ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ޖޭއެސްސީން ނިންމާފައިވާ ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޝަހީދުގެ ނަން އަނބުރާ ނަގަން ނިންމައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އަށް އޭނާ މިއަދު ހުށަހަޅުއްވައިފި އެވެ.
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ޖޭއެސްސީން ނިންމާފައިވާ ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޝަހީދުގެ ނަން އަނބުރާ ނަގަން ނިންމައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އަށް އޭނާ މިއަދު ހުށަހަޅުއްވައިފި އެވެ.
އޭނާގެ އެ ނިންމެވުމާ އެކު، ޝަހީދު ވެފައި ވަނީ ފަނޑިޔާރަކަށް އައްޔަން ކުރަން އެ ކޮމިޝަނުން ނިންމި ފަހުން ނަން އަނބުރާ ނަންގަވަން މިހާތަނަށް ހުށަހެޅުއްވި ފުރަތަމަ ފަރާތަށެެވެ.
ޖޭއެސްސީގެ ރައީސް ހުސައިން ރިޒާ އާދަމަށް ފޮނުއްވި ސިޓީގައި ޝަހީދު ވިދާޅުވީ، އޭނާގެ އެޕްލިކޭޝަން ބާތިލް ކޮށްދިނުމަށް އެދިވަޑައިގަތީ، އޭނާއަކީ މިހާރު ވެސް ސިޔާސީ ބޭފުޅެއް ކަމަށް ބަޔަކު ސިފަކުރަމުންދާތީ، ފަނޑިޔާރުންގެ ނަޒާހަތްތެރިކަމާ މެދު އާންމުންގެ ހިތުގައި ސުވާލު އުފައްދަން ޖާގަ ނުދިނުމުގެ ގޮތުން ކަމަށެވެ.
"ދިވެހި ގައުމަށްޓަކައި އަދި ޖުޑިޝަރީގެ މުސްތަގިއްލުކަން ހިމާޔަތް ކުރުމަށްޓަކައި އަޅާ ފިޔަވަޅެއް މިއީ. އަޅުގަނޑު ސިޔާސީ މަގާމެއްގައި ހުއްޓަސް އެ މަގާމުން އިސްތިއުފާ ދީފައި މިކަމާ ކުރިމަތިލީ ވެސް ސިޔާސީ ކަންކަމާ ދުރުވުމަށްޓަކައި،" ޝަހީދު ވިދާޅުވި އެވެ.
ޝަހީދު ވިދާޅުވީ ހައި ކޯޓުގެ ފަނޑިޔާރަކަށް ކުރިމަތިލައްވަން ނިންމެވީ އޭނާގެ އަމިއްލަ އިހުތިޔާރުގައި ކަމަށާއި އެއްވެސް ބައެއްގެ އަތެއް އެ ކަމުގައި ނޯންނާނެ ކަމަށެވެ.
"އަޅުގަނޑަކީ ޝަރުތު ނުވާ މީހެއް ކަމަށް ވެސް ދައްކަން ބަޔަކު އުޅެފައި އޮތީ. އެކަމަކު، އަޅުގަނޑަކީ ގާނޫނީ ވަކީލުކަމުގައި ފަސް އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކޮށްފައިވާ މީހެއް. ހައި ކޯޓުގެ ފަނޑިޔާރަކަށް ބޭނުންވާ ޝަރުތު ވެސް ފުރިހަމަވޭ،" އޭނާ ވިދާޅުވި އެވެ.
ޝަހީދު ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހުސްނުއްސުއޫދު ކުރިން އައްޔަންކުރީ ވެސް ރިޔާސީ ކޮމިޝަންގައި މަސައްކަތް ކުރެއްވި ފަހުން ކަން ފާހަގަކޮށްލަން ޖެހޭ ކަމަށެވެ.
"އެ ނިންމުން ވެސް އަޅުގަނޑު ގަބޫލުކުރަން. ސުއޫދު ވެސް ޝަރުތު ހަމަވާތީ ސުޕްރީމް ކޯޓަށް އައްޔަން ކުރައްވާނީ. އެ ކަމަކު ރިޔާސީ ކޮމިޝަންގައި ވެސް ކުރައްވާނީ ސިޔާސީ މަސައްކަތް،" ދިފާއުގައި ޝަހީދު ވިދާޅުވި އެވެ.
ޝަހީދު ވަނީ ހައި ކޯޓަށް އޭނާ އާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ އައްޔަން ކުރަން މިރޭ ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް ވެސް ޖޭއެސްސީ އަށް އަންގަވައިފަ އެވެ. އަދި ހައި ކޯޓު ފަނޑިޔާރުކަމާ ހަވާލުވެވަޑައިގަތުމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ޝަހީދު ވިދާޅުވި އެވެ.
ޝަހީދުގެ ނަން ނެގުމުން ފަނޑިޔާރުކަމަށް ހުޅުވާލައިފި
ޖަމީލް، ހައިކޯޓުގެ ފަނޑިޔާރުގެ މަގާމަށް އައްުޔަންކޮށްފި
ޝަހީދު އައްޔަންކުރުން ހުއްޓުވާ މައްސަލަ ބަލައިގެންފި
ހައިކޯޓުގެ އާ ފަނޑިޔާރުން މާދަމާ ހުވާކުރަނީ
ހައިކޯޓަށް ޝަހީދު އައްޔަންކުރުން ހުއްޓުވަން ކޯޓަށް
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ޖަމީލާއި ޝަހީދު
ހައި ކޯޓުގެ ބެންޗުން ހުސްވި ދެ މަގާމަށް 17 ބޭފުޅުން
ޖޭއެސްސީން ދެކެނީ ހުއްދައަށް 7އަހަރުވުމުން ޝަރުތުހަމަވީ
ސަލީމްގެ ޝަރުތު ހަމަނުވާ ކަމަށް ބުނެ ބަހުސެއް
ޖޭއެސްސީން އިސްކަންދިނީ ސަލީމާއި ހަމީދުގެ ނަމަށް