17 ފެބުރުއަރީ 2018
އިދިކޮޅު ފަރާތްތައް އިއްޔެ ހަވީރު، އެމްޑީޕީ ހަރުގެ ކައިރި (އާޓިފިޝަލް ބީޗް ސަރަހައްދު) އަށް އެއްވެ ސުލްހަވެރިކަމާ އެކު ސަރުކާރާ ދެކޮޅަށް އަޑު އުފުލަން ފެށިތާ، މާ ގިނަ އިރުތަކެއް ނުވެ ފުލުހުން އައިސް އެ ތަނުގައި ހުރި ސައުންޑް ސިސްޓަމް ބޭނުން ނުކުރެވޭ ގޮތް ހަދައި، ހަރުގެ ފުލުހުންގެ ބާރުގެ ދަށަށް ގެންދިޔަ އެވެ.
އިދިކޮޅު ފަރާތްތައް އިއްޔެ ހަވީރު، އެމްޑީޕީ ހަރުގެ ކައިރި (އާޓިފިޝަލް ބީޗް ސަރަހައްދު) އަށް އެއްވެ ސުލްހަވެރިކަމާ އެކު ސަރުކާރާ ދެކޮޅަށް އަޑު އުފުލަން ފެށިތާ، މާ ގިނަ އިރުތަކެއް ނުވެ ފުލުހުން އައިސް އެ ތަނުގައި ހުރި ސައުންޑް ސިސްޓަމް ބޭނުން ނުކުރެވޭ ގޮތް ހަދައި، ހަރުގެ ފުލުހުންގެ ބާރުގެ ދަށަށް ގެންދިޔަ އެވެ.
އެ ސަރަހައްދުން މުޒާހަރާގެ ބައިވެރިން ފައްސައިލުމުން މާލޭގެ އެކި މަގުތަކަށް މުޒާހަރާގެ ބައިވެރިން ވިއްސިވިލާހިވެގެން ދިޔަ އެވެ. ނަމަވެސް ސަރުކާރާ ދެކޮޅަށް އަޑު އުފުލުން ހުއްޓައެއް ނުލަ އެވެ. ދައުލަތުގެ މީޑިޔާ ފިޔަވައި އެހެން ހުރިހާ މީޑިއާތަކުން ދިޔައީ އެ މަންޒަރުތައް ވަގުތުން ދަައްކަމުންނެވެ.
މުޒާހަރާގެ ބައިވެރިންނާ މެދު ފުލުހުން އަމަލު ކުރި ގޮތް ޓީވީތަކުން އެންމެނަށް ފެންނަމުން ދިޔައީ، ވަގުތުން ވަގުތަށެވެ. އެޑިޓްކޮށް ކުޅެފައިވާ ފިލްމެއް ނޫނެވެ. ނަމަވެސް، ސުލްހަވެރިކަމާ އެކު ކުރި މުޒާހަރާއެއް ބާރުގެ ބޭނުންކޮށް ރޫޅައިލި ކަމަށާއި ފުލުހުން ނޫސްވެރިންގެ ވާޖިބަށް ހުރަސްއެޅި ކަމަށާއި ފުލުހުންގެ ބަސްމަގު ހުރީ އެކަށީގެންވާ ގޮތަށް ނޫން ކަމަށް މީޑިއާތަކުގައި ރިޕޯޓްކުރުމަކީ ފުލުހުންނަށް ބަލައިގަނެވުނު ކަމަކަށް ނުވި އެވެ.
އެެހެންކަމުން، މުޒާހަރާ ލައިވް ކުރުން ހުއްޓައިލުމަށް ބައެއް މީޑިއާތަކަށް ފުލުހުން އަމުރުކުރި އެވެ. ނަމަވެސް އެ އަމުރަށް ބޯނުލެނބުމުން، ވަކިވަކި ނޫސްވެރިންނަށް ފުލުހުން އަމާޒުކުރި އެވެ. އޭގެ ތެރެއިން ރޭގެ މުޒާހަރާގައި ފުލުހުންގެ ސަބަބުން އެންމެ ބޮޑު އަނިޔާއެއް ލިބުނީ ރާއްޖެ ޓީވީގެ ނޫސްވެރިޔާ ހުސައިން ހަސަނަށެވެ.
ހުސެއިންނަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެނީ--
ތިރީގައި މިވަނީ، އިއްޔެގެ މުޒާހަރާ ކަވަރު ކުރަނިކޮށް ފުލުހުން، ހުސައިން ހައްޔަރުކޮށް އޭނާއާ މެދު އަމަލު ކުރި ގޮތް ކަމަށް އޭނާ އާއި، އެ މަންޒަރު ދުށް ބައެއް އެހެން ނޫސްވެރިން ކިޔައިދިން ގޮތެވެ.
މުޒާހަރާގެ ބައިވެރިން އާޓިފިޝަލް ބީޗް ސަރަހައްދުން ފޮނުވައިލުމުން މަގުތަކަށް ވިއްސިވިހާލިވި ބައެއް މީހުން، ރޭ 11:30 ހާއިރު ތިބީ، އަރަބިއްޔާ ސްކޫލް ކުރިން ހިންގި ބިމުގައި އަޅާފައިވާ ފްލެޓް އިމާރާތާ ހަމައިގަ އެވެ. އެ ހިސާބު ދުވާރުމަތީގައި ތިބި 15 ވަރަކަށް މީހުން އެ ސަރަހައްދުން ފޮނުވައިލުމަށް ފުލުހުން މަސައްކަތް ކުރި އިރު، ހުސައިން އާއި އެހެން ނޫސްވެރިން ވެސް އެ ސަރަހައްދުގައި ތިއްބެވެ.
"އަޅުގަނޑުމެން އެތާ ތިއްބާ ފުލުހުން އައިސް އަޅުގަނޑުމެން މަޖީދީ މަގުން ހުޅަނގު ކޮޅަށް ފަހަތަށް ޖެއްސީމާ ތިބީ ޒިކުރާ މިސްކިތާ ހަމައިގައި. ދެން އެތާ ތިއްބައި އަނެއްކާ ފުލުހުން އައިސް ކޮއްޕަމުން އަޅުގަނޑުމެން ގެންދިޔައީ ސްކައި ފޯ ރެސްޓޯރަންޓާ ހަމައަށް. އެ ހިސާބަށް ދެވުނުތަނާ ފުލުހުން ހުސައިން ހައްޔަރު ކޮށްފި. ދެން އަޅުގަނޑުމެންނަށް އެންގީ ތަނެއްގަ ތިބެންޏާ ކުނޫޒު ތެރޭގައި ތިބެން ދާށޭ. ދެން އަޅުގަނޑުމެންނަކަށް ނޭނގުނު ހުސައިން އަށް ވީ ގޮތެއް. އަޅުގަނޑުމެންނަށް މަޑު ކޮށްލެވުނީ ކުނޫޒާ ހަމައިގަ. އޭރު ހުސައިން އަށް ވީ ގޮތެއް ނޭނގުނު،" ރޭގެ މުޒާހަރާ ކަވަރު ކުރަން ހުރި ނޫސްވެރިއަކު ބުންޏެވެ.
މިހާރު އޭޑީކޭގައި ފަރުވާ ހޯދަމުން އަންނަ ހުސައިން "މިހާރު" އަށް ބުނި ގޮތުގައި ފުލުހުން އޭނާ ހައްޔަރު ކުރީ އޭނާ ލައިވްކަވަރޭޖް ދެމުން ގެންދިޔަ މައިކް ފުލުހުން އަތުލަން އުޅުމުން އެކަމާ ދެކޮޅު ހެދުމުންނެވެ. ހުސައިންގެ އިތުރުން ވީޓީވީގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު ވެސް ފުލުހުން ރޭ ހައްޔަރުކުރި އެވެ.
