Roadha Mihaaru
މަކިޓާ ޕަވާޓޫލްސް ވިއްކާނެ އެޖެންޓުން ހޯދަނީ

މަކިޓާ ޕަވާޓޫލްސް ވިއްކާނެ އެޖެންޓުން ހޯދަނީ

14 ފެބުރުއަރީ 2024

އެސްޓީއޯ އިން ވިއްކާ މަކިޓާ ޕަވާ ޓޫލްސް ރަށްރަށުގައި ވިއްކުމަށް މަސައްކަތްކުރާނެ އެޖެންޓުން ހޯދަން އިއުލާނު ކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އެސްޓީއޯ އިން ވިއްކާ މަކިޓާ ޕަވާ ޓޫލްސް ރަށްރަށުގައި ވިއްކުމަށް މަސައްކަތްކުރާނެ އެޖެންޓުން ހޯދަން އިއުލާނު ކޮށްފި އެވެ.

އެ ކުންފުނިން އެޖެންޓުން ހޯދަމުން އަންނަނީ ހއ. ދިއްދޫ، ށ. ފުނަދޫ، މިލަންދޫ، ނ. ވެލިދޫ، ނ. މަނަދޫ، ރ. ދުވާފަރު، ރ. މީދޫ، ރ. އަލިފުށި، ރ. އުނގޫފާރު، ބ. ތުޅާދޫ، ޅ. ނައިފަރު، ޅ. ހިންވަރު، ކ. ކާށިދޫ، ކ. ހިންމަފުށި، ކ. ގުޅި، ކ. ތުލުސްދޫ، އއ. ރަސްދޫ، އއ. ތޮއްޑޫ، އދ. މަހިބަދޫ، އދ. މާމިގިލި، ވ. ކެޔޮދޫ، މ. މުލައް، މ. މުލި، މ. ދިއްގަރު، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ، ދ. މީދޫ، ތ. ތިމަރަފުށި، ތ. ވިލުފުށި، ލ. އިސްދޫ އަދި ލ. މާވަށުންނެވެ.

އެސްޓީއޯއިން ބުނީ މަކިޓާ ޕަވަޓުލްސް ވިއްކަން ކޮންމެ ރަށަކުން ވެސް ދެ އެޖެންޓުން ހޮވަބް ނިންމާފައިވާ ކަމަށެވެ. އެޖެންޓުގެ ގޮތުގައި ހޮވޭނީ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ޖެނެރަލް ކޮންސްޓްރަކްޝަން މުދާ ވިއްކާ، އަދި ހާޑްވެއާ ޝޯރޫމެއް ނުވަތަ ފިހާރައެއް ހުންނަ ފަރާތްތަކަށް ކަމަށް އެސްޓީއޯއިން ބުންޏެވެ. މަކިޓާ ޕަވާ ޓޫލްސް ވިއްކަން ބޭނުންވާ އެޖެންޓުންނަށް އަންނަ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އެޕްލިކޭޝަން ހުށަހެޅޭނެ އެވެ.

އެޕްލިކޭޝަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން makita@sto.mv އަށް އީމެއިލް ކުރެވޭނެ އެވެ. އެޖެންޓަކަށްވުމަށް ހުށަހެޅުމަށް ބޭނުންވާ ފޯމު އެސްޓީއޯ މަކިޓާ ޝޯރޫމުންނާއި އެސްޓީއޯ ވެބްސައިޓުން ލިބޭނެ އެވެ.