ހައި ކޯޓަށް ފަނޑިޔާރަކު އައްޔަންކުރުން ހުއްޓުވުމުގެ އަމުރަކަށް އެދިފައިވަނިކޮށް، އަލަށް އައްޔަންކުރާ ފަނޑިޔާރުން މާދަމާ ހުވާކުރަން ހަމަޖައްސައިފި އެވެ.
02 އޯގަސްޓް 2025
ހައި ކޯޓަށް ފަނޑިޔާރަކު އައްޔަންކުރުން ހުއްޓުވުމުގެ އަމުރަކަށް އެދިފައިވަނިކޮށް، އަލަށް އައްޔަންކުރާ ފަނޑިޔާރުން މާދަމާ ހުވާކުރަން ހަމަޖައްސައިފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މީޑިއާތަކަށް ފޮނުވި ދައުވަތުގައި ބުނީ ފަނޑިޔާރުން ހުވާކުރުން މާދަމާ ރޭ 8:30 ގައި އޮންނާނެ ކަމަށެވެ.
ހައި ކޯޓުގެ ދެ ފަނޑިޔާރަކު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމުން ހުސްވި ދެ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން 17 ބޭފުޅަކު އެ ދެ މަގާމަށް ކުރިމަތިލެއްވި އެވެ.
އެ ކޮމިޝަނުން މިދިޔަ ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައި ނިންމީ ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް މި ފަހަކާ ޖެހެންދެން ހުންނެވި މުހައްމަދު ޝަހީދުގެ އިތުރުން ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ އެ ދެ މަގާމަށް އައްޔަން ކުރުމަށެވެ.
ޝަހީދު، ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވީ މި ސަރުކާރު ފެށުނުތާ ކުރީކޮޅެވެ. ނަމަވެސް އެ މަގާމުން މިމަހު ކުރީކޮޅު އޭނާ އިސްތިއުފާ ދެއްވި އެވެ. އަދި މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން ޕީއެންސީ އާއި ޕީޕީއެމްގެ ހަރަކާތްތަކުގައި ވެސް އޭނާ ބައިވެރިވެވަޑައިގަތެވެ.
އެހެންވެ، ހައި ކޯޓަށް އައްޔަންކުރުން ހުއްޓުވަން މައްސަލަ ހުށަހެޅުއްވީ އެ ކޯޓުގެ ފަނޑިޔާރު ކަމަށް މި ފަހަރު ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ވެސް ހިމެނިވަޑައިގެންނެވި ވަކީލް އަހުމަދު ނައުޝާދެވެ. އެ މައްސަލަ ނިމެންދެން އެކަން ހުއްޓުވަން ވަގުތީ އަމުރަކަށް ވެސް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ. އެކަމަކު، މައްސަލަ ހުށަހަޅާފައިވަނިކޮށް ފަނޑިޔާރުން ހުވާކުރަން ވަނީ ނިންމައިފަ އެވެ.
ނައުޝާދު މިދިޔަ ހަފުތާގައި "މިހާރު" އަށް ވިދާޅުވީ ސިޔާސީ މަގާމެއް އަަދާކުރެއްވި ބޭފުޅަކު، ފަނޑިޔާރު ކަމަށް އައްޔަން ކޮށްގެން ނަޒާހަތްތެރިކަމާ އެކު، މަސައްކަތް ކުރެވޭނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ. އަދި ޝަރުއީ ދާއިރާގައި މަސައްކަތްކޮށް، ގިނަ ތަޖުރިބާ ލިބިފައިވާ ބޭފުޅުން ކުރިމަތިލައްވާފައި ވަނިކޮށް، އަމިއްލަ ކުންފުންޏެއްގައި ވަކީލަކަށް އުޅުއްވި ބޭފުޅަކު ފަނޑިޔާރަކަށް އައްޔަން ކުރުން ގަބޫލު ނުކުރެއްވޭ ކަމަށް ވިދާޅުވި އެވެ.
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް މިފަހަރު ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ދަށު ކޯޓުތަކުގެ ގިނަ އަދަދެއްގެ ފަނޑިޔާރުންނާއި ކުރީގެ ފަނޑިޔާރުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ޝަހީދުގެ ނަން ނެގުމުން ފަނޑިޔާރުކަމަށް ހުޅުވާލައިފި
ޖަމީލް، ހައިކޯޓުގެ ފަނޑިޔާރުގެ މަގާމަށް އައްުޔަންކޮށްފި
ޝަހީދުގެ ނަން އަނބުރާ ނަގަން ޖޭއެސްސީއަށް ހުށަހަޅައިފި
ޝަހީދު އައްޔަންކުރުން ހުއްޓުވާ މައްސަލަ ބަލައިގެންފި
ހައިކޯޓަށް ޝަހީދު އައްޔަންކުރުން ހުއްޓުވަން ކޯޓަށް
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ޖަމީލާއި ޝަހީދު
ހައި ކޯޓުގެ ބެންޗުން ހުސްވި ދެ މަގާމަށް 17 ބޭފުޅުން
ޖޭއެސްސީން ދެކެނީ ހުއްދައަށް 7އަހަރުވުމުން ޝަރުތުހަމަވީ
ސަލީމްގެ ޝަރުތު ހަމަނުވާ ކަމަށް ބުނެ ބަހުސެއް
ޖޭއެސްސީން އިސްކަންދިނީ ސަލީމާއި ހަމީދުގެ ނަމަށް