25 ޑިސެމްބަރ 2023
އެސްޓީއޯގެ ޕަވާ ޓޫލްސް އަށް ހާއްސަ ބްރޭންޑް "މަކީޓާ"ގެ އުފެއްދުންތަކަށް ހާއްސަކޮށް ބާއްވާ "މަކީޓާ ނައިޓް" ރޭ ބައްވައިފި އެވެ.
އެސްޓީއޯގެ ޕަވާ ޓޫލްސް އަށް ހާއްސަ ބްރޭންޑް "މަކީޓާ"ގެ އުފެއްދުންތަކަށް ހާއްސަކޮށް ބާއްވާ "މަކީޓާ ނައިޓް" ރޭ ބައްވައިފި އެވެ.
މި އިވެންޓަކީ މަކީޓާގެ ކަސްޓަމަރުންނަށްނާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް ކަސްޓަމަރުންގެ އަގުވަޒަންކޮށް، އެ ކުންފުނިން އަލަށް ގެންނަ "މަކީޓާ"ގެ އުފެއްދުންތައް ދައްކާލުމަށް ކޮންމެ އަހަރަކު ވެސް އެ ކުންފުނިން ބާއްވަމުންދާ އިވެންޓެކެވެ.
މި އަހަރުގެ "މަކީޓާ ނައިޓް"ގައި މަކީޓާގެ ޕްރޮޑަކްޓުތައް ގަންނަ ގިނަ ކަސްޓަމަރުން ބައިވެރިވި އެވެ. އެ އިވެންޓުގައި ކަސްޓަމަރުންގެ މެދުގައި އެންމެ މަގުބޫލު "މަކީޓާ" ޕްރޮޑަކްޓުތަކާއި އެންމެ ފަހުގެ "މަކީޓާ" ޕްރޮޑަކްޓުތައް ވަނީ ދައްކާލައިފަ އެވެ. އަދި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން މި އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް އެންމެ ގިނައިން އެ ފިހާރައިން ވިޔަފާރިކުރި ކަސްޓަމަރުން ފާހަގަކޮށް އެވޯޑު ވެސް ދިނެވެ.
މި އެވޯޑު ދީފައި ވަނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެވޯޑު ލިބުނު ކަސްޓަމަރުންގެ ތެރޭގައި އެމްޓީސީސީ، ސްޓެލްކޯ، އެލިއާ ކޮންސްޓްރަކްޝަން، އެސްޖޭ ކޮންސްޓްރަކްޝަން، ޓްވިން އައިލެންޑް، ސޮނޭވާ ޖާނީ އަދި ސައްތާރު އެންޑް ގްރޫޕްސް ހިމެނެ އެވެ.
މި އިވެންޓުގައި އެސްޓީއޯއިން ކޮންމެ އަހަރަކު ވެސް ބާއްވަމުންދާ "ހެއްކާ މަކީޓާ"ގެ މި އަހަރުގެ މުބާރާތް އިއުލާނު ކުރި އެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.
މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު އެސްޓީއޯގެ ވެބްސައިޓުން މިހާރު ޑައުންލޯޑް ކުރެވޭނެ އެވެ. ވައިބާ ނަމްބަރު 7980240 އަށް އަދި އީމެއިލް makita@sto.mv އަށް ފޯމު ހުށަހެޅޭނެ އެވެ. އަދި މަކީޓާ ޝޯރޫމްގެ ކައުންޓަރަށް ވެސް ފޯމު ހުށަހެޅޭނެ އެވެ.
މި މުބާރާތާއި ގުޅޭ އިތުރު މައުލޫމާތުތައް ޖެނުއަރީ އެކަކަށް ފަހު ޝާއިއު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
"ހެއްޔާ މަކީޓާ" މުބާރާތުގެ އެއް ވަނަ އަށް ހުށަހަޅާފައި ވަނީ 50،000ރ. ގެ މަކިޓާ ޝޯރޫމް ވައުޗާރެކެވެ. ދެ ވަނަ އަށް 30،000ރ. ގެ މަކިޓާ ޝޯރޫމް ވައުޗާރެއް ހުށަހަޅާފައި ވާއިރު، ތިން ވަނައަށް ހުށަހަޅާފައި ވަނީ 20،000ރ. ގެ މަކިޓާ ޝޯރޫމް ވައުޗާރެކެވެ.
މި މުބާރާތަކީ އެއް މަސް ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. އަދި މިއީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މުބާރާތެކެވެ.
މަކިޓާ ޕަވާޓޫލްސް ވިއްކާނެ އެޖެންޓުން ހޯދަނީ
އެސްޓީއޯ ކޮންސްޓްރަކްޝަންގައި ވެސް ރޯދަ ޕްރޮމޯޝަން
ހެއްޔާ މަކިޓާގައި 30 ޕަސެންޓާ ހަމައަށް ޑިސްކައުންޓް
"ހެއްޔާ މަކިޓާ"ގެ ވަނަތައް ހޮވައިފި
ހެއްޔާ މަކީޓާ: ރަޖިސްޓްރީ ވުމުގެ މުއްދަތު އިތުރުކޮށްފި
މަކިޓާ ނައިޓް: އާ އުފެއްދުންތަކާ އެކު އެންމެން އެކީ
"ހެއްޔާ މަކީޓާ" މުބާރާތް އިއުލާނުކޮށް ޕްރޮމޯޝަނެއް
އެސްޓީއޯއިން މަކިޓާގެ އާ ޝޯރޫމެއް ހުޅުވައިފި
"މަކިޓާ ހެއްޔާ" މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި
މާފަންނަށް އެސްޓީއޯގެ ފާމަސީއެއް