އިއްޔެ ނިމުނު "ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން 2025" ބެޑްމިންޓަން މުބާރާތުގެ އޯޕަން ބައިގެ ސިންގަލްސް ޗެމްޕިއަންކަން ނިބާލް އަހުމަދު އަދި އައިމިނަތު ނަބީހާ (ނަބީ) ހޯދައިފި އެވެ.
އިއްޔެ ނިމުނު "ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން 2025" ބެޑްމިންޓަން މުބާރާތުގެ އޯޕަން ބައިގެ ސިންގަލްސް ޗެމްޕިއަންކަން ނިބާލް އަހުމަދު އަދި އައިމިނަތު ނަބީހާ (ނަބީ) ހޯދައިފި އެވެ.
ފިރިހެން އޯޕަން ބައިގެ ޗެމްޕިއަންކަން ނިބާލް ހޯދީ، އިއްޔެގެ ފައިނަލްގައި ޒަޔާން ޒަކީ އާ ވާދަކޮށް ސީދާ ދެ ސެޓުން، 21-19، 21-13 އިން މެޗު ކާމިޔާބު ކޮށްގެންނެވެ. ފިރިހެން ސިންގަލސްގެ ތިންވަނަ ހޯދީ ހަސަން ޒަޔާން މުހައްމަދާއި ހައިޝަމް އިބްރާހިމް އަލީ އެވެ.
އަންހެން ސިންގަލްސްގެ ޗެމްޕިއަންކަން ނަބީ ހޯދީ ފައިނަލްގައި ފާތިމަތު ނަބާހާ (ނަބާ) އާ ވާދަކޮށެވެ. ފުރަތަމަ ސެޓު 10-4 އިން ނަބީ ލީޑު ކުރަނިކޮށް، ނަބާއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާއަށް މެޗު އިތުރަށް ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ. މި ބައިން ތިންވަނަ ހޯދީ ޝުބާ މުހައްމަދު ޝަރީފް އެވެ.
މެޑަލް ހޯދި ކުޅުންތެރިން، ނިންމުމުގެ ރަސްމިއްޔާތަށް ފަހު ރައީސް ޑރ. މުއިއްޒާ އެކު.-- ފޮޓޯ: ރައީސް އޮފީސް
އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ ނަބާ އާއި ނަބީގެ ޕެއާ އެވެ. ދެބެން ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ފިލިޕީންސްގެ މަރޭކްރިސް މިސްޓީ އަޗުހީޑޯ އާއި ރޯސެލީން ކަޔާއޯން ވަހީދުގެ ޕެއާއާ ވާދަކޮށް 21-6، 21-10 އިން މޮޅުވެގެންނެވެ.
ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ ރާއްޖޭގެ އަހުމަދު ތޯއިފް މުހައްމަދާއި ބަންގްލަދޭޝްގެ ރިޒާމުހައްމަދުގެ ޕެއާ އެވެ. ތޯއިފް އާއި ރިޒާ ވަނީ ފައިނަލްގައި، ރާއްޖޭގެ މުހައްމަދު އަޖްފާން ރަޝީދާއި ފިލިޕީންސްގެ ކައިލް އަޑްރިއެލް ބަސީލިއޯގެ ޕެއާ 24-22، 21-14 އިން ބަލިކޮށްފަ އެވެ.
ރާއްޖޭގެ އިތުރުން ހަ ގައުމަކުން ކުޅުންތެރިން ވާދަކުރި މި މުބާރާތަކީ ކުރީގެ ކުޅިވަރު ވަޒީރު އަހުމަދު މަހުލޫފް އިސްވެ ހުންނަވައިގެން ދާދި ފަހުން އުފެއްދި ދަ ބެޑްމިންޓަން ކްލަބާއި ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) ގުޅިގެން ބޭއްވި މުބާރާތެކެވެ.
