09 ޑިސެމްބަރ 2024
މަސްވެރިންގެ ގައުމީ ދަފްތަރާ ގުޅޭ ގަވާއިދު މި ހަފްތާގައި ގެޒެޓް ކުރެވޭނެ ކަމަށާއި އޭގެ ސަބަބުން އެހެން ވަޒީފާތަކުގައި އުޅޭ ފަރާތްތަކަށް އޮންނަ ފުރުސަތުތައް މަސްވެރިންނަށް ވެސް ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މަސްވެރިންގެ ގައުމީ ދަފްތަރާ ގުޅޭ ގަވާއިދު މި ހަފްތާގައި ގެޒެޓް ކުރެވޭނެ ކަމަށާއި އޭގެ ސަބަބުން އެހެން ވަޒީފާތަކުގައި އުޅޭ ފަރާތްތަކަށް އޮންނަ ފުރުސަތުތައް މަސްވެރިންނަށް ވެސް ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މިހާރު ކ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގާފަރުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މަސްވެރިންގެ ދަފްތަރެއް އެކުލަވާލުމަކީ އެމަނިކުފާނު ވައުދުވެވަޑައިގަތް ކަމަށްވާތީ އެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަދާ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި، އެހެން ވަޒީފާތައް އަދާކުރާ މީހުންނަށް އެ އޮންނަ ފުރުސަތުތައް މަސްވެރިންނަށް ނުލިބޭ ކަމުގެ ކަންބޮޑުވުން މަސްވެރިންގެ ފަރާތުން އެމަނިކުފާނަށް ވަނީ ލިބިވަޑައިގެންފަ އެވެ.
“ވައުދުވެވަޑައިގަތް ގޮތަށް މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި މާދަމާއިން ފެށިގެން ފައިސާ ދޫކުރަން ފަށާނެ. ވަގުތު ނެގީ މިފްކޯ އޮތް ހާލަތުން އިސްލާހީ ބޮޑެތި ބަދަލުތައް ގެންނަން ޖެހިފައި އޮތުމުން.”
— Mihaaru (@Mihaarunews) December 9, 2024
ތަފްސީލް: https://t.co/qbFaDo5ld6 pic.twitter.com/XybzufRTU3
އޭގެ ތެރޭގައި ރައީސް ވިދާޅުވީ މަސްވެރިކަމަކީ ވަޒީފާއެއްގެ ގޮތުގައި ނުބަލާތީ ބޭންކްތައް މެދުވެރިކޮށް އެ މީހުންނަށް ލޯނު ނުލިބޭ މައްސަލަ ވެސް އެބަ އޮތް ކަމަށެވެ.
އެހެންވެ، މަސްވެރިންގެ ދަފްތަރެއް އެކުލަވާލައި އެމީހުންނަށް ގާނޫނީ ބާރުވެރިކަން ދިނުމުގެ މަސައްކަތް ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި ކުރެވުނު ކަމަށާއި އެ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ގަވާއިދެއް ވެސް މިހާރު ހަދާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ކ. ގާފަރު ކައުންސިލުގެ މެމްބަރުންނާ ބައްދަލުކުރައްވަނީ. -- ފޮޓޯ | ރައީސް އޮފީސް
އެ ގަވައިދު އަންނަ ބުރާސްފަތީގައި ގެޒެޓް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"މިހާރު ގަވާއިދު ވެސް ހަދައި ނިމި މި ހަފްތާ ނިމުމުގެ ކުރިން، ބުރާސްފަތި ދުވަހު މަސްވެރިންގެ ދަފްތަރުގެ ގަވާއިދު ގެޒެޓްކުރެވޭނެ. މިހާރު ދަފްތަރު ރެކޮގްނައިޒްކުރުމުގެ މަސައްކަތް މިނިސްޓްރީން ބޭންކްތަކާ ގުޅިގެން ކުރިއަށް އެބަދޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިހާރު ވެސް މަސްވެރިން މި ދަފްތަރުގައި ޖެހެެމުންދާ ކަމަށެވެ.
