Roadha Mihaaru

ޕްރެޒެންޓަރަށް ކިޔުނީ ފިރިމީހާގެ މަރުގެ ކުއްލި ޚަބަރު

އިންޑިއާގެ ޓީވީ ޗެނަލެއް ކަމަށްވާ އައިބީސީ-24 އިން މިއަދު ހެނދުނު މަގުމަތީގެ ނުރައްކާތެރި އެކްސިޑެންޓެއްގެ ކުއްލި ޚަބަރެއް ގެނެސްދިނެވެ. ޓީވީން ޚަބަރު ހުށަހަޅައިދޭން އިން އަންހެން ޕްރެޒެންޓަރު، އެކްސިޑެންޓް ހިނގި ތަނުގައި ހުރި ނޫސްވެރިޔާއަށް ފޯނުން ގުޅައި ތަފްސީލްތައް ވަގުތުން ގެނެސްދިންއިރު އެނގުނީ މަރުވި މީހުންގެ ތެރޭގައި ޕްރެޒެންޓަރުގެ ފިރިމީހާ ވެސް ހިމެނޭ ކަމެކެވެ. އެކަމަކު ޕްރެޒެންޓަރު ހަމަޖެހިލައިގެން އިނދެ ޚަބަރު ފުރިހަމަކުރި އެވެ.

އެކްސިޑެންޓުވި ވެހިކަލާއި އޭގައި މީހުން ތިބި އަދަދު އަދި އެކްސިޑެންޓް ހިނގި ސަރަހައްދުގެ ތަފްސީލް، ހާދިސާ ހިނގި ތަނުގައި ހުރި ނޫސްވެރިޔާ ކިޔައިދިން އިރު، އެ މައުލޫމާތު ދިމާވަނީ ޚަބަރު ހުށަހަޅައިދޭން އިން ސުރްޕްރީތު ކައުރްގެ ފިރިމީހާ އެ ދުވަހު ހަމަ އެ ވަގުތު ކުރަން އޮތް ދަތުރަށެވެ. އެހެންވެ އެކްސިޑެންޓުވީ ފިރިމީހާ އިން ވެހިކަލްތައް ކައުރް އަށް ޔަގީންވި އެވެ.

ކިޔަމުން ދިޔައީ ފިރިމީހާގެ މަރުގެ ޚަބަރުކަން އެނގުނު ނަމަވެސް ކައުރް ވަނީ 10 ވަރަކަށް މިނެޓް ވަންދެން ހަމަޖެހިލައިގެން އިނދެ ޚަބަރު ފުރިހަމަކޮށްފަ އެވެ. އެކަމަކު ކެތްކުރެވުނީ ސްޓޫޑިއޯއިން ނިކުމެވެންދެނެވެ. އެ ހިސާބުން ރޯން ފެށުމަށް ފަހު އާއިލާގެ އެކި މީސްމީހުންނަށް ގުޅައި، ފިރިމީހާގެ މަރުގެ ޚަބަރު ދިނެވެ. އަދި އެކްސިޑެންޓް ހިނގި ތަނަށް ދިޔަ އެވެ. އެކަމަކު ފަހުން އަނެއްކާވެސް އޮފީހަށް ދިޔުމުން، އޭނާގެ އާދަޔާ ޚިލާފް ހިތްވަރަށް އެތައް ބަޔަކު އަންނަނީ ތައުރީފް ކުރަމުންނެވެ.

"އޭނާ އަކީ ހިތްވަރު ގަދަ އަންހެނެއް. އޭނާއަށް އަހަރެމެން ފަޚްރުވެރިކަން. އެކަމަކު މިއަދު މި ދިމާވި ގޮތުން އެންމެންނަށް ވެސް ލިބުނީ ޝޮކެއް،" ޓީވީ ސްޓޭޝަންގެ މުވައްޒަފަކު ހިންދުސްތާން ޓައިމް އަށް ބުނެފައިވެ އެވެ.

ކައުރްގެ އެޑިޓަރު ވިދާޅުވީ ކައުރް ޚަބަރު ކިޔަމުން ދިޔައިރު، އެއީ ކައުރްގެ ފިރިމީހާގެ މަރުގެ ޚަބަރުކަން އެހެން މުވައްޒަފުންނަށް އެނގުނު ކަމަށާއި އެކަމަކު އެ ވާހަކަ ކައުރް ގާތު ކުއްލިއަކަށް ބުނަން އެއްވެސް މީހަކަށް ނުކެރުނީ ކަމަށެވެ.

އުމުރުން 28 އަހަރުގެ ކައުރްގެ ފިރިމީހާ އާއި އެހެން ދެ މީހަކު އެކްސިޑެންޓުގައި މަރުވި އިރު ވެހިކަލްގައި ތިބި އަނެއް ދެ މީހުން ވެސް ވަނީ ވަރަށް ބޮޑަށް ޒަޚަމްވެފަ އެވެ. މި އެކްސިޑެންޓް ހިނގީ މި ފަސް މީހުން ދުއްވި ވެހިކަލްގެ ފަހަތުން އައި ޓްރަކަކުން ޖެހިގެން ކަމަށް ފުލުހުން ލަފާކުރެ އެވެ.