އެކުވެނި އިންޑޯ ބެޑްމިންޓަން ކޯޓުގައި ކުރިއަށް ގެންދިޔަ މި މުބާރާތުގައި ޕެރަ/ސްޕެޝަލް އޮލިމްޕިކް ކެޓަގަރީ ހިމަނައިގެން، ޖުމްލަ 347 ކުޅުންތެރިންނާ އެކު 29 އިވެންޓެއް ކުރިއަށް ގެންގޮސްފައިވެ އެވެ. އޯޕަން ބައިގެ އިތުރުން 9، 11، 13، 15، 17 އަދި 19 އަހަރުން ދަށުގެ އުމުރުފުރާގެ ކުޅުން ކުރިއަށް ގެންދިޔަ އެވެ. މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
ޕެރަ ކެޓެގަރީން މެޑަލް ހޯދި އެތުލީޓުން.-- ފޮޓޯ: ރައީސް އޮފީސް
• ޕެރަ މެން ސިންގަލްސް ― ޗެމްޕިއަން: މުހައްމަދު އަލީ، ރަނަރަޕް: އަބްދުއްލަތީފް މުހައްމަދު
• ސްޕެޝަލް ބޯއީސް ސިންގަލްސް ― ޗެމްޕިއަން: އިބްރާހިމް ރަބީތު، ރަނަރަޕް: މުހައްމަދު ޝުޖާއު އިސްމާއިލް
• ސްޕެޝަލް ގާލްސް ސިންގަލްސް ― ޗެމްޕިއަން: އައިޝަތު ފައުޒާ އިބްރާހިމް، ރަނަރަޕް: އަމްނާ އަހުމަދު އަބްދުﷲ
ސްޕެޝަލް ކެޓެގަރީން މެޑަލް ހޯދި އެތުލީޓުން.-- ފޮޓޯ: ރައީސް އޮފީސް
• ނުވަ އަހަރުންދަށް ފިރިހެން ސިންގަލްސް ― ޗެމްޕިއަން: ލައިސް ބިން ހާމިދު، ރަނަރަޕް: އީސާ ލައިތު ބިން އަފްލާމް
• 11 އަހަރުންދަށް ފިރިހެން ސިންގަލްސް ― ޗެމްޕިއަން: އަދިތުޔަރާޖު ޖާވިރު (އިންޑިއާ)، ރަނަރަޕް: އިޒް އަލް ދިން (އިންޑިއާ)
• 13 އަހަރުންދަށް ފިރިހެން ސިންގަލްސް ― ޗެމްޕިއަން: ވިހާން ދޭޝްމުކް (އިންޑިއާ)، ރަނަރަޕް: މައީޝް މުހައްމަދު
• 15 އަހަރުންދަށް ފިރިހެން ― ޗެމްޕިއަން: ވަރުޝިލް ޕަޓޭލް (އިންޑިއާ)، ރަނަރަޕް: އިޔާން އަހުމަދު މަމްދޫހް
ފިރިހެން ސިންގަލްސްގެ އުމުރުފުރާއަކުން އެއްވަނަ ހޯދި އިންޑިއާ ކުޅުންތެރިޔާއަށް އިނާމު ދެނީ.-- ފޮޓޯ: ރައީސް އޮފީސް
• 17 އަހަރުންދަށް ފިރިހެން ސިންގަލްސް ― ޗެމްޕިއަން: އަނަންޔާ ދޭޝްމުކް (އިންޑިއާ)، ރަނަރަޕް: އަބްދުﷲ ނަވްހާން ބިން މުހައްމަދު ނަޝީދު
• 19 އަހަރުންދަށް ފިރިހެން ― ޗެމްޕިއަން: މުކޭޝް ޔާދަވާރު (އިންޑިއާ)، ރަނަރަޕް: އާދަމް މަހީން މުހައްމަދު
• ނުވަ އަހަރުންދަށް އަންހެން ސިންގަލްސް ― ޗެމްޕިއަން: މަރިޔަމް މިއާ މަމްދޫން، ރަނަރަޕް: ކައިރާ ވާސިއު
މުބާރާތުން މެޑަލް ހޯދި ބައެއް ކުޅުންތެރިން ރައީސް ޑރ. މުއިއްޒާ އެކު.-- ފޮޓޯ: ރައީސް އޮފީސް
• 11 އަހަރުންދަށް އަންހެން ސިންގަލްސް ― ޗެމްޕިއަން: މީފާ ބިންތި މޫސާ، ރަނަރަޕް: ރާޝީ ޖާވިރު (އިންޑިއާ)
• 13 އަހަރުންދަށް އަންހެން ސިންގަލްސް ― ޗެމްޕިއަން: ރިސިންދީ އަމުގޮޑާ އަރާޗީ (ސްރީލަންކާ)، ރަނަރަޕް: ލައިބާ އަހުމަދު މަހުލޫފް
• 15 އަހަރުންދަށް އަންހެން ސިންގަލްސް ― ޗެމްޕިއަން: ޔަލްވީ ހުސެއިން ޒުހުރީ، ރަނަރަޕް: ހައްވާ ނައުރީން މުހައްމަދު
މެޑަލް ހޯދި ބައެއް ކުޅުންތެރިން ރައީސް ޑރ. މުއިއްޒާ އެކު.-- ފޮޓޯ: ރައީސް އޮފީސް
• 17 އަހަރުންދަށް އަންހެން ސިންގަލްސް ― ޗެމްޕިއަން: ކިޔާން އާދިލް މުހައްމަދު، ރަނަރަޕް: އައިޝަތު ޔޫހާ އަހުމަދު
