ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް، ކުރީގެ ރައީސް މުހައްމަދު ނަޝީދުއާ މިއަދު ސްރީ ލަންކާގައި ބައްދަލުކުރައްވައިފި އެވެ.
17 ޖޫން 2017
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް، ކުރީގެ ރައީސް މުހައްމަދު ނަޝީދުއާ މިއަދު ސްރީ ލަންކާގައި ބައްދަލުކުރައްވައިފި އެވެ.
މަހްލޫފް ވިދާޅުވީ ޖަލުގައި ހުންނެވިއިރު އެންމެ ބޮޑު ހިތްވަރަކާއި އެހީތެރިކަމެއް ލިބިވަޑައިގަތީ، ނަޝީދާއި އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީގެ ފަރާތުން ކަމަށެވެ. އެހެންވެ އޭނާ ވަނީ އެކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ދެ މައްސަލައެއްގައި މަހްލޫފަށް އިއްވި 10 މަހާއި 24 ދުވަހުގެ ޖަލު ހުކުމް މި މަހުގެ ނުވަ ވަނަ ދުވަހު ތަންފީޒުކޮށް ނިމުމުން އެ ދުވަހު ވަނީ މިނިވަންވެފަ އެވެ.
In Colombo to thank President @MohamedNasheed & MDP for the sincere support for me & family during my imprisonment pic.twitter.com/trdRNZtWem
— Ahmed Mahloof (@AhmedMahloof) June 17, 2017
މިނިވަން މެމްބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި އިންނަވާ މަހްލޫފް ގެންދަވަނީ ސިޔާސީ ޕާޓީއަކާ ގުޅިވަޑައިގަތުމަށް ވިސްނަވަމުންނެވެ. އޭނާގެ ސިޔާސީ މަސައްކަތް ދެން ކުރިއަށް ގެންދާނެ ސިޔާސީ ޕާޓީއެއް ވަރަށް އަވަހަށް ނިންމަވައި އެ ޕާޓީއަކާ ގުޅިވަޑައިގަންނަވާނެ ކަމަށް މަހްލޫފް ވަނީ ވިދާޅުވެފަ އެވެ.
ވެރިކަން ކުރާ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހުންނެވި މަހްލޫފް އެ ޕާޓީން ވަކިކުރީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޅުގައި ފާޑުވިދާޅުވާން ފެއްޓެވެމުންނެވެ.
ޖަލަށް ލިއަސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ނަޝީދު
ނަޝީދުގެ ފޮޓޯއާ ހެދި އާޒިމާއި ޖަމީލްގެ ކުރިމަތިލުމެއް!
ބަޣާވާތް ކުރަން ދެވަނަ ފުރުސަތެއް ނެތް: ހަސަން ލަތީފް
ޒުވާބު ހޫނުވެ، ނަޝީދާއި ޔާމީން އަމާޒު ފަތްގަނޑަކަށް!
ނަޝީދު މިނިވަން ކުރުމުގެ ގަރާރު ފާސްކޮށްފި
ޕްރައިމަރީއަކަށް ބިރެއް ނުގަނޭ: މުސްތަފާ
އެމްޑީޕީގެ ޓިކެޓް ދޭން ފެންނަނީ ޕްރައިމަރީން: ނަޝީދު
"ތަބަކަކަށް ލާފައި" ގޮނޑި ދޭން ވާނެތަ؟
ނަޝީދާއި އިބޫއާ އެކު އުފާވެރި ވަގުތުކޮޅެއް
ނަޝީދާއި އިބޫ، ބައިވެރިވާ ޚާއްސަ ޖަލްސާއެއް ލަންކާގައި