23 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ނޫސްވެރިންތަކެއް ކަމަށްވާ މުހައްމަދު ވިސާމާއި ލީވާން ނަސީރުގެ މައްޗަށް ދައުލަތުން ކުރާ ދައުވާގައި އެ މީހުންނަށް މާދަމާ އަދަބު ކަނޑައަޅާއިރު، ސަރުކާރުން މަސައްކަތް ކުރަނީ ނުހައްގު އެ ދެ ނޫސްވެރިންނަށް އަދަބު ދޭން ކަމަށް ރާއްޖެ ޓީވީ އިން މިއަދު ބުނެފި އެވެ.
ރާއްޖެ ޓީވީގެ ނޫސްވެރިންތަކެއް ކަމަށްވާ މުހައްމަދު ވިސާމާއި ލީވާން ނަސީރުގެ މައްޗަށް ދައުލަތުން ކުރާ ދައުވާގައި އެ މީހުންނަށް މާދަމާ އަދަބު ކަނޑައަޅާއިރު، ސަރުކާރުން މަސައްކަތް ކުރަނީ ނުހައްގު އެ ދެ ނޫސްވެރިންނަށް އަދަބު ދޭން ކަމަށް ރާއްޖެ ޓީވީ އިން މިއަދު ބުނެފި އެވެ.
ވިސާމާއި ލީވާންގެ މައްޗަށް ދައުވާކުރަނީ ނޮވެމްބަރު، 2015 ގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ރާއްޖެ ޓީވީގެ ސީއީއޯ ހުސައިން ފިޔާޒް ވަނުމުން، އޭނާ ހައްޔަރުކުރަން ފުލުހުން އުޅެނިކޮށް، ލީވާނާއި ވިސާމް ހުރަސް އެޅި ކަމަށް ބުނެއެވެ. މި މައްސަލާގައި އެ ވިސާމާއި ލީވާންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމާފައިވާއިރު އެ މީހުންނަށް އަދަބު ކަނޑައެޅުން މާދަމާ މެންދުރު އޮންނާނެ އެވެ.
ވިސާމާއި ލީވާންގެ އިތުރުން ރާއްޖެ ޓީވީގެ އެހެން ދެ މީހަކަށް ކުރާ ދައުވާތައް އަނބުރާ ގެންދަން ގޮވާލައި، ބެނާއެއްގައި ސޮއިކުރުން އިފްތިތާހުކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރާއްޖެ ޓީވީގެ ސީއީއޯ ފިޔާޒު ވިދާޅުވީ، މި ސަރުކާރު އައިފަހުން ނޫސްވެރިންނަށް އެކި ގޮތްގޮތުން ހުރަސް އަޅަމުންދާ ކަމަށާއި ވިސާމާއި ލީވާނަށް ވެސް ދޭން އުޅެނީ ނުހައްގު އަދަބެއް ކަމަށެވެ. އެކަންކަން ނުކުރަން ދައުލަތުގެ މުއައްސަސާތަކަށް އޭނާ ގޮވައިލެއްވި އެވެ.
"ހަމައެކަނި ރާއްޖެ ޓީވީއެއް ނޫން. ކުރީގެ ހަވީރު ނޫސް ވެސް އަދި ސީއެންއެމް ވެސް، ޖުމްލަ ގޮތެއްގައި ހުރިހާ މީޑިއާއަކަށް މި ސަރުކާރު އައިފަހުން ގަސްދުގައި ރޭވިކަން ނޫސްވެރިކަން ނައްތާލަން މަސައްކަތް ކުރަމުންދާ ތަން،" ފިޔާޒު ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި، ވިސާމާއި ލީވާނާ އެކު ހައްޔަރުކުރި ދުވަހު އެތަނުން ހައްޔަރުކުރި އެހެން ނޫސްވެރިއަކު ވެސް އެބަހުއްޓެވެ. އެކަމަކު އެ ނޫސްވެރިޔާ އަށް ދައުވާ ނުކޮށް އޮތުމުން، މިއީ ކޮން މަގްސަދެއްގައި ހިނގާ ކަމެއް ކަން ސާފުވާ ކަމަށް ފިޔާޒް ވިދާޅުވި އެވެ.
