Roadha Mihaaru

އިންޑިއާއިން މޮރިޝަސް އަށް 680 މިލިއަން ޑޮލަރުގެ އެހީ

އިންޑިއާއިން މޮރިޝަސްގެ އިގްތިސާދީ ކަންކަމަށް އެހީވުމުގެ އެކި ދާއިރާތަކަށް 680 މިލިއަން ޑޮލަރު ހޭދަކުރަން ނިންމައިފި އެވެ.

އިންޑިއާއިން މޮރިޝަސްއަށް 680 މިލިއަން ޑޮލަރުގެ އެހީ

އިންޑިއާއިން މޮރިޝަސްގެ އިގްތިސާދީ ކަންކަމަށް އެހީވުމުގެ އެކި ދާއިރާތަކަށް 680 މިލިއަން ޑޮލަރު ހޭދަކުރަން ނިންމައިފި އެވެ.

އިންޑިއާ ކަނޑުގެ ކޮންޓްރޯލް ފުޅާކުރުމަށް އެކި ގޮތްގޮތުން މަސައްކަތްކުރަމުން އަންނަ އިންޑިއާއިން މޮރިޝަސްގެ ސިއްހީ ދާއިރާ އާއި އިންފްރާސްޓްރަކްޗާ އާއި މެރިޓައިމް ސެކިއުރިޓީ ޕްރޮޖެކްޓްތަކަށް ވެސް މި ޕެކޭޖްގެ ތެރެއިން އެހީވާން އިއްޔެ އެއްބަސްވެ އެކަން އިއުލާނުކުރީ މޮރިޝަސްގެ ބޮޑުވަޒީރު ނަވިންޗަންދުރާ ރަމްގޫލަމް އިންޑިއާއަށް ކުރެއްވި ދަތުރުގެ ތެރޭގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެވެ.

ހިލޭ އެހީ އާއި ލައިން އޮފް ކްރެޑިޓްގެ ގޮތުގައި ދޭ މި އެހީގައި އެމެރިކާ އާއި އިނގިރޭސި ވިލާތުގެ އަސްކަރީ މަރުކަޒު ހުންނަ ޗާގޯސްގެ ކަނޑުގެ ސަރަހައްދުން ހިމާޔަތްކޮށްފައިވާ ސަރަހައްދު ބެލެހެއްޓުމަށް ކުރާ ހޭދަ ވެސް ހިމެނެ އެވެ.

އިނގިރޭސި ވިލާތުން މެއި މަހު ޗާގޯސް މޮރިޝަސްއަށް ދޫކޮށްލާފައި ވިޔަސް، އަސްކަރީ މަރުކަޒު ހުންނަ ޑިއޭގޯ ގާސިއާ 99 އަހަރަށް އިނގިރޭސި ވިލާތަށް ވަނީ ކުއްޔަށް ދީފަ އެވެ. އެމެރިކާ އާއި އިނގިރޭސި ވިލާތުން އެތަން ދޫނުކޮށް ހިފަހައްޓަނީ އިންޑިއާ ކަނޑުގައި ޗައިނާގެ ނުފޫޒު ގަދަވިޔަ ނުދޭން ގެންގުޅޭ ސިޔާސަތުގެ ދަށުންނެވެ.

ޗާގޯސްގެ ކަނޑުން ހިމާޔަތްކޮށްފައިވާ 250،000 އަކަ މޭލުގެ ސަރަހައްދަކީ މިގޮތަށް ހިމާޔަތްކޮށްފައި އޮންނަ އެންމެ ބޮޑު ސަރަހައްދެވެ. މިއީ ވިޔަފާރީގެ ބޭނުމަށް މަސްވެރިކަން ކުރުން މަނާ ސަރަހައްދެކެވެ.

އިންޑިއާގެ އެހީގެ ތެރޭގައި އާ ހޮސްޕިޓަލެއް އެޅުމާއި ބަނދަރު ރީސްޓްރަކްޗާ ކުރުން ފަދަ ތަރައްގީގެ މަޝްރޫއުތައް ހިމެނެ އެވެ. އަދި ހެލިކޮޕްޓަރުތަކެއް ދިނުމާއި ބަޖެޓް އެހީގެ ގޮތުގައި 25 މިލިއަން ޑޮލަރުގެ އެހީ ވެސް ހިމެނެ އެވެ.