އދ.ގެ ޓެކްސްއާ ގުޅޭ މާހިރުންގެ ކޮމިޓީގައި ރާއްޖެ ތަމްސީލުކުރާ މަންދޫބަކު ފުރަތަމަ ފަހަރަށް ހިމަނައިފި އެވެ.
އދ.ގެ ޓެކްސްއާ ގުޅޭ މާހިރުންގެ ކޮމިޓީގައި ރާއްޖެ ތަމްސީލުކުރާ މަންދޫބަކު ފުރަތަމަ ފަހަރަށް ހިމަނައިފި އެވެ.
އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުޓެރޭސް، "ޔޫއެން ކޮމިޓީ އޮފް އެކްސްޕާޓްސް އޮން އިންޓަނޭޝަނަލް ކޯޕަރޭޝަން އޮން ޓެކްސް މެޓާސް"ގެ ކުރިއަށް އޮތް ހަތަރުގެ ދައުރަކަށް އައްޔަނުކުރެއްވި 25 މެމްބަރުންގެ ތެރޭގައި، ރާއްޖޭގެ ފަރާތުން ހިމަނުއްވާފައިވަނީ، މީރާގެ އެސިސްޓެންޓް ކޮމިޝަނާ ޖެނެރަލް މުހައްމަދު އަލީ ވަހީދެވެ.
އޭނާ މިހާރު އަދާކުރައްވަމުން ގެންދަވަނީ މީރާގެ ޓެކްނިކަލް އަދި ލީގަލް އެންމެ އިސް ވެރިޔާގެ ދައުރެވެ.
މި ތަޖުރިބާކާރުން ގައުމުތަކުގެ އިޖުތިމާއީ، ތިމާވެށި، އަދި އިގްތިސާދީ ތަރައްގީގެ މަގުސަދުތައް ކުރިއަރުވައި، ޓެކްސް ސިޔާސަތުތައް އެކުލަވާލައި، އެ ކަންކަން ކާމިޔާބުކަމާއެކު ތަންފީޒުކުރުމަށް އެހީތެރިވެދޭނެ އެވެ.
މި ކޮމިޓީން ޑިޖިޓަލް އިގްތިސާދާއި ކްރިޕްޓޯ އެސެޓްތަކުގައި އުފެދިފައިވާ ނުރައްކާތަކާ އެކު ޑަބަލް ޓެކްސް ނެގުން ފަދަ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމަށް އެކި ގައުމުތަކަށް އަމަލީ އިރުޝާދުތައް ދޭނެ އެވެ.
ރާއްޖެއަށް މި ލިބުނު ތާރީހީ ފަހުރު ފާހަގަކުރައްވައި، ފޮރިން މިނިސްޓަރު އެކްސްގައި ވިދާޅުވީ، އދ. ފަދަ ބައިނަލްއަގުވާމީ މައިދާނުގައި ދިވެހިންނަށް ފައިތިލަ ހަމަކޮށްގެން ކުރިއަށް ދެވޭނެކަން މިކަމުން ހާމަވެގެންދާ ކަމަށެވެ.
އަލަށް އައްޔަނުކުރެއްވި މެމްބަރުންނާ އެކު ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހު، ޖެނީވާގައި ހުންނަ އދ.ގެ މަރުކަޒުގަ އެވެ.
އިންކަމް ޓެކުހަށް 1.5 ބިލިއަން ރުފިޔާ
ނުލިބި ހުރި ފައިސާއިން 1.2 ބިލިއަން ރުފިޔާ ހޯދައިފި
ފަލަސްތީނު ދައުލަތް ބަލައިގަތް ގަރާރަށް ރާއްޖޭގެ ވޯޓު
އދ.ގެ އެޗްއާރުސީގެ ނައިބު ރައީސްކަމަށް ރާއްޖެ
ހޯޕް ޓްރެވަލްސްއިން މީރާގެ ތުހުމަތުތައް ދޮގުކޮށްފި
ޓެކުހަށް މަކަރު ހެދުމުން ދައުވާކުރަން ފޮނުވައިފި
އެންމެ ގިނައިން ޓެކްސް ދެއްކި ކުންފުނިތަކަށް އެވޯޑް
ގިނަ ލުއި ދޭތީ ރިސޯޓް ކުލި ނުދައްކަން ހިތްވަރު ލިބޭ
ޓެކްސް ނުދެއްކުމުގެ އަދަބު ބޮޑުކުރާ ބިލް ކޮމެޓީއަށް
ޓެކްސް ޖޫރިމަނާ ބޮޑުކޮށް، ޖަލަށް ލެވޭ އިސްލާހެއް