ވޮލީ އަށް އެންމެ މަޝްހޫރު ވ. އަތޮޅުގެ އަތޮޅު މުބާރާތް މި މަހު 15 ގައި ފަށަން އިއުލާންކޮށްފި އެވެ.
05 އޯގަސްޓް 2025
ވޮލީ އަށް އެންމެ މަޝްހޫރު ވ. އަތޮޅުގެ އަތޮޅު މުބާރާތް މި މަހު 15 ގައި ފަށަން އިއުލާންކޮށްފި އެވެ.
ރާއްޖޭގެ ގައުމީ ޓީމުގައި ވ. އަތޮޅު ކުޅުންތެރިން ޑޮމިނޭޓްކުރަމުންދާތާ އަހަރުތަކެއް ވެއްޖެ އެވެ. ކުރިއަރަމުން އަންނަ ޒުވާން ކުޅުންތެރިންގެ ތެރޭގައި ވެސް އެންމެ ހުނަރުވެރި ކުޅުންތެރިން ނިސްބަތްވަނީ ވ. އަތޮޅަށެވެ.
އެ އަތޮޅު ކައުންސިލުން ބާއްވާ ވޮލީ މުބާރާތް މިފަހަރު އޮންނާނީ ފެލިދޫގަ އެވެ. ފެލިދޫގައި މުބާރާތް ބާއްވަން ނިންމީ އަތޮޅު ކައުންސިލުގެ ރައީސް ޝުޖާއު އަލީ ވިދާޅުވި ގޮތުގައި މި ދުވަސްވަރު މޫސުން ހުރި ގޮތުން އެންމެ އެކަށީގެންވާ މާހައުލެއް އެ އަތޮޅުން ލިބެން އޮތީ އެ ރަށުން ކަމަށް ވާތީ އެވެ.
"މިދުވަސްވަރު މޫސުން ހުރި ގޮތަށް ބަލާއިރު އެންމެ ރަނގަޅު ކޮންޑިޝަނެއްގައި މެޗުތައް ކުޅެވޭނީ ފެލިދޫ ކޯޓުގައި،" ޝުޖާއު ވިދާޅުވި އެވެ.
ގައުމީ ޓީމުގެ ތަރިންކަމަށްވާ އަލީ ހުޒާމް (ހުޒާންޓޭ) އާއި އޭނާގެ ކޮއްކޮ ހަސަން ނިލާމް އަދި މަޝްހޫރު 'ބުޅިކޭ' ހުސައިން ވިޝާމް ނިސްބަތްވަނީ ފުލިދޫ އަށެވެ.
ޝުޖާއު ވިދާޅުވީ ގައުމީ ޓީމުގެ ކުޅުންތެރިން އެންމެ ގިނައިން ފެންނާނެ އަތޮޅު މުބާރާތަކަށް ވާނީ ވ. އަތޮޅުގެ މުބާރާތް ކަމަށެވެ.
މި މަހު 24 ގައި ނިޔަލަށް ކުރިއަށްގެންދާ މުބާރާތުގައި ހަތަރު ރަށުން ފިރިހެން ހަތަރު ޓީމާއި ތިން ރަށަކުން އަންހެން ތިން ޓީމު ބައިވެރިވި އެވެ.
ކޮންމެ ޓީމެއްގައި ވެސް އަތޮޅުން ބޭރު ދެ ކުޅުންތެރިން ޖެހުމުގެ ފުރުސަތު ވަނީ ލިބިދީފަ އެވެ. ޝުޖާއު ވިދާޅުވީ އެ ދެ ޖާގަ އަށް ރާއްޖޭން ބޭރުގެ ދެ ކުޅުންތެރިން ޖެހުމުގެ އިހްތިޔާރު ވެސް ޓީމުތަކަށް ލިބިދޭ ކަމަށެވެ.
އަންހެން އަދި ފިރިހެން ޑިވިޝަނުން ވެސް މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000ރ. އިނާމު ފައިސާ ވ. އަތޮޅު ކައުންސިލުން ވަނީ ކަނޑައަޅާފަ އެވެ. ރަނަރަފު ޓީމަށް 15،000ރ. އެވެ.
ފެލިދޫން 12 ހެކްޓަރުގެ ބިން ހިއްކައިދޭނަން: ރައީސް
ކެމްޕެއިންގެ ބޭރުން ވަޑައިގެންނެވި ރައީސަކަށް މުއިއްޒު
ފުލިދު އަށް އެންމެ އުފާވެރި އެއް ދުވަސް
ރައީސް، ހަތަރު އަތޮޅަކަށް ފުރާވަޑައިގެންފި
ގައުމީ ޒުވާން ވޮލީ ޓީމުގެ ކޯޗަކަށް އިރާންގެ ނަޒާރީ
ސިފައިންނާއި އެޗްޑީސީގެ ރޭންކިން މެޗު ކެންސަލް
ވާވުގެ ޝިޕްރެކް އެންމެފަހުން ގެއްލި، އޮޔާދަނީ
ތިން ބައްޔާ އެކު ސިފައިންނާއި އެޗްޑީސީއަށް ނާކާމިޔާބު
ހުސެންގެ ފަހަތުންގޮސް އިންމައަށް އޭވީސީ ރެފްރީގެ ދަރަޖަ
ސީޒަން ފަސްކުރަން ޖެހުމުން، ސަރުކާރުން ބަދަލު ދެނީ