އެޗް1އެން1 ހުމާ ގުޅިގެން ސްކޫލުތަކުގެ ކިޔެވުން މެދުކަނޑާލުމަށް ފަހު، އަންނަ އާދިއްތަ ދުވަހު އަލުން ފަށަން އެޑިއުކޭޝަން މިިނިސްޓްރީން މިއަދު ނިންމައިފި އެވެ.
30 މާޗް 2017
އެޗް1އެން1 ހުމާ ގުޅިގެން ސްކޫލުތަކުގެ ކިޔެވުން މެދުކަނޑާލުމަށް ފަހު، އަންނަ އާދިއްތަ ދުވަހު އަލުން ފަށަން އެޑިއުކޭޝަން މިިނިސްޓްރީން މިއަދު ނިންމައިފި އެވެ.
އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އަންނަ ހަފުތާގައި ސްކޫލުތަކުގެ ކިޔެވުން ފަށަން ރަނގަޅު ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ލަފާ ވެސް ދީފައިވާ ކަމަށެވެ.
"ވުމާއެކު 2017 އޭޕްރީލް 2 ވާ އާދިއްތަ ދުވަހު ރާއްޖޭގެ ސްކޫލް މަދަރުސާތަކުގައި ކިޔެވުން ފަށަން، މި މިނިސްޓްރީން ނިންމި ވާހަކަ އާއްމުކޮށް އިއުލާން ކުރަމެވެ،" މިނިސްޓްރީން ބުންޏެވެ.
އެޑިޔުކޭޝަނުން ބުނީ ސްކޫލު ބަންދުކުރުމުން ގެއްލުނު ފިލާވަޅުތައް ނަގައިދިނުމުގެ އިންތިޒާމް ހަމަޖައްސާނެ ކަމަށެވެ.
މިއީ ރާއްޖޭގައި ފެތުރިގެން އުޅޭ ރޯގާތަކާ ގުޅިގެން ސްކޫލުތައް ބަންދުކުރި ދެ ވަނަ ފަހަރެވެ. މި މަހުގެ 13 ވަނަ ދުވަހު ބަންދުކޮށް އަލުން މިދިއަ އާދިއްތަދުވަހު ހުޅުވި އެވެ. އެކަމަކު ސްކޫލްތަކަށް ހާޒިރުވި ކުދިންގެ އަދަދު އިންތިހާއަށް މަދުވުމުން އެޑިޔުކޭޝަނުން އަލުން ނިންމީ މުޅި ހަފުތާގައި ކިޔެވުން އަނެއްކާވެސް ބަންދުކުރާ ގޮތަށެވެ.
އެޗް1އެން1 ޕޮޒިޓިވް ވި މީހުންގެ އަދަދު 222 އަށް އަރާފައިވާއިރު އެ ބަލީގައި ޖުމްލަ ހަ މީހަކު ވަނީ މިހާތަނަށް މަރުވެފަ އެވެ.
ބައެއް ސްކޫލްތަކުގެ ކިޔެވުން ބަންދުކޮށްފި
"ރޯގާ ކޮންޓްރޯލް ކުރެވެންދެން ކިޔެވުން މެދުކަނޑައިލާ"
ހުމާ ގުޅިގެން ހުރިހާ ސްކޫލުތައް ބަންދުކޮށްފި
އޯ ލެވެލް އިމްތިހާނުގެ ނަތީޖާ މިއަދު ދޫކުރަން ފަށަނީ
ގިނަ ކުދިންނަށް އޭލެވެލަށް ކިޔެވޭގޮތަށް އުސޫލު ހަދައިފި
ޗުއްޓީ އަށް ފަހު ދެވަނަ ޓާމުގެ ކިޔެވުން ފަށައިފި
ރިޕޯޓު ފޮތް ދީ، ދަރިވަރުން 16 ދުވަހުގެ ޗުއްޓީއަކަށް
ލަފާކުރަނީ މާލެއަށް 700 ދަރިވަރުން ބަދަލުވާނެ ކަމަށް
ޕްރީ ސްކޫލާއި ގްރޭޑް 1 އަށް ޖާގަ ހުޅުވާލައިފި
ވަށަފަރު ކްލާހެއްގެ ސީލިންގް ވެއްޓި ދެކުއްޖަކަށް އަނިޔާ