12 ޖޫން 2023
އެސްޓީއޯ އިން މި އަހަރު ބޭއްވި "ހެއްޔާ މަކީޓާ" މުބާރާތުގެ ވަނަތައް ހޮވައި އިނާމުތައް ދީފި އެވެ.
އެސްޓީއޯ އިން މި އަހަރު ބޭއްވި "ހެއްޔާ މަކީޓާ" މުބާރާތުގެ ވަނަތައް ހޮވައި އިނާމުތައް ދީފި އެވެ.
އެއީ ރާއްޖެ އެތެރެކޮށް، މާކެޓްކުރާ މަކީޓާ ޕަވަޓޫލްސް ބޭނުން ކޮށްގެން ދިވެހިންގެ ފަންނުވެރިކަން ދައްކައިލުމަށް ދިން ފުރުސަތެކެވެ.
މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބޭއްވި މި އަހަރުގެ މުބާރާތުގައި "ހެއްޔާ މަކީޓާ"ގެ އެއް ވަނަ އަށް ހޮވުނީ ލަކުޑިން ތަފާތު ތަކެތި ހަދާ މަންޒަރެއްގެ ގޮތުގައި ހުށަހެޅި ހަސަން ޝާހިދެވެ. އެސްޓީއޯ އިން އޭނާ އަށް ދިނީ 50،000ރ. ގެ މަކިޓާ ޓޫލްސެޓެއް ލިބޭ ވައުޗަރެކެވެ.
މުބާރާތުގެ ދެ ވަނަ އަށް ދިޔައީ އުނދޯއްޔެއް ތައްޔާރުކުރި އަހުމަދު ހުސައިންމަނިކެވެ. އޭނާ އަށް 30،000ރ. ގެ މަކީޓާ ޓޫލްސްގެ ވައުޗަރެއް ދިނެވެ. ތިން ވަނަ އަށް ހޮވުނީ ޑްރެސިންގް ޓޭބަލެއް ތައްޔާރު ކުރި މުހައްމަދު ރަޝީދެވެ. އޭނާގެ އިނާމަކީ 15،000ރ. ގެ އެސްޓީއޯ ޕީޕަލްސް ޗޮއިސް ހޯމް އެންޑް ކިޗަން ޕްރޮޑަކްޓްސްގެ ވައުޗަރެކެވެ.
އެ މުބާރާތުގެ ހުރިހާ ބައިވެރިން ވެސް ތަކެތި ތައްޔާރުކުރީ މަކީޓާ ޓޫލްސް ބޭނުންކޮށްގެންނެވެ. މަކީޓާ ޓޫލްސް ބޭނުން ކޮށްފައިވާކަން ދައްކައިދިނުމަށް ބައިވެރިން އެ ތަކެތި ތައްޔާރުކުރި ގޮތުގެ ވީޑިއޯއެއް ވަނީ ހުށަހަޅައިފަ އެވެ.
ވަނަތައް ހޮވާފައި ވަނީ ފަނޑިޔާރުންގެ 70 ޕަސެންޓާއި އާއްމުންގެ 20 ޕަސެންޓާއި ހުށަހެޅި ވީޑިއޯ އަށް 10 ޕަސެންޓު މާކްސް ދީގެންނެވެ.
މަކިޓާ ޕަވާޓޫލްސް ވިއްކާނެ އެޖެންޓުން ހޯދަނީ
އެސްޓީއޯ ކޮންސްޓްރަކްޝަންގައި ވެސް ރޯދަ ޕްރޮމޯޝަން
އެސްޓީއޯގެ "މަކީޓާ ނައިޓް" ބާއްވައިފި
ހެއްޔާ މަކިޓާގައި 30 ޕަސެންޓާ ހަމައަށް ޑިސްކައުންޓް
ހެއްޔާ މަކީޓާ: ރަޖިސްޓްރީ ވުމުގެ މުއްދަތު އިތުރުކޮށްފި
މަކިޓާ ނައިޓް: އާ އުފެއްދުންތަކާ އެކު އެންމެން އެކީ
"ހެއްޔާ މަކީޓާ" މުބާރާތް އިއުލާނުކޮށް ޕްރޮމޯޝަނެއް
އެސްޓީއޯއިން މަކިޓާގެ އާ ޝޯރޫމެއް ހުޅުވައިފި
"މަކިޓާ ހެއްޔާ" މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި
އިކޮނޮމިކްގޭޓްވޭގެ ފްރޭމްވޯކް އެއްބަސްވުމުގައި ސޮއިކޮށްފި