މިދިޔަ ހުކުރު ދުވަހު ފާހަގަކުރި ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ގުޅުވައިގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި "ސްޓްރީޓް އެގްޒިބިޝަންތަކެއް" ބާއްވައިފި އެވެ.
29 ޖުލައި 2025
މިދިޔަ ހުކުރު ދުވަހު ފާހަގަކުރި ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ގުޅުވައިގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި "ސްޓްރީޓް އެގްޒިބިޝަންތަކެއް" ބާއްވައިފި އެވެ.
"ސްޓްރީޓް އެގްޒިބިޝަންތައް" މާލޭގައި ބޭއްވީ މިދިޔަ އާދިއްތަ އާއި ހޯމަ ދުވަހު އެވެ. މި އެގްޒިބިޝަން ހުޅުމާލޭގެ އިތުރުން އަތޮޅުތަކުގައި ބޭއްވީ ހޮނިހިރު ދުވަހުން ހޯމަ ދުވަހަށެވެ. މައުރަޒު ބޭއްވި ރަށްތަކަކީ ހދ. ކުޅުދުއްފުށި، ބ. އޭދަފުށި، އދ. ދަނގެތި، ލ. ގަން، ގދ. ތިނަދޫ ފުވައްމުލައް އަދި އައްޑޫ ހިތަދު އެވެ.
ދިވެހި ސަގާފަތާއި އާދަކާދަތައް ދައްކުވައިދޭ ގައުމިއްޔަތު ރަމްޒުކޮށްދޭ ކުރެހުންތައް ބައިވެރި ކުރި އެ މައުރަޒަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނު ކަމަށް ދިރާގުން ބުންޏެވެ.
މިއީ، ދިރާގުގެ މި އަހަރުގެ ކަލަންޑަރުގެ ތީމް 'މިނިވަންކަން މަތީ އަބަދަށް' ގެ މައްޗަށް ބިނާކޮށް ބޭއްވި މައުރަޒުތަކެކެވެ.
ދިރާގުން މި އަހަރުގެ ކަލަންޑަރު ވެސް ތައްޔާރުކުރީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާ ގުޅުވައިގެންނެވެ.
އެ ކުންފުނީގެ މެނޭޖަރު ބްރޭންޑް އެންޑް އިވެންޓްސް، ނާޔާ ޝަރީފް ވިދާޅުވީ، ރާއްޖޭގެ މުއްސަނދި ސަގާފަތާއި އާދަކާދަތައް ދައްކުވައިދޭ "ސްޓްރީޓް އެގްޒިބިޝަންތައް" މެދުވެރިކޮށް ގިނަ ބަޔަކަށް މިނިވަން ދުވަސް ފާހަގަކުރުމުގެ ފުރުސަތު ލިބުނު ކަމަށާއި އެއީ ދިރާގަށް ލިބުނު އުފަލެއް ކަމަށެވެ.
300 ޑްރޯން ބޭނުންކޮށްގެން ބޭއްވި ޝޯގެ ތަރުހީބު ބޮޑު
މިނިވަން ދުވަހަށް ދިރާގުން "މިނިވަން އުފާ" އެޑްއޮން
އެފްއެޗްއޭއެމް ކަލިނަރީ ޗެލެންޖްގެ ޕާޓްނަރަކަށް ދިރާގު
މިނިވަން ދުވަހަށް ދިރާގުން 55 ޕަސެންޓް ޑޭޓާ
ޑިޒްނީ އާއި ސްޓާވޯޒްގެ ކެރެކްޓާތަކުން މަގުތައް ފުރިއްޖެ
މިނިވަން ދުވަހަށް ހާއްސަ މުބާރާތެއް ދިރާގުން ފަށައިފި
ދިރާގުން ދިވެހި ޕްރިމިއާ ލީގު ސްޕޮންސާކޮށްފި
ސީ-މީ-ވީ 6 ގްލޯބަލް ކޮންސޯޓިއަމް މީޓިން ބާއްވައިފި
އޭޝިއާކަޕް ބަލަން ދިރާގާއި މީޑިއާނެޓުން ހާއްސަ އޮފާއެއް
ދިރާގު ''ޑެސްކަޕް'' ފުޓްސަލް މުބާރާތް ނިންމާލައިފި