Roadha Mihaaru
އަޒްމޫނުގެ ސުވާލާ ގުޅިގެން ނިހާންގެ އިންޒާރެއް

އަޒްމޫނުގެ ސުވާލާ ގުޅިގެން ދައުވާ ކުރާނެ ކަމުގެ އިންޒާރު ދީފި

25 މާޗް 2017

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ކަންތައްތަކުގެ ތެރެއިން، ރައްޔިތުންގެ މަޖިލިހުގެ ޕީޕީއެމްގެ މަދު މެމްބަރެއް ފިޔަވައި އެހެން ހުރިހާ މެމްބަރުންނަށް ރަށްތައް ދޫކޮށްފައިވާ ކަމުގެ ތުހުމަތު ކުރާ ކަމަށް ބުނެ، ރާއްޖެ ޓީވީގެ ނޫސްވެރިއަކު ކުރި ސުވާލަކާ ގުޅިގެން އޭނާގެ މައްޗަށް އަބުރުގެ ދައުވާ ކުރާނެ ކަމުގެ އިންޒާރު މިއަދު ދީފި އެވެ.

ޕީޕީއެމް/އެމްޑީއޭގެ ޖޮއިންޓް ޕާމަނެޓްރީ ގުރޫޕުން ބޭއްވި ނިއުސް ބްރީފިންގައި، ރާއްޖެ ޓީވީގެ ނޫސްވެރިޔާ އަޒްމޫން އަހުމަދުގެ ސުވާލުގައި ބުނީ، މެމްބަރުންނަށް ދޫކޮށްފައިވާ ރަށްތަކަކީ ރައީސް އަބްދުﷲ ޔާމީންގެ ފަހަތްޕުޅުގައި މެމްބަރުން ތިއްބަވަން ޖެހިވަޑައިގަންނަވާ މަޖުބޫރީ ސަބަބު ކަމަށް ބުނެ ވާހަކަ ދައްކާ ކަމަށެވެ.

އެ ސުވާލާއެކު، ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވީ، އަޒްމޫންގެ ސުވާލުގައި ބުނީ ދޮގެއް ކަމަށް ވާ ނަމަ "އަބުރު ރައްކާތެރިކުރުމުގެ ގާނޫނަށް ތައްޔާރުވުމަށް ދަންނަވަން" ކަމަށެވެ. އަދި އެއީ އަޒްމޫންގެ ސުވާލުގެ ޖަވާބު ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.

މިއަދުގެ ނިއުސް ބްރީފިންގައި ނިހާން ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

މިއަދުގެ ނިއުސް ބްރީފިންގައި ނިހާން ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

"އަޅުގަނޑަށް ޔަގީން އެ މައްސަލާގައި އެ ހިސާބަށް ވަޑައިގަންނަވަން ޖެހޭނެ. އަޅުގަނޑުމެންގެ ތެރޭގައި ވިޔަފާރީގެ ގޮތުން އުޅުއްވާ ބޭފުޅުން ފިޔަވައި އެހެން ބޭފުޅުންތަކަކަށް ރިސޯޓް ނުވަތަ ފަޅުރަށް ނެތްކަން އެއީ އަޅުގަނޑަށް ޔަގީންވާ ކަމަކަށް ވާތީ މި ދަންނަވާލީ،" ނިހާން ވިދާޅުވި އެވެ.

"އަޅުގަނޑުމެން ތި މައްސަލާގައި އިރާދަކުރެއްވިއްޔާ ދެން ބައްދަލުކުރާނީ ކޯޓު ރޫމްގެ ތެރެއިން."

ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވީ، އަޒްމޫންގެ ސުވާލުގައި ތުހުމަތު ކުރާ މެމްބަރުންގެ ނަން ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މިއަދުގެ ނިއުސް ކޮންފަރެންސްގައި މެމްބަރު އަލީ އާރިފް ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

މިއަދުގެ ނިއުސް ކޮންފަރެންސްގައި މެމްބަރު އަލީ އާރިފް ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

"އަޅުގަނޑުމެން މިތިބީ އެއަށް ޖަވާބުދާރީވާން ޖެހުނު ތަނެއްގައި ޖަވާބުދާރީވާން. ތުހުމަތޭ ކިޔާފައި ކޮންމެވެސް އެއްޗެއް ބުނެވިދާނެ. އަޅުގަނޑުމެން ވަރަށް އެދެން އެ ތުހުމަތުކުރާ މީހުން އަޅުގަނޑުމެންނަށް ދައްކާލަ ދިނުން. އޭރުން ފުރިހަމަ އަށް ޖަވާބު ދޭނަން،" އާރިފް ވިދާޅުވި އެވެ.

ނިއުސް ކޮންފަރެންސް ނިންމާލައްވަމުން ނިހާން ވިދާޅުވީ، އަޒްމޫންގެ ސުވާލުގައި ބުނާ ކަންތައް ޕީޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުން ސާފުކޮށްދޭނެ ކަމަށެވެ.

"ސާފުނުވެ ވާ މިންވަރެއް ވާ ނަމަ އެކަން ހައްލުކުރަން އޮތް ހިސާބަށް އަޅުގަނޑުމެން ދާނަން،" އޭނާ ވިދާޅުވި އެވެ.

ހިޔާލުފާޅުކުރުމާއި އަބުރު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ރާއްޖެ ޓީވީ އާއި އެ ސްޓޭޝަނުގެ ނޫސްވެރިއަކު މި މަހުގެ ކުރީކޮޅު ވެސް ވަނީ ބޮޑު އަދަދަކުން ޖޫރިމަނާކޮށްފަ އެވެ. މިއީ އަބުރުގެ ގާނޫނުގެ ދަށުން ބްރޯޑްކާސްޓިން ކޮމިޝަނުން މައްސަލަ ބަލައި ޓީވީ ސްޓޭޝަނަކާއި ނޫސްވެރިއަކު ޖޫރިމަނާކުރި ފުރަތަމަ ފަހަރެވެ.