ހުސައިން ބުނީ އޭނާ އާއި ލީވާން ހައްޔަރު ކުރުމަށް ފަހު އެރުވީ ބަންދުކޮށްފައިވާ ވެހިކަލެއްގެ ތެރެއަށް ކަމަށެވެ. އެ ވެހިކަލްގައި ގިނަ އިރުތަކެއް ވަންދެން ބޭތިއްބިއިރު އެއީ އެއްވެސް އަލިކަމެއް ނެތް އަދި ވައި ދައުރުވާނެ ގޮތެއް ވެސް ނެތި އެއްކޮށް ބަންދުކޮށްފައި އޮތް ވެހިކަލެއް ކަމަށް ހުސައިން ބުންޏެވެ.
ރާއްޖެ ޓީވީގެ ނޫސްވެރިޔާ ހުސައިންގެ އަރިކަށިން މަށައިގެން ގޮސް ޒަޚަމްވެފައިވާ ބައެއް ތަންތަން.
އެ ވެހިކަލްގައި އެ ދެ ނޫސްވެރިން ފުރަތަމަ ގެންދިޔައީ ގަލޮޅު ވިލީ ފުލުހަށެވެ. އެ ތަނަށް ގެންގޮސް ވެހިކަލުން ފައިބަން އެންގުމުން ހަށިގަނޑުގައި ވަރު ނެތް ކަމަށް ބުނުމުން ފުލުހުން އޭނާގެ އަތުގައި ހިފައި "އަނގަވަތަށް" ބިންމައްޗަށް ވައްޓައިލީ ކަމަށް ހުސައިން ބުންޏެެވެ.
"ވެހިކަލުން ފައިބަން ބުނުމުން އަޅުގަނޑު ބުނިން، ވެހިކަލް ތެރޭގައި ނޭވާ ހާސްވެ ގައިގަ ވަރުނެތީމާ މަރުވެދާނޭ. ދެން އެ ފުލުސް މީހާ ބުނީ މަރުވީމާ ވަޅުލުމަކީ ދިރި ތިބި މީހުންގެ މައްޗަށް ވާޖިބެކޭ،" ހުސައިން އޭޑީކޭގައި އޮވެ ކިޔައިދިނެވެ.
ފުލުހުންގެ ވެހިކަލުން ބިންމައްޗަށް ވައްޓައިލުމަށް ފަހު ފުލުހެއްގެ ކިހިލިފަތް ދަށަށް ހުސައިންގެ ކަރު ތާށިކޮށްލައިގެން ދަމާފަައި ވިލީ ފުލުސް ތެރެ އަށް ވެއްދި އިރު، އެހެން ބައެއް ފުލުހުން އޭނާގެ ގައިގެ އެކި ތަންތާނގައި ތަޅަމުން ދިޔަ ކަމަށް ވެސް ހުސައިން ބުންޏެވެ.
އޭނާގެ ވާތް ފަރާތު އަރިކައްޓާ ދިމާލުގައި ތަޅާފައިވާ ކަން އެނގޭ ނިޝާންތަކެއް ފެންނަން ހުރި އިރު، އެ ތަން ހުރީ މަށައިގެން ގޮސްފަ އެވެ. ހުސައިން ލަފާކުރާ ގޮތުގައި ފުލުހުން އޭނާގެ ގައިގައި ތެޅީ އެ މީހުން އަރައިގެން ތިބި އެންކަލް ބޫޓުތަކުންނެވެ.
"އަޅުގަނޑު ކަރު އެފުލުސް މީހާގެ ކިހިލިފަތް ދަށަށް ލައްވާފަ ދަމާފަ ގެންދިޔައީ. އެ ވަގުތު ވަރަށް ތަދުވި. ނޭވާލާން އުނދަގޫވެގެން އަޅުގަނޑު މޫނަށް އަނދިރިވެ ބްލެކްއައުޓްވީ،" ހޭނެތުން ގޮތް ކިޔައިދެމުން ހުސައިން ބުންޏެވެ.
ހުސައިން ބުނި ގޮތުގައި އޭނާ ހޭ އެރިއިރު އޮތީ ވިލީފުލުސްގެ ތަޅުންގަނޑުމަތީގަ އެވެ. އަދި ހޭ އެރުމުން އޭނާ އަށް ފުލުހުން ފެން ދިން ކަމަށް ބުންޏެވެ. އެ ހާލުގައި އޮތް އިރު ވެސް ފަރުވާ ދިނުމަށް ހޮސްޕިޓަލަކަށް ގެންދިއުމުގެ ބަދަލުގައި އޭނާ ގެންދިޔައީ ޝަހީދު ހުސައިން އާދަމް ބިލްޑިންގަށެވެ.
