Roadha Mihaaru
ހެއްޔާ މަކީޓާ: ރަޖިސްޓްރީ ވުމުގެ މުއްދަތު އިތުރުކޮށްފި

"ހެއްޔާ މަކީޓާ" މުބާރާތުގައި ރަޖިސްޓްރީވުން އާދިއްތައާ ހަމައަށް

24 އޮކްޓޯބަރ 2022

އެސްޓީއޯއިން ރާއްޖެ އެތެރެކޮށް މާކެޓްކުރާ މަކީޓާ ޕަވަޓޫލްސް ބޭނުން ކޮށްގެން ދިވެހިންގެ ފަންނުވެރިކަން ދައްކާލުމަށް ބާއްވާ "ހެއްޔާ މަކީޓާ" މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި އަންނަ އާދިއްތަ ދުވަހަށް އިތުރު ކޮށްފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

އެސްޓީއޯއިން ރާއްޖެ އެތެރެކޮށް މާކެޓްކުރާ މަކީޓާ ޕަވަޓޫލްސް ބޭނުން ކޮށްގެން ދިވެހިންގެ ފަންނުވެރިކަން ދައްކާލުމަށް ބާއްވާ "ހެއްޔާ މަކީޓާ" މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި އަންނަ އާދިއްތަ ދުވަހަށް އިތުރު ކޮށްފި އެވެ.

މީގެ ކުރިން އެސްޓީއޯ އިން އިއުލާނު ކޮށްފައި ވަނީ ރޭ 10:00 އާ ހަމައަަށް ބައިވެރިވުމުގެ ފޯމު ހުށަހެޅުމަށެވެ. ނަމަވެސް، އެ ކުންފުނިން ރޭ ބުނީ އެ މުއްދަތު އަންނަ އާދިއްތަ ދުވަހަށް އިތުރުކޮށްފައިވާ ކަމަށެވެ.

އެ މުބާރާތުގައި އެއް ވަނަ އަށްދާ ފަރާތަށް 50،000ރ. ގެ މަކީޓާ ޓޫލްސް ލިބޭ ވައުޗަރެއް ލިބެ އެވެ. ދެ ވަނަ އަށް 30،000ރ. ގެ މަކީޓާ ޕްރޮޑަކްޓް ލިބޭ ވައުޗަރެއް ލިބޭއިރު، ތިން ވަނަ އަށް ލިބެނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން 15،000ރ. ގެ ހޯމް އެންޑް ކިޗަން ޕްރޮޑަކްޓްތަކެކެވެ.

އެ މުބާރާތުގައި ވަނަތައް ހޮވާނީ ޖަޖުންގެ މާކްސްގެ 70 ޕަސެންޓާއި، ފޭސްބުކް ލައިކު ލިބޭ މިންވަރުގެ 20 ޕަސެންޓާއި، ހުށަހަޅާ ވީޑިއޯ އަށް ކަނޑައަޅާފައިވާ 10 ޕަސެންޓުން މާކްސް ލިބޭ މިންވަރަށް ބެލުމަށް ފަހު އެވެ.

އެ މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު އެސްޓީއޯގެ މަކީޓާ ޝޯރޫމާއި، ވެބްސައިޓުން ލިބޭނެ އެވެ. އަދި މާކީޓާ ޝޯރޫމަށާއި، އީމެއިލް އާއި ވައިބާ މެދުވެރިކޮށް ފޯމު ހުށަހެޅޭނެ އެވެ.