ސްޕެޝަލް އޮލިމްޕިކްސް ކެޓެގަރީ ހިމެނޭހެން، ޖުމްލަ 347 ކުޅުންތެރިންނާ އެކު "ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން 2025" ބެޑްމިންޓަން މުބާރާތް މާދަމާ ފަށަން ތައްޔާރު ވެއްޖެ އެވެ.
ސްޕެޝަލް އޮލިމްޕިކްސް ކެޓެގަރީ ހިމެނޭހެން، ޖުމްލަ 347 ކުޅުންތެރިންނާ އެކު "ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން 2025" ބެޑްމިންޓަން މުބާރާތް މާދަމާ ފަށަން ތައްޔާރު ވެއްޖެ އެވެ.
ކުރީގެ ކުޅިވަރު ވަޒީރު އަހުމަދު މަހުލޫފް އިސްވެ ހުންނަވައިގެން ދާދި ފަހުން އުފެއްދި ދަ ބެޑްމިންޓަން ކްލަބާއި ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) ގުޅިގެން ބާއްވާ މި މުބާރާތުގައި 30 އިވެންޓު ހިމެނޭ އިރު، ޖުމްލަ 735 މެޗު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.
އެކުވެނި އިންޑޯ ބެޑްމިންޓަން ކޯޓުގައި މާދަމާއިން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި މުބާރާތުގައި ރާއްޖޭގެ އިތުރުން ހަ ގައުމަކުން ތިރީހަކަށް ބައިނަލްއަގުވާމީ ކުޅުންތެރިން ވާދަކުރުމަށް ހަމަޖެހިފައިވެ އެވެ. އެ ގައުމުތަކުގެ ތެރޭގައި އިންޑިއާ، ސްރީލަންކާ، ނޭޕާލް، ބަންގްލަދޭޝް، ފިލިޕީންސް އަދި ޗައިނާގެ ކުޅުންތެރިން ހިމެނެ އެވެ.
ޕެރަ އެންޑް ސްޕެޝަލް އޮލިމްޕިކްސް ކެޓެގަރީގައި ދިވެހިރާއްޖޭގެ ސްޕެޝަލް އޮލިމްޕިކްސް ކޮމިޓީން ވަނީ 15 ކުޅުންތެރިން ބައިވެރި ކޮށްފަ އެވެ. މި ކެޓެގަރީގެ ކުޅުން މާދަމާ އާއި އޭގެ އަނެއް ދުވަހު ކުރިއަށް ދާނެ އެވެ. އެއަށް ފަހު އޯޕަން ބަޔާއި އުމުތުފުރާތަކުގެ މެޗުތައް ކުޅޭނެ އެވެ. މި މުބާރާތުގައި ކުޅޭ އުމުރުފުރާތަކަކީ 9، 11، 13، 15، 17 އަދި 19 އަހަރުން ދަށެވެ.
ރިވައިވަލް ސްޕޯޓްސް އާއި މާލޭގައި ކުޅޭ ރާއްޖޭގެ ގައުމީ ޓީމުގެ ބައެއް ސީނިއާ ކުޅުންތެރިންގެ އިތުރުން، ގިނަ އެކަޑަމީތަކަކުން ވެސް މި މުބާރާތުގައި ބައިވެރިވެފައިވެ އެވެ. އެގޮތުން އަޖްފާން އިންޓަނޭޝަނަލް އެކަޑަމީގެ 30 ކުޅުންތެރިންނާއި އަފްނާން ރަޝީދު ބެޑްމިންޓަން އެކަޑަމީ، އެމް ސްޕޯޓްސް އެކަޑަމީ، ބެޑްމިންޓާސް އެކަޑަމީ އަދި ލޯލޯ ސްޕޯޓްސް އެކަޑަމީއިން 15 ކުޅުންތެރިން ވާދަ ކުރާނެ އެވެ.
އަތޮޅުތެރޭގެ އެކަޑަމީތަކާއި ކްލަބްތަކުން ވެސް ގިނަ އަދަދެއްގެ ކުޅުންތެރިން މި މުބާރާތުގައި ވާދަ ކުރެ އެވެ. އޭގެ ތެރޭގައި ރިވައިވަލް އޭދަފުށި އެކަޑަމީގެ 59 ކުޅުންތެރިންނާއި ބެޑްމިންޓަން އެކަޑަމީ އޮފް ނައިފަރުން 25 އަށް ވުރެ ގިނަ ކުޅުންތެރިން ބައިވެރި ވެފައި ވާއިރު، އައްޑޫ ބެޑްމިންޓަން ކްލަބުން ވާދަކުރާ ވިއްސަކަށް ކުޅުންތެރިން ވެސް ހިމެނެ އެވެ.
އޯޕަން ބައިގެ ޗެމްޕިއަންކަން ނިބާލް އާއި ނަބީހާއަށް
ބޭރުގެ ތަޖުރިބާ ހިއްސާކުރަން މަހުލޫފްގެ ކްލަބެއް
ބޭރުގެ މުބާރާތާއެކު އައްޑޫ ބެޑްމިންޓަން ކޯޓް ހުޅުވައިފި
"ވަކިވި ސަބަބު އެނގެން ޖެހޭ މީހުންނަށް ސާފުވާނެ"
މަހްލޫފް އެމްޑީޕީން ވަކިވެވަޑައިގެންފި
ލައިބާގެ ކާމިޔާބީއަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ
އަރްމީނިއާގައި ލައިބާ އަށް ތާރީހީ ތިން ރަން މެޑަލް
ހަވާލުވާ އަގަށް ވުރެ އިތުރަށް ފައިސާ ދީފައި އެބަހުރި
"ތަހުގީގުކުރަން އެންގި ދެ މައްސަލައާ ގުޅުމެއް ނެތް"
ކުޅިވަރު މަޝްރޫތަކުގައި ކޮރަޕްޝަން ބޮޑު: އޮޑިޓް