Roadha Mihaaru
ހުމާ ގުޅިގެން ހުރިހާ ސްކޫލުތައް ބަންދުކޮށްފި

ހުމާ ގުޅިގެން ރާއްޖޭގެ ހުރިހާ ސްކޫލުތައް ބަންދުކޮށްފި

14 މާޗް 2017

ރާއްޖޭގައި މިހާރު ސްވައިން ފްލޫއާ ގުޅިގެން ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގެ ކިޔެވުން މިއަދުން ފެށިގެން ބަންދުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގައި މިހާރު ސްވައިން ފްލޫއާ ގުޅިގެން ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގެ ކިޔެވުން މިއަދުން ފެށިގެން ބަންދުކޮށްފި އެވެ.

ސްވައިން ފްލޫ އާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަން ކަމާގުޅޭ މުއައްސަސާތައް ގުޅިގެން ރޭ 10:30 ގައި ހެލްތު މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ފާތިމަތު އައްޒަ ވިދާޅުވީ، ސްކޫލުތައް ބަންދުކުރަން ހެލްތް މިނިސްޓްރީން ލަފާދީފައިވާ ކަމަށެވެ. އެހެންކަމުން، ސަރުކާރުގެ ހުރިހާ ސްކޫލުތަކެއްގެ ކިޔެވުން މިއަދުން ފެށިގެން ތިން ދުވަހަށް ބަންދުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރިއަށް ދެން އޮތީ ސްކޫލުތައް ބަންދު ހަފުތާ އަކަށް ވުމުން، ޗުއްޓީއަށް ފަހު ސްކޫލުތަކުގެ ކިޔެވުން ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމާނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ލަފާގެ މަތިން ކަމަށް ވެސް އައްޒަ ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އޭޑީކޭގެ ޗީފް މެޑިކަލް އޮފިސަރު އަދި ކުޑަކުދިން ބަލީގެ ހާއްސަ ޑޮކްޓަރު، ޑރ. އަބްދުﷲ ނިޔާފު ވިދާޅުވީ ސްކޫލުތައް ބަންދުކުރުމުގެ ލަފާ ދިނީ، ސްވައިން ފްލޫ ޖެހޭ މީހުންގެ އަދަދު އިތުރު ވަމުން ދާތީ ކަމަށެވެ.

ނަމަވެސް އިއްޔެ ހެނދުުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ ސްކޫލުތައް ބަންދުކުރާ ހާލަތަށް އަދި ނުދާ ކަމަށެވެ.

"ސްކޫލުތަކުގެ ކިޔެވުން ބަންދުކޮށްލުމުން، އެ ބަލި ސްޕްރެޑް ވުމަށް މަގުފަހިވުމުގެ އެއް ދޮރު އެ ބަންދުވެގެން ދިޔައީ،" ނިޔާފު ވިދާޅުވި އެވެ.

މި މަހުގެ ހަތަރު ވަނަ ދުވަހު މަރުވި އުމުރުން 24 އަަހަރުގެ ފިރިހެނެއްގެ ސާމްޕަލް އެޗް1އެން1 އަށް ޕޮޒިޓިވް ވެފައި ވެ އެވެ.

ހާއްސަ ސަމާލުކަން ދޭން ޖެހޭ ކަންކަން:

- އަރިދަފުސްރޯގާ ޖެހިއްޖެ ނަމަ ކެއްސާ، ކިނބިހި އަޅާއިރު އަނގަމަތީގަ އާއި ނޭފަތުގައި ކުޑަ ރުމާލެއް ނުވަތަ ޓިޝޫއެއް ފަދަ އެއްޗެއް އެޅުން. - ސައިބޯނިލައިގެން އަތްދޮވުން ފަދަ ކަންކަމަށް ސަމާލުކަން ދިނުން. - ރޯގާޖެހި ކެއްސާނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން، ހާއްސަކޮށް މިފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުން، - ރޯގާޖެހިފައިވާ ނަމަ ކުޑަކުދިން ކައިރިއަށް ނުދިއުމާއި އެ ކުދިން އުރައި ނުހެދުން. - ދުންފަތުގެ ދުމުން ކުޑަކުދިން ރައްކާތެރިކުރުމަށް ގޭތެރޭގައި ދުންފަތުގެ އިސްތިއުމާލްނުކުރުން.