"ބެކް ޓު ސްކޫލް"ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ފަށައިފި އެވެ.
09 އޯގަސްޓް 2025
"ބެކް ޓު ސްކޫލް"ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ފަށައިފި އެވެ.
ސްކޫލް ކުދިންގެ އިންޓަވަލަށް ބޭނުން ކުރެވޭނެ ގިނަ ޕްރޮޑަކްޓްތަކެއް މި ޕްރޮމޯޝަންގައި ލިބޭނެ އެވެ. އޭގެތެރޭގައި އާއްމުންނާއި ކުޑަކުދިންގެ ތެރޭގައި މަޝްހޫރު ޑެވޮންޑޭލް ކިރު ޕެކެޓް އަދި ކްރޫގާ ބްރޭންޑްގެ ހުރިހާ އުފެއްދުންތަކެއް ހިމެނެ އެވެ.
ޑެވޮންޑޭލް އަކީ އޭގައި ގިނަ އަދަދަކަށް ޕްރޮޓީން އެކުލެވޭ ހަށިގަނޑަށް ފައިދާ ހުރި ބްރޭންޑެކެވެ. މީގެ އިތުރުން ކުއިކްބެރީ އަދި ނަބާޓި ބްރޭންޑުގެ އެކި ރަހަތަކުގެ ބިސްކޯދު ފަދަ، ކުޑަކުދިން ގަޔާވާ ޕްރޮޑަކްޓުތަކެއް އެތަނުން ލިބެން ހުންނާނެ އެވެ. ކުއިކްބެރީ ބެރޭންޑުގެ "ޝުގަ ފްރީ" ބިސްކޯދަކީ ކުޑަކުދިންގެ އިތުރުން ބޮޑެތި މީހުންނަށް ވެސް ކަމުދާނެ ގޮތަށް ތައްޔާރު ކޮށްފައިވާ އުފެއްދުމެކެވެ.
"ބެކް ޓު ސްކޫލް" ޕްރޮމޯޝަންގެ ދަށުން، މި ބްރޭންޑް ތަކުން 100ރ. އަށް ވުރެ ގިނައިން ވިޔަފާރި ކުރާ ފަރާތްތަކަށް ކޫޕަނެއް ލިބޭނެ އެވެ. ކޫޕަންގެ ގުރުއަތު ނެގުން އޮންނާނީ ޕްރޮމޯޝަން ނިމުމަށް ފަހު އެވެ.
މި ލަކީޑްރޯއިން ހޮވޭ ތިން ފަރާތަކަށް، ކުޑަކުދިންގެ ތެރޭގައި މަގުބޫލު "ޕީކަބޫ" ފިހާރައިގެ އަގުހުރި ތިން ގިފްޓް ވައުޗަރު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ ތެރެއިން 1 ވަނަ އަށް ހޮވޭ ފަރާތަކަށް 5،000ރ، 2 ވަނައަށް ހޮވޭ ފަރާތަކަށް 2،500ރ. އަދި 3 ވަނައަށް ހޮވޭ ފަރާތަކަށް 1،500ރ. ގެ ވައުޗަރެއް ލިބޭނެ އެވެ.
މި ޕްރޮމޯޝަންގައި، އިންޓަވަލް ފުޅި ފަދަ ސްކޫލް ކުދިންނަށް ބޭނުންވާ މުހިއްމު ގިނަ ސާމާނުތަކުން ބޮޑު ޑިސްކައުންޓްތަކެއް ލިބޭނެ އެވެ. އަދި ދެ ޕްރޮޑަކްޓެއް ގަތުމުން ހިލޭ އެކަތި ލިބުމުގެ ފުރުސަތު ވެސް މި ޕްރޮމޯޝަންގެ ދަށުން ކަސްޓަމަރުންނަށް އޮންނާނެ އެވެ.
މި ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށެވެ.
ބާޒާރުގައި އޮރެންޖާއި އާފަލުގެ އަގު ދަށަށް
އެސްޓީއޯއިން ހިޓާޗީ އޭސީއެއް ގަނެގެން ސައިކަލެއް
މޭވާ އާއި ތަރުކާރީ މަދުނުވާ ވަރަށް ގެނެވޭނެ: އެސްޓީއޯ
23 ބާވަތެއްގެ އަގު ހެޔޮކުރަނީ
މޭވާ އާއި ތަރުކާރީ އެސްޓީއޯއިން އެތެރެކޮށް ވިއްކަނީ
އެސްޓީއޯ ހޮޓާއަގުކޮށް ހުޅުމާލެ2 ގެ ބިމަކާ ބަދަލުކޮށްފި
ޝަމްއާންގެ މައްޗަށް އެސްޓީއޯއިން ކުރި ދައުވާ ނަގައިފި
ކޯސް ފުރިހަމަނުކޮށް ވަކިވުމުން 7 ލައްކަ ދޭން ހުކުމެއް
އެސްޓީއޯ އާއި މަކިޓާގެ ގުޅުމަށް 25އަހަރު ފާހަގަކޮށްފި
އެސްޓީއޯ "މެގަ ސޭލް"ގައި އަގުހުރި އިނާމުތަކެއް