• 19 އަހަރުންދަށް އަންހެން ސިންގަލްސް ― ޗެމްޕިއަން: އައިޝަތު ޒޯޔާ ހުސެއިން، ރަނަރަޕް: އައިޝަތު ޔަސްނާ އަތޫފް
• 11 އަހަރުންދަށް ފިރިހެން ޑަބަލްސް ― ޗެމްޕިއަން: ޔޫސުފް އަލާފް/ތިލާލް އިބްރާހިމް ވަހީދު، ރަނަރަޕް: ޝިޔާލް ޔަހްޔާ އަހުމަދު/އާކިން އަސަދު އަލީ
މެޑަލް ހޯދި ބައެއް ކުޅުންތެރިން ރައީސް ޑރ. މުއިއްޒާ އެކު.-- ފޮޓޯ: ރައީސް އޮފީސް
• 13 އަހަރުންދަށް ފިރިހެން ޑަބަލްސް ― ޗެމްޕިއަން: ޒައުލް ބިން އަހުމަދު މުމްތާޒް/މިރުސާލް ހުސެއިން މިރުޒާ، ރަނަރަޕް: ވިލާން ޝާފީ އަލީ/މުހައްމަދު ޔުއާން އަރަފާތު
• 15 އަހަރުންދަށް ފިރިހެން ޑަބަލްސް ― ޗެމްޕިއަން: އިޔާން އަހުމަދު މަމްދޫހް/އަޔާން އަހުމަދު ނަދީމް، ރަނަރަޕް: އީލާފް މުހައްމަދު އިކްރާމް/ޔޫސުފް އީތަން ބިން ޝިފާޒް
• 17 އަހަރުންދަށް ފިރިހެން ޑަބަލްސް ― ޗެމްޕިއަން (އިންޑިއާ): އަނަންޔާ ދޭޝްމުކް/ޝޯރިޔާ މަޕަންކަރު، ރަނަރަޕް (ސްރީލަންކާ): ވިދުލް ބަންޑާރަ/މަފާޒް ޒައިން
• 19 އަހަރުންދަށް ފިރިހެން ޑަބަލްސް ― ޗެމްޕިއަން (އިންޑިއާ): ތަންމޭ ބަގަތު/މުކޭޝް ޔާދަވަރު، ރަނަރަޕް: އާދަމް މަހީން މުހައްމަދު/އަހުމަދު އަޔާން ބިން މުހައްމަދު ސޮލާހް
މެޑަލް ހޯދި ބައެއް ކުޅުންތެރިން ރައީސް ޑރ. މުއިއްޒާ އެކު.-- ފޮޓޯ: ރައީސް އޮފީސް
• 11 އަހަރުންދަށް އަންހެން ޑަބަލްސް ― ޗެމްޕިއަން: އައިޝަތު ހަޖަރު ހާނިސް މޫސާ/މީފާ ބިންތި މޫސާ، ރަނަރަޕް: އިރަމް އަބްދުލް މަތީން/އައިޝަތު ސިއޭނާ މުހައްމަދު ސައީދު
• 13 އަހަރުންދަށް އަންހެން ޑަބަލްސް ― ޗެމްޕިއަން: ރިސިންދީ އަމުގޮޑާ އަރާޗީ (ސްރީލަންކާ)/އައިޝަތު އަލާޔާ ނަދީމް، ރަނަރަޕް: ލައިސާ ޝަޒްވާން އަހުމަދު/އައިޝާ ސަނާޔާ ބިންތި އަފްރާހް
• 15 އަހަރުންދަށް އަންހެން ޑަބަލްސް ― ޗެމްޕިއަން: ލައިބާ އަހުމަދު މަހުލޫފް/ޔަލްވީ ހުސެއިން ޒުހުރީ، ރަނަރަޕް: ހައްވާ ނައުރީން މުހައްމަދު/އަޒްކާ ރިލްވާން
• 17 އަހަރުންދަށް އަންހެން ޑަބަލްސް ― ޗެމްޕިއަން: އައިޝަތު ޔޫހާ އަހުމަދު/އައިޝަތު އަމްނާ އަލީ އާމިރު، ރަނަރަޕް: އައިޝަތު ފައުޒާ ފަރޫޒަން/އައިޝަތު އަމްރާ މުހައްމަދު
• 19 އަހަރުންދަށް އަންހެން ޑަބަލްސް ― ޗެމްޕިއަން: އައިޝަތު ޔަސްނާ އަތޫފް/އައިޝަތު ޒޯޔާ ހުސެއިން، ރަނަރަޕް: އައިޝަތު ޔޫމީ އަލީ އަހުމަދު/އޮނެލީ ވިޖެސިންގްހެ (ސްރީލަންކާ)
ޕެރަ ކެޓެގަރީއާ އެކު މޯލްޑިވްސް ޖޫނިއާ އޯޕަން ފަށަނީ
ބޭރުގެ ތަޖުރިބާ ހިއްސާކުރަން މަހުލޫފްގެ ކްލަބެއް
ބޭރުގެ މުބާރާތާއެކު އައްޑޫ ބެޑްމިންޓަން ކޯޓް ހުޅުވައިފި
"ވަކިވި ސަބަބު އެނގެން ޖެހޭ މީހުންނަށް ސާފުވާނެ"
މަހްލޫފް އެމްޑީޕީން ވަކިވެވަޑައިގެންފި
ލައިބާގެ ކާމިޔާބީއަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ
އަރްމީނިއާގައި ލައިބާ އަށް ތާރީހީ ތިން ރަން މެޑަލް
ހަވާލުވާ އަގަށް ވުރެ އިތުރަށް ފައިސާ ދީފައި އެބަހުރި
"ތަހުގީގުކުރަން އެންގި ދެ މައްސަލައާ ގުޅުމެއް ނެތް"
ކުޅިވަރު މަޝްރޫތަކުގައި ކޮރަޕްޝަން ބޮޑު: އޮޑިޓް