އެސްޓީއޯ އާއި މަކިޓާގެ 25 އަހަރުގެ ޕާޓްނާޝިޕް ފާހަގަކުރަން ކުރުނބާ މޯލްޑިވްސް ރިޒޯޓްގައި ރޭ ހާއްސަ ހަފްލާ އެއް ބާއްވައިފި އެވެ.
22 އޯގަސްޓް 2025
އެސްޓީއޯ އާއި މަކިޓާގެ 25 އަހަރުގެ ޕާޓްނާޝިޕް ފާހަގަކުރަން ކުރުނބާ މޯލްޑިވްސް ރިޒޯޓްގައި ރޭ ހާއްސަ ހަފްލާ އެއް ބާއްވައިފި އެވެ.
މި ހަފްލާގައި އެސްޓީއޯގެ އެމްޑީ އަދި ސީއީއޯ، ޝިމާދު އިބްރާހިމް އާއި މަކިޓާގެ ފަރާތުން މަކިޓާގެ ޑިރެކްޓާ، ކޯޕަރޭޓް އޮފިސާ، ބައިނަލްއަގުވާމީ ސޭލްސް ހެޑްކުއާޓާ، އޮމޮޓޭ ޓަކާޝީ ވެސް ބައިވެރިވެވަޑައިގަތެވެ.
މި ހަފްލާގައި މަކިޓާގެ އާ ޓޫލްސްތައް ތައާރަފްކޮށް، ހާއްސަ އެކްސްޕީރިއަންސް ޒޯނެއްގައި ބައެއް ޓޫލްތައް ބޭނުން ކުރާ ގޮތް ދައްކާލި އެވެ.
އެ ރަސްމިއްޔާތުގައި އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ ޑިރެކްޓަރު މުހައްމަދު އީމާން ވަނީ އެސްޓީއޯ އާއި މަކިޓާގެ 25 އަހަރުވީ ގާތް ގުޅުމަށް އަލިއަޅުވާލައި ކަސްޓަމަރުންނަށް ހާއްސަ ޝުކުރެއް ދަންނަވައިފަ އެވެ.
އެ ރަސްމިއްޔާތުގައި އެސްޓީއޯ މަކިޓާއިން އެންމެ ގިނައިން ވިޔަފާރި ކުރި ކަސްޓަމަރުންނާއި އެސްޓީއޯ އާއި މަކިޓާއާ ގާތް ގުޅުމެއް ބާއްވަމުން އަންނަ ކަސްޓަމަރުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ހަނދާނީ ފިލައެއް ވަނީ ދީފަ އެވެ. އޭގެތެރޭގައި އެމްއޭސީއެލް، އެޗްޑީސީ، ސްޓެލްކޯ، އެމްޕީއެލް، އެމްޓީސީސީ، އެމްއެންޑީއެފް، ޔުނިވަރސަލް ހޯކްސް ޕްރައިވެޓް ލިމިޓެޑް، އަލިއާ ކޮންސްޓްރަކްޝަންސް ޕްރައިވެޓް ލިމިޓެޑް، އެސްޖޭ ކޮންސްޓްރަކްޝަންސް ޕްރައިވެޓް ލިމިޓެޑް ފަދަ ކުންފުނިތައް ހިމެނެ އެވެ.
މި ހަފްލާގައި މަކިޓާގެ ޑިރެކްޓާ، ކޯޕަރޭޓް އޮފިސާ، ބައިނަލްއަގުވާމީ ސޭލްސް ހެޑްކުއާޓާ، އޮމޮޓޭ ޓަކާޝީ އަދި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯ ވަނީ މަކިޓާއާ އެސްޓީއޯއާ ދެމެދު އޮތް ގުޅުން ފާހަގަކުރައްވައިފަ އެވެ. އޭގެ ސަބަބުން ރާއްޖޭގެ އިމާރާތް ކުރުމުގެ ސިނާއަތަށް އަންނަމުންދާ ހެޔޮބަދަލުތަކަށް މަރުހަބާ ވިދާޅުވި އެވެ. މަކިޓާއާ އެކު އެސްޓީއޯގެ ޕާޓްނާޝިޕްގެ ސަބަބުން ޖަޕާނާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމަށް ވެސް ހެޔޮ ބަދަލުތަކެއް ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
މަކިޓާ ބްރޭންޑަކީ 1915 ވަނަ އަހަރު ޖަޕާނުގައި ތައާރަފް ކުރި ބްރޭންޑެކެވެ. މަކިޓާ ބްރޭންޑުގެ ޕަވާ ޓޫލްތަކަކީ ދުނިޔޭގެ ބާޒާރުގައި ވެސް ނަން މަޝްހޫރު ބްރޭންޑެކެވެ. އެސްޓީއޯ އިން މި ބްރޭންޑު ރާއްޖޭގެ މާކެޓަށް ތައާރަފްކުރީ މީގެ 25 އަހަރު ކުރިންނެވެ.
އެސްޓީއޯއިން މަކިޓާއާ އެކު ގާއިމުކޮށްފައިވާ ޕާޓްނާޝިޕުގެ ދަށުން ކޮލެޓީ އަދި އަގުހުރި ގިނަ ޕްރޮޑަކްޓުތަކެއް ވަނީ ރާއްޖެއަށް ތައާރަފްކޮށްފަ އެވެ.
އެސްޓީއޯއިން މަކިޓާ ބްރޭންޑްގެ ހާއްސަ ޕްރޮމޯޝަނެއް
މަކިޓާ ބްރޭންޑުގެ ފޭކު ޓޫލްސްތަކެއް ދައުރުވަނީ
މަކިޓާ ޕަވާޓޫލްސް ވިއްކާނެ އެޖެންޓުން ހޯދަނީ
އެސްޓީއޯ ކޮންސްޓްރަކްޝަންގައި ވެސް ރޯދަ ޕްރޮމޯޝަން
އެސްޓީއޯގެ "މަކީޓާ ނައިޓް" ބާއްވައިފި
ހެއްޔާ މަކިޓާގައި 30 ޕަސެންޓާ ހަމައަށް ޑިސްކައުންޓް
"ހެއްޔާ މަކިޓާ"ގެ ވަނަތައް ހޮވައިފި
ހެއްޔާ މަކީޓާ: ރަޖިސްޓްރީ ވުމުގެ މުއްދަތު އިތުރުކޮށްފި
މަކިޓާ ނައިޓް: އާ އުފެއްދުންތަކާ އެކު އެންމެން އެކީ
"ހެއްޔާ މަކީޓާ" މުބާރާތް އިއުލާނުކޮށް ޕްރޮމޯޝަނެއް