ހުސައިން ރޭ އޭޑީކޭގައި އެޑްމިޓްކޮށްފައިވާ އިރު، އޭނާގެ ކަރު ތާށިކޮށްލުމުގެ ސަބަބުން ދޫ ނުކުމެފައި.
"ފުލުހުން އަޅުގަނޑު ގޮވައިގެން ހުސައިން އާދަމް ބިލްޑިންގަށް ދިޔައިރު އެ ތަނުގައި ހުރި އަޅުގަނޑުގެ ލޯޔަރު މޫސާ ސިރާޖު އެހެން ކަމެއްގައި އެ ތަނަށް ގޮސް. އެ ވަގުތު ސިރާޖަށް ފެނުނީ އަޅުގަނޑު ފުލުހުންގެ ކާރުން ބާލައިގެން އެ ތަނަށް ވައްދަނިކޮށް. ދެން ސިރާޖު ތަކުރާރުކޮށް ބުނަމުން ދިޔައީ އަޅުގަނޑު ހުރީ ތަހުގީގުކޮށް ބަޔާން ނެގޭ ހާލަތެއްގައެއް ނޫނޭ އަވަހަށް ފަރުވާދޭން ގެންދާށޭ. ސިރާޖު އެތައް ފަހަރަކު ބުނި ފަހުން ފުލުހުންގެ ކާރެއްގަ އޭޑީކޭ އަށް ގެނައީ،" ހުސައިން ބުންޏެވެ.
ފުލުހުންގެ މި އަމަލާ ގުޅޭ ގޮތުން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާނާ ގުޅުމުން ވިދާޅުވީ އެފަދަ މައްސަލައެއް ފުލުހުންނަށް ހުށަހެޅުމުން އެކަން ބަލައި އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ ކަމަށެވެ. އެއްވެސް މީހެއްގެ މައްޗަށް ފުލުހުން އަނިޔާވެރި ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭޑީކޭގައި އެޑްމިޓް ކޮށްފައި އޮއްވާ މިއަދު ފަތިހު ފުލުހުން އޭނާގެ ގާނޫނީ ވަކީލަށް ގުޅައި، ހުސައިން ދޫކޮށްލާފައިވާ ކަމަށް ބުންޏެވެ. އޭނާ އަދިވެސް އޮތީ އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ. މި ވަގުތު ހާލު ރަނގަޅު ނަމަވެސް، އޭނާގެ އުނަގަނޑުގެ ޓިޝޫތަކަކަށް ގެއްލުންވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ހުސައިން ބުންޏެވެ.
ނޫސްވެރިން "ހޭއަރުވާލާނަމޭ" ބުނި މައްސަލަ ބަލަންޖެހޭ
ނޫސްވެރިޔާ ހުސެއިންގެ އެތެރެހައްޓަށް ވަނީ އަނިޔާވެފައި
މީޑިއާތަކަށް ފިޔަވަޅު އަޅަން ގޮވާލައިފި
2016: ނޫސްވެރިކަމުގެ މިނިވަންކަމަށް ބޮޑު ލޮޅުމެއް
ނޫސްވެރިންނަށް އަނިޔާ ދިނުމަކީ ނިޔަތެއް ނޫން: ފުލުހުން
ނޫސްވެރިއަކަށް އިންޒާރުދިން މައްސަލަ ބަލައިދޭން އެދިއްޖެ
ނޫސްވެރިންގެ މަސައްކަތަށް ހުރަސް ނާޅަން އެދިއްޖެ
މީޑިއާގެ އަސާސްތައް ކުރިއަރުވައި ގުޅުންބާއްވާނަން: ސީޕީ
އިންޒާރު ދެކޮޅެއް ނުޖެހޭ، ޚަބަރު ގެނެސްދޭން ދަތި
ވިސާމާއި އާމިރުގެ ބަންދަށް 10 ދުވަސް ޖަހައިފި