ރާއްޖޭގައި މިހާރު ފެތުރެމުންދާ އެޗް1އެން1 އަށް ޕޮޒިޓިވް މީހުންގެ އަދަދު 155 އަށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
ރާއްޖޭގައި މިހާރު ފެތުރެމުންދާ އެޗް1އެން1 އަށް ޕޮޒިޓިވް މީހުންގެ އަދަދު 155 އަށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
ފެތުރެމުންދާ ހުމާއި ރޯގާއާ ބެހޭ މައުލޫމާތު ހާމަކުރުމަށް ކޮންމެ ދުވަހަކު އެޗްޕީއޭއިން ނެރޭ ތަފާސް ހިސާބުގެ މިއަދުގެ ހިސާބުތަކުން ދައްކާ ގޮތުން އިތުރު އަށް މީހަކު އެޗް1އެން1 އަށް ވަނީ ޕޮޒިޓިވް ވެފަ އެވެ. މި ބަލި ޖެހިގެން މިވަގުތު 32 މީހަކަށް އެޑްމިޓް ކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ. އަދި މިހާތަނަށް ތިން މީހަކު ވަނީ ބަލީގައި މަރުވެފަ އެވެ.
ހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް 437 މީހަކު ވަނީ އިންފްލުއެންޒާއަށް ޓެސްޓްކޮށްފަ އެވެ.
އެޗް1އެން1 އާއި ހުމާއި ރޯގާ ފެތުރޭތީ، ސިއްހީ ހިދުމަތްދޭ ތަންތަނުން އަންނަނީ އެކަމަށް އިސްކަން ދީގެން އާންމުންނަށް ހިދުމަތްތައް ފަސޭހަކުރަމުންނެވެ. ހޮސްޕިޓަލްތަކުގައި ފްލޫ ކްލިނިކްތައް ހަދައި އިންފްލުއެންޒާއަށް ވެކްސިން ލިބޭނެ އިންތިޒާމްތައް ވެސް ވަނީ ހަމަޖައްސައިފަ އެވެ.
Daily Influenza Summary 21st March 2017 @PSMnewsmv @sunbrk @vaavu @Ch13official @raajjemv @Mihaarunews @avasmv @dhuvasmv @MoH_mv pic.twitter.com/0SNhMbCfgJ
— HPA Maldives (@HPA_MV) March 21, 2017
އެޗްޕީއޭއިން އާންމުކުރި މައުލޫމާތު
އިއްޔެގެ އާންމުކުރި ހިސާބުތަކުން ދެއްކީ މިހާތަނަށް ޓެސްޓުކުރި 411 މީހުންގެ ތެރެއިން 147 މީހަކު ސްވައިން ފްލޫ އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭރު އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަނީ 22 މީހަކަށެވެ.
ރާއްޖޭގައި ހުމާއި އަރިދަފުސް ރޯގާ ޖެހޭ މީހުންގެ އެވްރެޖް ނިސްބަތަަކީ ހަފުތާއަކު 3،000 މީހުންނެވެ. ނަމަވެސް މި އަހަރުގެ ފެބްރުއަރީ މަހުގެ ފަހުކޮޅު މި ނިސްބަތް އިތުރުވާން ފެށި އެވެ. އަދި މިހާރަކަށް އައިސް، އެވްރެޖް ގޮތެއްގައި ހަފުތާއަކު 5،000 އަށް ވުރެ ގިނަ މީހުންނަށް ހުމާއި އަރިދަފުސް ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާފައިވާ ކަމަށް ރިކޯޑްތަކުން ދައްކަ އެވެ.
އިތުރު ހަތް މީހަކު އެޗް1އެން1 އަށް ޕޮޒިޓިވްވެއްޖެ
އާއްމުކޮށް ފެންނަ ހަތަރު ބަލި ރިޕޯޓުކުރި އަދަދު އިތުރު
އިންފްލުއެންޒާ ފެތުރޭތީ އަތޮޅުތަކުން ސާމްޕަލް ނަގަނީ
މިދިޔަ މަހު 7000 މީހަކަށް ވައިރަލް ހުން ޖެހުނު
ހުޅުމާލޭގައި ފުލޫ ކްލިނިކެއް ހުޅުވައިފި
ހުން ޖެހޭ މީހުންގެ އަދަދު 100 އިން ގުނެން ފަށައިިފި
ރޯގާ ފެތުރިދާނެތީ ފްލޫ ވެކްސިން ޖެހުމަށް ގޮވާލައިފި
އެޗް1އެން1 އޮތީ އާދައިގެ ހާލަތެއްގައި: އެޗްޕީއޭ
އެޗް1އެން1 އަށް ޕޮޒިޓިވް މީހުންގެ އަދަދު 222 އަށް
ފްލޫޖެހުނު މާބަނޑު މީހާގެ ހާލު އަންނަނީ ރަނގަޅުވަމުން