ފަލަސްތީނުގެ ޣައްޒާއަށް އިޒްރޭލުން މެދުނުކެނޑި ބޮން އަޅަމުން ދަނިކޮށް، ހަމާސް އިން އަނެއްކާވެސް އިޒްރޭލަށް ރޮކެޓްހަމަލާއެއް ދީފި އެވެ.
ފަލަސްތީނުގެ ޣައްޒާއަށް އިޒްރޭލުން މެދުނުކެނޑި ބޮން އަޅަމުން ދަނިކޮށް، ހަމާސް އިން އަނެއްކާވެސް އިޒްރޭލަށް ރޮކެޓްހަމަލާއެއް ދީފި އެވެ.
އިޒްރޭލުން ބުނީ ޣައްޒާއިން ފޮނުވާލި ދެ ޕްރޮޖެކްޓައިލްގެ ތެރެއިން އެއް ޕްރޮޖެކްޓައިލް އިޒްރޭލުގެ ދިފާއީ ނިޒާމުން ހުއްޓުވި ކަމަށާއި ދެވަނަ ޕްރޮޖެކްޓައިލް ވެއްޓުނީ ހުސްބިމަކަށް ކަމަށެވެ. އެމީހުން ބުނީ ދެ ހަމަލާ ވެސް ފޮނުވާލީ ޣައްޒާގެ މެދުތެރެއިން ކަމަށެވެ.
ޣައްޒާއިން އިޒްރޭލަށް ހަމަލާއެއް ދީފައި މިވަނީ ހަމަލާއެއް ނުދޭތާ އެތައް މަހެއް ފަހުންނެވެ. މިފަހަރުގެ ހަމަލާ ދީފައި މި ވަނީ ޣައްޒާއިން ފަލަސްތީނުގެ ނަސްލު ނައްތާލުގެ ޖަރީމާ އިތުރަށް ވަރުގަދަކޮށްފައި ވަނިކޮށެވެ.
ހަމާސްއާ އެކު އިޒްރޭލާ ދެކޮޅަށް ހަނގުރާމަ ކުރަމުން އަންނަ އިސްލާމިކް ޖިހާދުގެ އަސްކަރީ ގޮފިން މި ހަމަލާގެ ޒިންމާ ނަގައިފަ އެވެ. އެ ޖަމާއަތުން ބުނީ އަމާޒަކީ ނަތީގޫތު ކަމަށާއި މި ދެ ރޮކެޓް ފޮނުވާލީ "ޒަޔަނިސްޓް ދުޝްމަނުން އަހަރެމެންގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން" ކަމަށެވެ.
ޣައްޒާއަށް އިޒްރޭލުން ހަމަލާދޭތާ ދެ އަހަރުވާން ގާތްވެފައި ވާއިރު ގާތްގަނޑަކަށް 65،000 މީހުން މިހާތަނަށް ވަނީ ޝަހީދުކޮށްލައިފަ އެވެ
ބަހަނާއިން ފަލަސްތީނު މައްސަލަ އެއްފަރާތެއް ނުކުރެވޭނެ
ގުދުސްގައި ބަޑިޖަހައި ފަސް މީހަކު މަރާލައިފި
ޣައްޒާ ސިޓީގެ 1 މިލިއަން މީހުން ނުކުންނަން އަންގައިފި
މުހައްމަދު ސިންވާރު އަވަހާރަވިކަން ކަށަވަރުކޮށްދީފި
އިޒްރޭލުގެ ޑިމާންޑަކީ ހުރިހާ އަސީރުން މިނިވަންކުރުން
ހަމަލާ ހުއްޓާލުމުގެ ހުށަހެޅުމަށް ހަމާސް އެއްބަސްވެއްޖެ
ޣައްޒާގައި ކުރިމަތިލުންތައް ވަރުގަދަ، 22 މަރު
ޣައްޒާގެ އެއްބަސްވުމަށް އަނެއްކާވެސް ޓްރަމްޕުގެ އުންމީދު
އެއްބަސްވުމަކަށް ނާދެވި އިޒްރޭލާއި ހަމާސް އަރާރުމުގައި
ހަމަލާތައް ހުއްޓުމުގެ މަޝްވަރާއަށް އިޒްރޭލުގެ ޓީމެއް