01 އެޕްރީލް 2017
އިންސްޓަގްރާމުން ބައެއް ފޮޓޯތަކަށް ހާއްސަ ސަމާލުކަމެއް ދޭނެ އެވެ. އެއީ އެ ފޮޓޯއަކަށް ލިބޭ ލައިކްތަކާއި ކޮމެންޓާއި ޝެއާތަކަށް ބަލައިގެން ދޭ ސަމާލުކަމެކެވެ. އެންމެ ރީތި ފޮޓޯތައް އިންސްޓަގްރާމުން ކަނޑަައަޅަނީ މި ކަންކަމަށް ބަލައިގެންނެވެ. އެހެންވެ، އިންސްޓަގްރާމަށް އެންމެ ރީތި ކަމަށް ފެންނަ މީހުންނަށް ވާނީ މަޝްހޫރު މޫނުތަކެވެ. ނަފްސާނީ އިލްމުގެ ތަޖުރިބާކާރުން ވިދާޅުވަނީ މިއީ ވަރަށް ބޮޑު ނުރައްކަލަކަށް ވެދާނެ ކަމަށެވެ.

ސޯޝަލް ނެޓްވޯކްތަކުގެ ތެރެއިން އިންސްޓަގްރާމަކީ ފެޝަން އާއި ބިއުޓީއާ ގުޅުން ހުރި ފޮޓޯތަކަށް ހާއްސަ އެއްޗަކަށް މިހާރު އަންނަނީ ބަދަލުވަމުންނެވެ. ނަތީޖާއަކަށް ވަނީ އިންސްޓަގްރާމްގައި ސަމާލުކަން ހޯދުމަށް، އެ އެޕްލިކޭޝަންގައި އެންމެ ބޮޑަށް ސަމާލުކަން ލިބޭ ފޮޓޯތަކުން ފެންނަ ފަދަ މޫނުތައް ކޮޕީކުރާ މީހުން ގިނަވުމެވެ.
އެމެރިކާގެ ނިއު ޔޯކްގެ ސައިކޮލޮޖިސްޓެއް ކަމަށްވާ ޑރ. ވިވިއަން ޑިލާ އިންޑިޕެންޑެންޓް ނޫހަށް ވިދާޅުވެފައިވާ ގޮތުގައި، އިންސްޓަގްރާމްގައި މަގުބޫލު މޫނުތަކާ އެއްގޮތަށް މޭކަޕް ކުރުމަށް ސަމާލުކަން ދޭ އަންހެނުންގެ އަދަދު އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. އަދި ވަރުގަދަ މޭކަޕްތައް ކޮށްގެން، މަޝްހޫރު މީހުންނާ އެއްގޮތަށް ސިފަޔަށް ބަދަލު ގެނައުމަކީ އަމިއްލަ ނަފްސަށް އިތުބާރު ކުޑަ މީހުންނަށް ލިބޭ ބޮޑު އުފަލެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.
ފެޝަން އާއި ބިއުޓީގެ ދާއިރާއިން މަސައްކަތްކުރާ ބައެއް މީހުން މިހާރު ބުނަނީ އިންސްޓަގްރާމްގައި މިހާރު ފެންނަނީ އެންމެ އެއް ގޮތްތަކެއް ކޮޕީކުރާތަން ކަމަށެވެ. އެހެންވެ މިއީ އެކި ސިފަތަކާއި ސްޓައިލްތަކުގެ ބަދަލުގައި، އެންމެ ގޮތެއް، ރީތި ކަމަށް މީހުން ގަބޫލުކުރަން ފަށާނެ ކަމެއްގެ ގޮތުގައި ތަޖުރިބާކާރުން ފާހަގަކުރެ އެވެ.
އިންސްޓަގްރާމަކީ ތަފާތު ސްޓައިލްތަކާއި އެކި ސިފަތަކަށް ހާއްސަ ޕްލެޓްފޯމެއްގެ ގޮތުގައި މަޝްހޫރުވެގެން ދިޔަ ނަމަވެސް މިހާރު އެކަން ބަދަލުވެ، މީހުން ތިބެން ޖެހެނީ ވަކި ސިފަޔަކަށް ކަމަށް ވިސްނައިދޭ އެއްޗަކަށް އިންސްޓަގްރާމް އަންނަނީ ބަދަލުވަމުންނެވެ. ބައެއް މީހުން މި ބަދަލު ސިފަކުރަނީ "އިންސްޓަގްރާމް މޫނު" އުފެދުން ކަމަށެވެ. މިއީ އަމިއްލަ ސިފަޔާ މެދު ހިތްހަމަނުޖެހުން އިތުރުވެ އެހެން މީހުން ކޮޕީކުރުމަށް ދެވޭ ހިތްވަރަކަށް ވަނީ އެވެ.
މޫނު އޮމާންކޮށްލަން ކުޑަ ޓިޕެއް
ލަކުޑިން ހަދާފައި ހުންނަ ފުނަލުން ލިބޭ ފައިދާ
ސެލޫނަށް ނުގޮސް ގޭގައި ރީތިވާނެ ގޮތް
ކުލަ އަލި ނޫން ހަމާ ގުޅޭނެ ފަސް ލިޕްސްޓިކް ކުލަ
ރިއާނާ އަކީ ވެސް މިހާރު ބިލިއަނަރެއް
ހަލީމާ އަލުން މޮޑެލިން އަށް
ހެރީ ސްޓައިލްސް ސެންޓާއި ކޮސްމެޓިކް ލައިނެއް ނެރެނީ
މިސް ޔުނިވާސްގެ ތާޖު މެކްސިކޯގެ ރީތީގެ ރާނީ އަށް
ޒާރާ އިން ބިއުޓީ ލައިނެއް ލޯންޗްކުރަނީ
ޕްރިޔަންކާގެ ހެއާކެއާ ބްރޭންޑެއް ލޯންޗްކުރަނީ