ނޫސްވެރިންނަށް އެކި ގޮތްގޮތުން ދަތި ކުރަމުންދާއިރު، ނޫސްވެރިންގެ ކަންކަން ރެގިއުލޭޓްކުރާ ބްރޯޑްކާސްޓިން ކޮމިޝަނުން އެކަމުގައި އެއްވެސް މަސައްކަތެއް ނުކުރާތީ އެކަމާ މެދު ވެސް ކަންބޮޑުވާ ކަމަށް ފިޔާޒު ވިދާޅުވި އެވެ. ބްރޯޑްކާސްޓިން ކޮމިޝަނުން މަސައްކަތް ކުރަނީ ވަކި މީޑިއާތަކެއްގެ ދިފާއުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"މައްސަލަތައް ބަލަމުންދާއިރު އެބަ ފެނޭ ސަރުކާރަށް ނިސްބަތްވާ މީޑިއާއެއް ނަމަ އެ މައްސަލައަކުން އެ މީޑިއާއެއް ނުވަތަ އެ ނޫސްވެރިއަކު ސަލާމަތްކުރެވޭ ގޮތަށް ތަހުގީގު ހިންގާތަން. އަޅުގަނޑުމެން ރާއްޖެ ޓީވީން އެބަޖެހޭ ހަފުތާއަކު އެއްފަހަރު މަދުވެގެން ބްރޯޑްކާސްޓިން ކޮމިޝަނަށް ޖަވާބުދާރީވާން އަސްލެއް ނެތް މައްސަލަތަކަށް،" ފިޔާޒު ވިދާޅުވި އެވެ.
ރާއްޖެ ޓީވީގެ ނިއުސް ޑައިރެކްޓައރު އަލީ ޔޫސުފް ވިދާޅުވި ގޮތުގައި ނޫސްވެރިކަމުގެ މިނިވަންކަން ލިބުމުގެ ކުރިން ނޫސްވެރިން ތިބި ހާލަތަށް ވުރެ މިއަދު ހާލަތު ދަށެވެ. މިއަދު ނޫސްވެރިންގެ މަސައްކަތްތަކަށް ހުރަސް އަޅަމުންދަނީ ގާނޫނީ ބާރު ލިބިފައިވާ އިދާރާތަކުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެދުވަސްވަރު ވެސް ނެތް ބިރުވެރިކަމެއް މިއަދު މި އަންނަނީ. ކުރީގައި ވެއްޖިއްޔާ ހުކުމްތަކެއް ނުކުރެވި، ބަންދެއްގެ ގޮތުގައި ފާހަގަވަނީ. އެކަމަކު މިހާރު މިކުރިމަތި ވަނީ ގާނޫނީ އަތަކުން ގާނޫނީ މަޅިއެއްގައި ޖައްސައިގެން ނޫސްވެރިންގެ ޖަލަށްލުމުގެ ކަންތައްތަކެއް،" އަލީ ޔޫސުފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ނޫސްވެރިން ޖަލަށްލިޔަސް ނޫސްވެރިންގެ މަސައްކަތް ދުވަހު ވެސް ނުހުއްޓުވޭނެ ކަމަށެވެ. ނޫސްވެރިން ޖަލަށްލަމުންދާ ވަރަކަށް އާ ނޫސްވެރިން އުފައްދަމުންދާނެ ކަމަށް ވެސް އަލީ ޔޫސުފް ވިދާޅުވި އެވެ.
ވިސާމްގެ އިތުރުން ރާއްޖެ ޓީވީގެ ސީއީއޯ ފިޔާޒާއި އެ ސްޓޭޝަނުގެ ކެމެރާމަން އާދަމް ޒަރީރުގެ މައްޗަށް ވެސް ދައުލަތުން ވަނީ ޖިނާއީ ދައުވާ އުފުލައިފަ އެވެ. ޒަރީރުގެ މައްސަލާގައި ހުކުމް ކުރުން އަންނަ މަހު އޮންނައިރު، ފިޔާޒުގެ ޝަރީއަތް އަދި ނިމުމަކާ ގާތަކަށް ނުދެ އެވެ.
ވިސާމާއި އާމިރުގެ ބަންދަށް 10 ދުވަސް ޖަހައިފި
"ތިން ނޫސްވެރިންނަށް ކުރަނީ އަސްލެއް ނެތް ދައުވާއެއް"
އިންޒާރު ދެކޮޅެއް ނުޖެހޭ، ޚަބަރު ގެނެސްދޭން ދަތި
ވީޑިއޯގެ މައްސަލާގައި ހައްޔަރު ކުރި މީހަކު ދޫކޮށްލައިފި
އަހަރެން ހޭނެތުނީ ފުލުހުންގެ އަނިޔާތަކުން: ހުސައިން
ފިޔާޒުގެ މައްޗަށް ކުށް ސާބިތެއް ނުވި
ފިޔާޒަށް ހުކުމް ކުރުން ފަސްކޮށްފި
ފިޔާޒްގެ ކުށެއް ނެތް، ނަސްރު ލިބޭނެ: ރާއްޖެ ޓީވީ
ރާއްޖެ ޓީވީގެ ސީއޯއޯ ފިޔާޒަށް ހުކުމް ކުރުން މާދަމާ
ވިސާމްގެ ހުކުމުގެ މައްސަލަ އަނބުރާ ގެންދަން ގޮވާލައިފި