ކަށި މިޔަރުގެ މަސްވެރިކަމަށް އަންނަ ނޮވެމްބަރު މަހުން ފެށިގެން ހުއްދަ ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
26 އޯގަސްޓް 2025
ކަށި މިޔަރުގެ މަސްވެރިކަމަށް އަންނަ ނޮވެމްބަރު މަހުން ފެށިގެން ހުއްދަ ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މިޔަރުގެ މަސްވެރިކަން މަނާކުރުމާ ޖެހެންދެން އެންމެ ފުޅާ ދާއިރާއެއްގައި މިޔަރުގެ މަސްވެރިކަން ކުރި ހދ. ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލުކުރަން މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މިޔަރުގެ މަސްވެރިކަން ކުރަން ބޭނުންވާ ފަރާތަކަށް އެކަން ފަހިވެގެންދާނެ ކަމަށެވެ. އެކަމަށް ތައްޔާރުވާން އެމަނިކުފާނު ވަނީ ގޮވާލައްވައިފަ އެވެ.
"ފިޝަރީޒް މިނިސްޓްރީ އެންވަރަޔަމަންޓް މިނިސްޓްރީން ގަވައިދުތަކާ އެއްޗެހި ބަލައި ވަރަށް ގިނަ މަސައްކަތް ކޮށްފިން އަދި ކުރަމުން މިދަނީ. މެނޭޖްމެންޓް ޕްލޭނެއް އެކުލަވާލާ ނިމިއްޖެ. މި ޕްލޭންގެ ދަށުން 1 ނޮވެމްބަރުން ފެށިގެން ކަށި މިޔަރުގެ މަސްވެރިކަން ކުރަން ހުޅުވާލާނަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިޔަރުގެ މަސްވެރިކަން ފެށުމަކީ ވަރަށް މުހިންމު ދޮރެއް ކަމަށާއި އެކަމުގައި ކުރިއަށް ދާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އޮންނާނެ ކަމަށެވެ.
ކުޅުދުއްފުށީގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ.
މިޔަރުގެ މަސްވެރިކަމަށް ހުޅުވާލުމަކީ ކުޅުދުއްފުށިން އެކި ސަރުކާރުތަކުގައި ޑިމާންޑް ކުރަމުންދިޔަ ކަމެކެވެ. ދޮށީގެ މަސްވެރިކަން ކުރާ ފަރާތްތަކުން ވެސް މިޔަރު ގިނަ ކަމަށް ބުނެ، އެ ބާނަން ހުއްދަ ދޭން އެކި ފަހަރު މަތިން ސަރުކާރުގައި އެދިފައިވެ އެވެ.
ނަމަވެސް، އެކަމަކީ ތިމާވެއްޓާ ގުޅޭ ޖަމިއްޔާތަކާއި ލޯކަލް ޓޫރިޒަމްގެ ބައެއް ފަރާތްތަކުން އެކަމާ ކަންބޮޑުވުން ފާޅުކުރެ އެވެ.
މީގެކުރިން ސަރުކާރުން ބޮޑު ކަންނެލީގެ ލޭނު މަސްވެރިކަމަށް ހުޅުވާލަން ނިންމައި، "ބައިކެޗް"ގެ ގޮތުގައި ހިފޭ މިޔަރު ޕްރެސެސް ކުރަން ހުއްދަ ދޭން ނިންމުމާ އެކު ވެސް ވަރަށް ބޮޑަށް ސަރުކާރުން ފާޑުކިޔުން އަމާޒުވެގެންދިޔަ އެވެ. އެކަމާ ގުޅިގެން އެންމެފަހުން ސަރުކާރުން ނިންމީ ލޭނު މަސްވެރިކަމަށް ހުއްދަ ނުދިނުމަށެވެ.
އޭރު ޖަމިއްޔާތަކުން ބުނެފައިވަނީ:
- މިޔަރަކީ ނިސްބަތުން ދިގު މުއްދަތަކަށް ދިރިއުޅޭ، ގިނަ ދުވަހުން ދަރިމައިވާ އަދި މަދު އަދަދަކަށް ވިހާ މަހެއް. އެހެންކަމުން އެކަށީގެންވާ އަދަދަށް ވުރެ އިތުރަށް މިޔަރު ބޭނުމުގެ ނުރައްކާ ކުރިމަތިވޭ އަދި ބައިނަލްއަގުވާމީ ނިސްބަތުން، ގާތްގަނޑަކަށް 70-60 ޕަސެންޓު މިޔަރާއި މަޑީގެ ބާވަތްތަކަށް ނެތިދިއުމުގެ ނުރައްކާ ކުރިމަތިވެފައިވޭ.
- "ބައިކެޗް" ގެ ގޮތުގައި ހިފޭ މިޔަރު ނެގުމަށް ހުއްދަ ދިނުމަކީ އެ މަހަށް އަމާޒުކޮށް، މަސްވެރިކަން ކުރުމަށް މާލީ ގޮތުން ފައިދާވާނެ ކަމަކަށްވެ، އޭގެ ސަބަބުން ހައްދުފަހަނައަޅައިގެން މަސްވެރިކަން ކުރުމަށް ބާރު އަޅާނެ.
- 1990 އާއި 2000 ގެ އަހަރުތަކުގެ ދޭތެރޭގައި ރާއްޖޭގައި މިޔަރުގެ ލޭނު މަސްވެރިކަން ބެލެހެއްޓުމުގައި މިޔަރުގެ އާބާދީ ދަށްނުކުރުމަށް ކުރެވުނު މަސައްކަތް ވަރަށް ބޮޑަށް ނާކާމިޔާބުވުމުން، 'ބޫމް އެންޑް ބަސްޓް' މަސްވެރިކަމަކަށް ވެގެން ދިޔަކަން.
"އިނގިރޭސިވިލާތަކީ ޓޫރިޒަމްގެ މުހިއްމު ބައިވެރިއެއް"
މަހުގެ އަގު 20ރ. އަށް ބަދަލުކޮށްދޭން އެދިއްޖެ
ފަސް މަސް ތެރޭގައި މަސްވެރިންނަށް 1.6 ބިލިއަން
އެސްޓީއޯ ރޭޓުގައި ހުރިހާ އަތޮޅެއްގައި ތެޔޮ ވިއްކަނީ
މަސްވެރިންނަށް ވެސް ރޯދަ އިނާޔަތް ދޭން ބޭނުންވޭ:ރައީސް
އިހަވަންދޫ ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ އަޅައިފި
މުއްސަނދިކަން ލިބޭނެ ސިނާއަތަކަށް މަަސްވެރިކަން ހެދޭނެ
މިފްކޯގެ ކޮރަޕްޝަން މުލުން ލުހެލާނަން: ރައީސް
ފިޔޯރީގައި މަސްކާރުހާނާއެއް ހަދަން ސޮއިކުރަނީ
މަސްވެރިންގެ ދަފްތަރާ ގުޅޭ ގަވާއިދު ގެޒެޓްކުރަނީ