Roadha Mihaaru
އެންޑްރޮއިޑް އޯ: އަމިއްލަ އަށް ގެއްލޭ ނޮޓިފިކޭޝަންތައް

"އެންޑްރޮއިޑް އޯ"ގައި އަމިއްލަ އަށް ގެއްލޭ ނޮޓިފިކޭޝަންތައް

10 އެޕްރީލް 2017

ގޫގުލުން އަނެއްކާވެސް އެންޑްރޮއިޑަށް އާ ބާބެއް އިތުރުުކުރަން އުޅޭކަން ވަނީ ހާމަކޮށްފަ އެވެ. އެއީ މި ވަތުގަށް "އެންޑްރޮއިޑް އޯ" އެވެ. އޯރިއޯ ނޫނީ އޯ އަކުރުން ފެށޭ ކޮންމެވެސް ފޮނި ކާ އެއްޗެކެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ގޫގުލުން އަނެއްކާވެސް އެންޑްރޮއިޑަށް އާ ބާބެއް އިތުރުުކުރަން އުޅޭކަން ވަނީ ހާމަކޮށްފަ އެވެ. އެއީ މި ވަތުގަށް "އެންޑްރޮއިޑް އޯ" އެވެ. އޯރިއޯ ނޫނީ އޯ އަކުރުން ފެށޭ ކޮންމެވެސް ފޮނި ކާ އެއްޗެކެވެ.

އެންޑްރޮއިޑް އޯގައި ހުންނާނެ ފޮނި މީރުކަމުގެ ވާހަކަ، ދޭތެރެ ދޭތެރެއިން، ގޫގުލުން ދައްކަ އެވެ. އެންޑްރޮއިޑް އޯއާ ބެހޭ ގޮތުން ޑިވެލޮޕަރުންނަށް މައުލޫމަތު ދިނުމަށް ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން، ގޫގުލްގެ އޮފިޝަލަކު ބުނި ގޮތުގައި، އެންޑްރޮއިޑް އޯގައި އެންމެ ފައްކާ ކަމަކަށް ހުންނާނީ "ނޮޓިފިކޭޝަން"ތަކެވެ.

ޖެހުނުހާ ބަޔަކު އެންޑްރޮއިޑް ފޯނު އުފައްދާއިރު، އެންޑްރޮއިޑް ސްމާޓްފޯނު ބޭނުންކުރާ މީހުންނަށް އެންމެ އުނދަގޫކުރާ އެއްޗަކަށް ނޮޓިފިކޭޝަން ވެ އެވެ. ރައްޓެއްސަކު ފޭސްބުކަށް ވަނަސް، ނިކުތަސް ނުވަތަ ކުރާހާ ކަމެއް ފޯނުގެ ސްކްރީނަށް އަރަމުން ދެ އެވެ. ބަލާބެލުމަށް މުޅި ސްކްރީން ހުންނަނީ ކުނިގޮނޑަކަށް ވެފަ އެވެ. އެއިން ނޮޓިފިކޭޝަނެއްގައި އިނގި ޖައްސާފައި އެއްކައިރި ކުރަންދެން އެ ގޮތުގައި ދެމިހުރެ އެވެ.

ނޮޓިފިކޭޝަން މެނޫ ފުރިބާރުވެ، ގުޑައިނުލެވިފައި ހުންނައިރު ވެސް އެ ނޫން ގޮތެއް ނުވެ އެވެ. ގޫގުލުން ބުނީ އެންޑްރޮއިޑް އޯގައި ނޮޓިފިކޭޝަނަށް ބޮޑު ބަދަލުތަކެއް އަންނާނެ ކަމަށެވެ. އެ ގޮތުގައި ފޯނަށް ނޮޓިފިކޭޝަން ލިބުމަށް ފަހު އެއީ "ޓައިމްޑް އިވެންޓް" އަކަށް ވާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ. މާނަ އަކީ، ވަކި ވަގުތެއްގެ ތެރޭގައި އެ ނޮޓިފިކޭޝަން ބެއްޔަސް، ނުބެއްޔަސް އަމިއްލަ އަށް އެ ސަރަހައްދު ދޫކޮށް ގެއްލޭ ކަމެވެ.

އެންޑްރޮއިޑަކީ ބޭނުންކުރާ މީހުންނަށް ބޭނުން ގޮތެއް ހަދާލެވޭ އޮޕަރޭޓިން ސިސްޓަމަކަށް ވުމުން، އެކަމުގެ ފައިދާ ނެގުމަށް އެންޑްރޮއިޑް އޯ، ފުރުސަތު ދޭ ކަމަށް ވެސް ވެ އެވެ. އެ ގޮތުގައި ނޮޓިފިކޭޝަންތައް އަމިއްލަ އަށް ގެއްލޭ ގޮތް ހެދުމަށް ވެސް ފުރުސަތު ދެ އެވެ. ނުވި ތަނަކަށް ބޭނުން އެޕްލިކޭޝަނަކުން ނޮޓިފިކޭޝަންތައް ނާރާ ގޮތަށް ވެސް ހެދެ އެވެ. މިއީ ބައެއް ފޯނުތަކުގައި މިހާރު ވެސް ކުރެވޭ ކަމެކެވެ.