ ކުރި އެވެ. އެ ހުކުމް ވިސާމްގެ ފަރާތުން ވަނީ އިސްތިއުނާފުކޮށްފަ އެވެ.

ވިސާމް ޖޫރިމަނާކޮށް، ކުރިން ހުކުމްކުރީ އޮކްޓޫބަރު، 2015 ގައި ރާއްޖެ ޓީވީގެ ސީއީއޯ ހުސައިން ފިޔާޒް ހައްޔަރު ކުރަން އުޅުނު ފުލުހުންނަށް ހުރަސް އެޅިކަން ސާބިތުވުމުންނެވެ. އެ މައްސަލާގައި އެތަނުގެ އެހެން ނޫސްވެރިއެއް ކަމަށްވާ ލީވާން ނަސީރު ވެސް ކުށްވެރިވެ، ޖޫރިމަނާކުރި އެވެ.

ފުލުހުން ބަންދުކުރި ސަރަހައްދަށް ވަތް ކަމަށް ބުނެ ރާއްޖެ ޓީވީގެ ކެމެރާމަން އާދަމް ޒަރީރުގެ މައްޗަށް ކުރި ދައުވާ ސާބިތުވެ، އޭނާ ވަނީ 3،000ރ. އިން ޖޫރިމަނާ ކޮށްފަ އެވެ.

ފުލުހެއްގެ ގައިގައި ޖެހި ކަމަށް ބުނެ ފިޔާޒުގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލައިފަ އެވެ. އެ މައްސަލަ މިހާރު އޮތީ ނިމުމަކާ ގާތުގަ އެވެ.