އެ ގަވާއިދަށް އަމަލުކުރަން ފެށުމުން ބޭންކް އޮފް މޯލްޑިވްސް އާއި އިސްލާމިކް ބޭންކްގެ ފެސިލިޓީތަކުން ވެސް ފުރުސަތު ލިބޭނެ ކަމަށާއި މަސްވެރިންނަށް އެސްޓީއޯގެ ސްކީމުތަކުން ވެސް ފުރުސަތު ލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"މި ބުރާސްފަތި ދުވަހުން ފެށިގެން އިރާދަކުރެއްވިއްޔާ މަސްވެރިންގެ ދަފްތަރާ ބެހޭ ގަވާއިދު ގެޒެޓްކުރެވުނީމަ ބޭންކް އޮފް މޯލްޑިވްސް އާއި އެމްއައިބީންނާއި އެސްޓީއޯއިން ވެސް މަސްވެރިންނަށް، އެހެން ވަޒީފާތަކުގައި އުޅޭ މީހުންނަށް އޮތް ފުރުސަތުތައް ލިބިގެންދާނެ،" ރައީސް ވިދާޅުވި އެވެ.
މަސްވެރިކަމަކީ ޕްރޮފެޝަނަލް މަސައްކަތެއްގެ ގޮތުގައި ކަނޑައަޅައި އެހެނިހެން މަސައްކަތްތަކެކޭ އެއްފަދައިން ދައުލަތުން ބަލައިގަންނަ އާމްދަނީ ލިބޭ މަސައްކަތެއް ކުރާ ބައެއްގެ ގޮތުގައި ކަނޑައެޅުމަށް މަސްވެރިންގެ ގައުމީ ދަފްތަރުގައި ރަޖިސްޓާވާން މިހާރު ވަނީ ހުޅުވާލައިފަ އެވެ.
އެ ދަފްތަރުގެ ސަބަބުން މަސްވެރިން ބޭންކިން ނިޒާމުގެ ތެރެއަށް ވެއްދުމާއި ދައުލަތުން ފޯރުކޮށްދިނުމަށް ބޭނުންވާ އިޖްތިމާއީ ރައްކާތެރިކަމާއި ސަބްސިޑީ ފަދަ ވަސީލަތްތައް ސީދާ މަސްވެރިންނަށް ފޯރުކޮށްދެވޭނެ އިންތިޒާމެއް ހަމަޖައްސާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
މަސްވެރިކަމަކީ ޕްރޮފެޝަނަލް މަސައްކަތެއްގެ ގޮތުގައި ކަނޑައެޅިއިރު މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބު ކެމްޕެއިންގައި ވައުދު ވެވަޑައިގެންނެވި ގޮތަށް 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް މާދަމާ އިން ފެށިގެން ފައިސާ ދޫކުރަން ފަށާނެ ކަމަށް ވެސް ރައީސް މިއަދު ވަނީ ވިދާޅުވެފަ އެވެ. އެކަން ލަސްވީ، ވެރިކަމާ ހަވާޅުވެވަޑައިގަތް އިރު މިފްކޯ އޮތް ހާލަތުން، އިސްލާހުތަކެއް ގެންނަން ޖެހުމުން ކަމަށް ވިދާޅުވި އެވެ.
އެސްޓީއޯ ރޭޓުން އިތުރު 4 ތަނަކުން ތެޔޮ ދޭން ފަށަނީ
މާދަމާއިން ފެށިގެން 48 ގަޑިއިރުތެރޭ ފައިސާ ދޫކުރާނެ
ބޭނުންވަނީ މަސްވެރިންނަށް ބާރު ދޭން: ރައީސް
ލޭނު މަސްވެރިކަމަށް ހުއްދަ ނުދޭން ރައީސް ނިންމަވައިފި
މަސްވެރިންގެ ބެކްލޮގް އެއްކޮށް ކްލިއާ ކުރެވިއްޖެ:ރައީސް
ފައިސާ ހުރެ، ގަސްދުގައި ނުދީ ނުތިބޭނަން: ރައީސް
ރާއްޖޭގައި ފުރަތަމަ ފަހަރަށް ފިޝަރީޒް ކޮލެޖެއް ހުޅުވަނީ
މަސްވެރިންގެ މަސައްކަތް ބަލައިގަތުމަކީ ވާޖިބެއް: ރައީސް
ކަންބޮޑުވުންތަކާ އެކު ކެޔޮޅުން ރައީސްގެ އަރިހަށް!
މަސްވެރިންގެ ބެކްލޮގް މާދަމާއެއްކޮށް ކްލިއާވާނެ: ޝިޔާމް