10 މާޗް 2017
ރާއްޖެ ޓީވީ އާއި އެތަނުގެ ނޫސްވެރިން ޖޫރިމަނާ ކުރަމުންދާތީީ "އަބުރު ފަންޑު"ގެ ނަމުގައި އެ ސްޓޭޝަނުން މިއަދު ފަންޑެއް ހުޅުވައިފި އެވެ.
ރާއްޖެ ޓީވީ އާއި އެތަނުގެ ނޫސްވެރިން ޖޫރިމަނާ ކުރަމުންދާތީީ "އަބުރު ފަންޑު"ގެ ނަމުގައި އެ ސްޓޭޝަނުން މިއަދު ފަންޑެއް ހުޅުވައިފި އެވެ.
ރާއްޖެ ޓީވީގައި، އެ ފަންޑު މި ހުޅުވީ ރޭޕްކުރި މައްސަލައެއްގެ ހަބަރު ލިޔުމުގައި މީހެއްގެ އަބުރު ގެއްލުވާލާފައިވާ ކަމަށް ބުނެ ބްރޯޑްކާސްޓިން ކޮމިޝަނުން އެ ސްޓޭޝަނާއި އެތަނުގެ ނޫސްވެރިއަކު ބޮޑު އަދަދަކުން ޖޫރިމަނާކޮށްފައި ވަނިކޮށެވެ.
އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލަ ބަލައި ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެ ޓީވީ ޖޫރިމަނާކުރީ 200،000ރ. އިންނެވެ. ހަބަރު ލިޔުނު، އެ ސްޓޭޝަނުގެ ނޫސްވެރިޔާ އާލާ އިބްރާހިމް ޖޫރިމަނާކޮށްފައި ވަނީ، 50،000ރ. އިންނެވެ. މިއީ، އަބުރު ރައްކާތެރިކޮށްދިނުމުގެ ގާނޫނުގެ ދަށުން ބްރޯޑްކާސްޓިން ކޮމިޝަނުން ނޫސްވެރިއަކާއި ޓީވީ ސްޓޭޝަނެއް ޖޫރިމަނާ ކުރި ފުރަތަަމަ ފަހަރެވެ.
ރާއްޖެ ޓީވީގެ ސީއޯއޯ ހުސެއިން ފިޔާޒު އަށް "ރާއްޖެ އެމްވީ" އަށް ވިދާޅުވެފައި ވަނީ، އެ މައްސަލައިގެ އިތުރުން ވެސް އެކި މުއައްސަސާތަކުން އެތަނުގެ ނޫސްވެރިން ޖޫރިމަނާކުރަމުންދާ ކަމަށެވެ. އޭގެ ތެރޭގައި ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ނޫސްވެރިޔާ މުހައްމަދު ވިސާމާއި ލީވާން ނަސީރު 28،000ރ. އިން އަދި ކެމެރާމަން އާދަމް ޒަރީރު 3،000ރ. އިން ޖޫރިމަނާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފިޔާޒު ވިދާޅުވި ގޮތުގައި ރާއްޖެ ޓީވީ ޖޫރިމަނާކޮށް، ނޫސްވެރިންނަށް އަދަބު ދެމުން ދަނީ އެ ސްޓޭޝަން ނެތިކޮށްލަން ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެހެން މުއައްސަސާތަކުން ވާގިވެރިވުމަށް ކަމަށެވެ. އެހެންވެ ޖޫރިމަނާ ދައްކަން އެހީ ހޯދަން ފަންޑެއް ހުޅުވާފައިވާއިރު، އެ ފަންޑަށް ފައިސާ ޖަމާކުރުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށް ހުޅުވާލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފިޔާޒު ވިދާޅުވި ގޮތުގައި ސަރުކާރުގެ މިސްރާބު ހުރީ މުއައްސަސާތައް މެދުވެރިކޮށް، ރާއްޖެ ޓީވީ ބަންދުކުރުމަށެވެ. ނުހައްގުން ޖޫރިމަނާކުރަނީ، ބިރުދައްކައި އަދަބު ދީގެން ވެސް ރާއްޖެ ޓީވީގެ ނޫސްވެރިންގެ ހިތްވަރު ބަލި ނުކުރެވުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެއް މިލިއަންގެ ޖޫރިމަނާއާ އެކު ކޮމިޝަން ސިޔާސީ ވެފައި
ބްރޯޑްކޮމްގެ މެމްބަރުން އިސްތިއުފާ ދޭންޖެހޭ: އެމްޑީޕީ
ރާއްޖެ ޓީވީ އެއް މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި
އަދުރޭ އަތުން ބަދަލު ހޯދަން ރާއްޖެ ޓީވީން ދައުވާކޮށްފި
ފުރައްސާރަކޮށް ބެނާ ދެމިޔަސް ކަންބޮޑެއް ނުވޭ: ފިޔާޒް
ރާއްޖެ ޓީވީގެ ޖޫރިމަނާ މީރާ އަށް ދައްކަން އަންގައިފި
އިންޒާރު ދެކޮޅެއް ނުޖެހޭ، ޚަބަރު ގެނެސްދޭން ދަތި
ނޫސްވެރިކަމަށް މާހައުލު ނެތުމުން ރާއްޖެޓީވީ ހުއްޓާލައިފި
ރާއްޖެ ޓީވީން ފަސް ލައްކަ ރުފިޔާ ދައްކައިފި
އާލާގެ ޖޫރިމަނާ ދިޔާނާ ދައްކައިދީފި