އެމްޑީޕީ ސަރުކާރުގެ ކުޅިވަރު މިނިސްޓަރު އަހްމަދު މަހްލޫފް އެ ޕާޓީން މިއަދު ވަކިވެވަޑައިގެންފި އެވެ.
08 ސެޕްޓެމްބަރ 2025
އެމްޑީޕީ ސަރުކާރުގެ ކުޅިވަރު މިނިސްޓަރު އަހްމަދު މަހްލޫފް އެ ޕާޓީން މިއަދު ވަކިވެވަޑައިގެންފި އެވެ.
މަހުލޫފް ވަނީ އިދިކޮޅު އެމްޑީޕީން ވަކިވާން ނިންމައި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްއަށް ސިޓީއެއް މިއަދު ފޮނުއްވައިފަ އެވެ. އެ ސިޓީގައި، 2015 އިން ފެށިގެން އެމްޑީޕީއަށް ހިދުމަތް ކުރަން ލިބުނު ފުރުސަތަށް އޭނާ ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
މަހްލޫފް ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖެއަށް ގެނެސްދެއްވި ތަރައްގީގެ ބައިވެރިއެއްގެ ގޮތުން ކެބިނެޓްގައި ގިނަ މަސައްކަތްތަކެއް ކުރެއްވުނީތީ އުފާކުރައްވާ ކަމަށެވެ.
އޭނާ ވަނީ ތާއިދުކުރި އެމްޑީޕީގެ ހުރިހާ މެންބަރުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ. އެމްޑީޕީ ސަރުކާރުގައި މިނިސްޓަރު ކަން ކުރެއްވުމަށް ފަހު އެ ޕާޓީން ވަކިވާން ނިންމި ސަބަބެއް އޭނާ ހާމަކުރައްވާފައެއް ނުވެ އެވެ. މި ފަހުން އޭނާ އެ ޕާޓީގެ އެއްވެސް ހަރަކާތެއްގައި ނޫޅުއްވަ އެވެ.
މަހުލޫފް އެމްޑީޕީއާ ގުޅިވަޑައިގަތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޕީޕީއެމްއާ ހިޔާލު ތަފާތުވެ، އެ ޕާޓީއާ ފެޔަށް ޖެހުމަށް ފަހު އެވެ. އޭރު އޭނާ ހުންނެވީ ޕީޕީއެމްގެ ޓިކެޓްގައި މަޖިލިސް މެންބަރެއްގެ ގޮތުގަ އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމްގެ ޑީއާރުޕީން ސިޔާސީ މަސައްކަތް ފެއްޓެވި މަހުލޫފްގެ ސިޔާސީ ކުރިމަގާ ގުޅޭ ގޮތުން އަދި ވަކި އެއްޗެއް ހާމައެއް ނުކުރައްވަ އެވެ. އޭނާ މި ވަގުތު ބޮޑަށް މަސައްކަތް ކުރައްވަނީ ކުޅިވަރާ ގުޅުން ހުރި ކަންކަމުގަ އެވެ.
މަހްލޫފް އެމްޑީޕީއަށް ސޮއިކުރައްވައިފި
ރިޔާސީ ކެންޑިޑޭޓަކަށް އެންމެ ރަނގަޅީ އިބޫ: މަހްލޫފް
އަމުރު ތަންފީޒު ކުރަންދެން މަގުމަތީގައި ތިބޭނަން
ދައުވާ ކުރިޔަސް، ފަހަތަކަށް ނުޖެހޭނެ: އިއްތިހާދު
މާލޭހިޔާ ބިމުގައި ޖަގަހަ ހެދުމަކީ ކޮރަޕްޝަން: އިއްތިހާ
މުވައްޒަފުންނަށް ދަނީ ބިރުދައްކަމުން: މަހުލޫފް
ބޮޑެތި ކުށްތަކުގެ ބައިނަލްއަގުވާމީ ތަހުގީގަކަށް އެދެފި
މަޖިލީހަކީ މިހާރު ވާވެފައިވާ ތަނެއް: ބައެއް މެމްބަރުން
މަސީހާ އެކު ޖަލްސާތަކަށް ފުރުސަތު ނުދޭނަން: މެމްބަރުން
މަހްލޫފް، ނަޝީދުއާ ބައްދަލުކުރައްވައިފި