ހދ. ކުމުންދޫ ކައިރިއަށް ސަޕްލައި ދޯންޏެއް ބަންޑުން ޖަހާލައި މިއަދު ކަނޑުވި މީހުންގެ ތެރެއިން އެކަކު މަރުވެއްޖެ އެވެ.
07 އޯގަސްޓް 2025
ހދ. ކުމުންދޫ ކައިރިއަށް ސަޕްލައި ދޯންޏެއް ބަންޑުން ޖަހާލައި މިއަދު ކަނޑުވި މީހުންގެ ތެރެއިން އެކަކު މަރުވެއްޖެ އެވެ.
އެ ދޯނިން ދަތުރުކުރި ހަތަރު މީހުންގެ ތެރެއިން މަރުވީ 66 އަހަރުގެ ދިވެއްސެކެވެ.
ފުލުހުން ބުނި ގޮތުގައި ހދ. ކުޅުދުއްފުށިން ފުރައިގެން ށ. ފުނަދުއަށް ދަތުރުކުރި ދޯނި ބަންޑުން ޖަހާލައި ކަނޑުވި މީހުން ސަލާމަތްކޮށްގެން އެމްއެންޑީއެފުން ގެންދިޔައީ، ކުޅުދުއްފުއްޓަށެވެ.
އޭގެއިން ދަތުރުކުރި އެކަކު މަރުވީ، ހާލު ދެރަވެގެން ކުޅުދުއްފުށީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. އަނެއް ތިން މީހުންގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ދޯނި ދަތުރުކުރަމުން ދިޔައީ ޖަންބޯ ބޭގުތަކެއް އަރުވައިގެން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަމުންދާ މި ދުވަސްކޮޅު ކަނޑުތައް ގަދަ އެވެ. ކ. ގުރައިދު އަށް 17 މީހުންނާ އެކު ދަތުރުކުރި ޑިންގީއެއް ވެސް ރޭ ވަނީ ބަންޑުން ޖަހާލައިފަ އެވެ. އޭގެއިން ދަތުރުކުރި އެންމެން ވަނީ ސަލާމަތްކޮށްފަ އެވެ.
ދޯންޏެއް ބަންޑުން ޖަހާލައި މީހަކު މަރުވެއްޖެ
ބަންޑުން ޖަހާލި ޑިންގީއަކުން އެންމެން ސަލާމަތްކޮށްފި
ހޯދަމުން ދިޔަ މީހަކު، މަރުވެފައި އޮއްވާ ފެނިއްޖެ
މާޅޮހުގައި ފިހުނު އެކަކު އަދިވެސް އައިސީޔޫގައި
ފަރަށް އެރި ދޯނި އަޑިއަށް، މީހުން ސަލާމަތްކޮށްފި
ސިންގަޕޫރު ކުއްޖާގެ މަރު: ތަހުގީގަށް ބަޔާން ނަގައިފި
ބަންޑުން ޖަހައިލި ޑިންގީއަކުން މީހުން ސަލާމަތްކޮށްފި
ސިހުން ގެނުވި މަރުތަކުގެ 24 ގަޑިއިރު
ޒަކަރިއްޔާ ހޯދުން ކުރިއަށް، އަދިވެސް ނުފެނޭ
ކަނޑުމަތީގެ ހަތް ހާދިސާއެއް، ގެއްލުނު މީހާ ނުފެނޭ