23 މާޗް 2017
އިތުރު ހަތް މީހަކު އެޗް1އެން1 އަށް ޕޮޒިޓިވްވެ އެ ބަލި ޖެހުނު މީހުންގެ އަދަދު 176 އަށް އަރައިފި އެވެ.
އިތުރު ހަތް މީހަކު އެޗް1އެން1 އަށް ޕޮޒިޓިވްވެ އެ ބަލި ޖެހުނު މީހުންގެ އަދަދު 176 އަށް އަރައިފި އެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ މިއަދުގެ ހިސާބުތަކުން ދައްކާ ގޮތުން ފްލޫ ކްލިނިކްތަކަށް ދައްކާ މީހުންގެ އަދަދު ވަނީ ދަށަށް ގޮސްފަ އެވެ. އެގޮތުން މާލޭ ސަރަހައްދުން އޭޑީކޭގެ ފްލޫ ކްލިނިކަން ދެއްކި މީހުންގެ އަދަދު ނޫނީ އެހެން ފްލޫ ކްލިނިކްތަކަށް ދެއްކި މީހުންގެ އަދަދު ވަނީ ދަށްވެފަ އެވެ. އަދި އަތޮޅުތަކުން ރިޕޯޓްކޮށްފައިވާ އަދަދު ވެސް ވަނީ ދަށްވެފަ އެވެ.
އަލަށް ހަތް މީހަކު އެޗް1އެން1 އަށް ޕޮޒިޓިވި އިރު އޭގެ ކުރީ ދުވަހު 14 މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން ތަފާސް ހިސާބުތަކަށް ބަލާއިރު އެ ދުވަހުން ފެށިގެން 19 ވަނަ ދުވަހާ ހަމަޔަށް ކޮންމެ ދުވަހަކު އިތުރު ތިން މީހަކު އަލަށް ޕޮޒިޓިވް ވެފައިވެ އެވެ. އެންމެ ގިނަ މީހުން ޕޮޒިޓިވް ކަމަށް އޮތީ 20 ވަނަ ދުވަހުގެ ހިސާބުތަކުގަ އެވެ. އެއީ 24 މީހުންނެވެ. އޭގެ އަނެއް ދުވަހު އަށް މީހުން ޕޮޒިޓިވްވެފައިވެ އެވެ.
އަތޮޅުތަކަށް ބަލާއިރު ހުމާއި ރޯގާ ޖެހިގެން މިހާރު އެންމެ ގިނައިން ރިޕޯޓްކުރަނީ ބ. އަތޮޅާއި ލ. އަތޮޅުންނެވެ. ބ. އަތޮޅުން 90 ކޭސް އަދި ލ. އަތޮޅުން 72 ކޭސް ރިޕޯޓްކޮށްފައިވެ އެވެ. ހުރިހާ އަތޮޅަކުން 809 ކޭސް ރިޕޯޓްކޮށްފައި ވާއިރު މާލެއިން އެ އަދަދު އުޅެނީ 471 ގަ އެވެ.
ރޯގާ ފެތުރިދާނެތީ ފްލޫ ވެކްސިން ޖެހުމަށް ގޮވާލައިފި
އެޗް1އެން1 އޮތީ އާދައިގެ ހާލަތެއްގައި: އެޗްޕީއޭ
އިތުރު 8 މީހަކު އެޗް1އެން1 އަށް ޕޮޒިޓިވްވެއްޖެ
އެންމެ ގިނައިން ރޯގާ ޖެހެނީ ލ. އަދި ރ. އަތޮޅުން
ހަތަރު ދުވަސް ތެރޭގައި 1000 މީހުން ފަރުވާ ހޯދައިފި
ސްވައިންފްލޫ އެބަ ފެތުރޭ، ނުރައްކަލެއް ނެތް: އެޗްޕީއޭ
ޑެންގޫ ހުން ޖެހިގެން ފުރަތަމަ ހަތަރު ދުވަހު 40 ކޭސް
އާއްމުކޮށް ފެންނަ ހަތަރު ބަލި ރިޕޯޓުކުރި އަދަދު އިތުރު
ކޮވިޑާއެކު، ޑެންގީ އާއި ރޯގާ ވެސް އިތުރުވަނީ!
ޖުލައި އާއި އޮގަސްޓުގައި އާދަޔާ ހިލާފަށް ރޯގާ އިތުރުވި