Roadha Mihaaru
ގެސްޓްހައުސް ތަރައްގީކުރަން މުރައިދޫން ބިމެއް ދެނީ

ގެސްޓްހައުސް ތަރައްގީކުރަން މުރައިދޫން ބިމެއް ކުއްޔަށް ދޫކުރަނީ

30 މާޗް 2017

ގެސްޓްހައުސް ވިޔަފާރި ފެށުމަށް ހއ. މުރައިދޫ ހުޅަނގު ދެކުނު އަތިރިމަތީ ސަރަހައްދުގެ ބޮޑު ބައެއް ކުއްޔަށް ދިނުމަށް އެ ރަށު ކައުންސިލުން އަލުން އިއުލާންކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ގެސްޓްހައުސް ވިޔަފާރި ފެށުމަށް ހއ. މުރައިދޫ ހުޅަނގު ދެކުނު އަތިރިމަތީ ސަރަހައްދުގެ ބޮޑު ބައެއް ކުއްޔަށް ދިނުމަށް އެ ރަށު ކައުންސިލުން އަލުން އިއުލާންކޮށްފި އެވެ.

އެ ރަށު ކައުންސިލުން ބުނީ މުރައިދޫ ހުޅަނގު ދެކުނު އަތިރިމަތީ ސަރަހައްދުން 45،579 އަކަފޫޓޫގެ ބިމެއް 50 އަހަރަށް ކުއްޔަށް ދޫކުރަން ކުރިން ހުޅުވާލި ފުރުސަތުގައި ތިން ފަރާތަކުން ބިޑު ކުރި ކަމަށެވެ. ނަމަވެސް ބިޑް ކޮލިފައި ނުވެގެން އަލުން އިއުލާން ކުރަން ޖެހުނީ ކަމަށް ކައުންސިލުން ބުންޏެވެ.

އިއުލާނުގައިވާ ގޮތުން ބިޑް ކުރުމުގެ ފުރުސަތު ހުޅުވާލީ އަމިއްލަ ހަރަދުގައި ގެސްޓްހައުސްއެއް އިމާރާތްކޮށް، އެ ތަން ބަލަހައްޓައި ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށެވެ.

ގެސްޓްހައުސް ތަރައްގީކޮށް ހިންގަން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 23 ވަނަ ދުވަހުގެ މެންދުރު ފަހު 1:30 ކުރިން ކައުންސިލަށް ހުށަހަޅަން ޖެހެ އެވެ.

ކައުންސިލުން ބުނި ގޮތުގައި އެ ސަރަހައްދަކީ ގެސްޓްހައުސެއް ހިންގުމަށް އެކަށީގެންވާ ސަރަހައްދެކެވެ. މުރައިދޫގައި 800 އަށް ވުރެ ގިނަ މީހުން ދިރިއުޅެމުން ދެ އެވެ.