07 ޖޫން 2017
އަރިދަފުސް ރޯގާ އާއި ވައިރަލް ހުން އަދި އިންފުލުއެންޒާ ފެތުރުން މި ދުވަސްވަރު އެކަށީގެން ވާތީ އިންފްލުއެންޒާ ވެކްސިން ޖެހުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފި އެވެ.
އަރިދަފުސް ރޯގާ އާއި ވައިރަލް ހުން އަދި އިންފުލުއެންޒާ ފެތުރުން މި ދުވަސްވަރު އެކަށީގެން ވާތީ އިންފްލުއެންޒާ ވެކްސިން ޖެހުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފި އެވެ.
އެޗްޕީއޭ އިން ބުނި ގޮތުގައި، މިއީ އުމްރާ އިން މީހުން އެނބުރި އަންނަ ދުވަސްވަރު ކަމަށްވާތީ މިދުވަސްވަރު ހުމާއި ރޯގާ ފެތުރުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން އާއްމުކޮށް ވެކްސިން ޖެހޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް އެ ތަނުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
"އަރިދަފުސް ރޯގާ ފަދަ ބަލިތަކަކީ އަބަދު ވެސް އުޅެމުންދާ މޫސުމީ ރޯގާތަކެއް ކަމުގައިވާތީ ރައްކާތެރިވުމުގެ ގޮތުން އިންފުލުއެންޒާ ވެކްސިން ޖެހުމަކީ މި އޭޖެންސީން ބާރުއަޅައި އިރުޝާދު ދޭ ކަމެކެވެ." އަދި މި ވެކްސިނަކީ އަހަރަކު އެއްފަހަރު ޖަހަންޖެހޭ ވެކްސިނެއް ކަމަށް ވެސް އެޗްޕީއޭގެ ބަޔާނުގައިވެ އެވެ.
އެޗްޕީއޭ އިން ބުނި ގޮތުގައި މާލޭގައި ނަމަ އޭޑީކޭ ހޮސްޕިޓަލާއި ދަމަނަވެށިން އަދި އަތޮޅުތަކުގެ ހުރިހާ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުން އިންފުލުއެންޒާ ވެކްސިން ޖެހޭނެ އެވެ. އަދި މާލޭގެ ބައެއް ފާމަސީތަކުން މި ވެކްސިން ގަންނަން ލިބޭނެ ކަމަށް ވެސް އެ ތަނުން ބުންޏެވެ.
އަމިއްލަ ބޭސް ފިހާރަތައް ފިޔަވާ އިންފުލުއެންޒާ ވެކްސިން ޖަހައިދިނުމަށް ހަމަޖެހިފައިވާ ތަންތަނުން ވެކްސިން ގަންނަން ލިބޭނީ 130ރ އަށެވެ. އަދި ބޭސް ފިހާރަތަކުން ގަންނަ ވެކްސިން ކްލިނިކްތަކުން ޖަހައިދޭނީ ޑޮކްޓަރުގެ ލިޔުމެއް ހުށައެޅުމުން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
މިދިޔަ މާޗް މަހު ރާއްޖޭގައި ހަލުވިކަމާ އެކު ފެތުރުނު ހުމާއި އަރިދަފުސް ރޯގާ ކޮންޓްރޯލް ކުރެވިފައިވީ ނަމަވެސް އަދިވެސް ބައެއް ރަށްރަށުގައި އަންނަނީ މި ރޯގާ ފެތުރެމުންނެވެ.
އެޗް1އެން1 އޮތީ އާދައިގެ ހާލަތެއްގައި: އެޗްޕީއޭ
އިތުރު ހަތް މީހަކު އެޗް1އެން1 އަށް ޕޮޒިޓިވްވެއްޖެ
އެންމެ ގިނައިން ރޯގާ ޖެހެނީ ލ. އަދި ރ. އަތޮޅުން
ހަތަރު ދުވަސް ތެރޭގައި 1000 މީހުން ފަރުވާ ހޯދައިފި
ޑެންގޫ ހުން ޖެހިގެން ފުރަތަމަ ހަތަރު ދުވަހު 40 ކޭސް
ކޮވިޑާއެކު، ޑެންގީ އާއި ރޯގާ ވެސް އިތުރުވަނީ!
ޖުލައި އާއި އޮގަސްޓުގައި އާދަޔާ ހިލާފަށް ރޯގާ އިތުރުވި
ޑެންގީހުން ޖެހުނު މީހުން ތިން ގުނަ އިތުރުވެއްޖެ
ހޮޑުލުމާއި ބޭރަށް ހިންގުމުގެ 3،000 ކޭސް
މިދިޔަ މަހު އަރިދަފުސް ރޯގާގެ 11،000 ކޭސް