Roadha Mihaaru

އެފްއެޗްއޭއެމް އިންޓަނޭޝަނަލް އެގްޒިބިޝަން އަދި ކަލިނަރީ ޗެލެންޖްގެ ޕާޓްނަރަކަށް ދިރާގު

މި އަހަރުގެ ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް) ގެ އިންޓަނޭޝަނަލް އެގްޒިބިޝަން އަދި ކަލިނަރީ ޗެލެންޖުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.

އެފްއެޗްއޭއެމް ކަލިނަރީ ޗެލެންޖްގެ ޕާޓްނަރަކަށް ދިރާގު
އަހުމަދު އަރުޝަމް
އަހުމަދު އަރުޝަމް

27 އޯގަސްޓް 2022

މި އަހަރުގެ ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް) ގެ އިންޓަނޭޝަނަލް އެގްޒިބިޝަން އަދި ކަލިނަރީ ޗެލެންޖުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.

ދިވެހި އެކްސްޕޯ ސާވިސް އަދި ބޭރުގެ ސީޑީސީ އިވެންޓްސް އިން އިންތިޒާމްކުރާ ބައިނަލްއަގްވާމީ އެ އެގްޒިބިޝަން ކުރިއަށް ދާނީ މާދަމާއިން ފެށިގެން އަންނަ އަންގާރަ ދުވަހާ ހަމައަށް ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ.

އެ އެގްޒިބިޝަންގައި ރާއްޖޭގެ ފަތުރުވެރިކަމާ ގުޅޭ ތަފާތު ގިނަ ހިދުމަތްތަކާއި އުފެއްދުންތައް ދައްކާލަން ވަނީ ހަމަޖެހިފަ އެވެ. އަދި އެއީ ރިސޯޓު، ހޮޓާ، ގެސްޓް ހައުސް، ރެސްޓޯރެންޓް އަދި ކެފެޓީރިއާތައް ހިންގާ ފަރާތްތަކާއި ހިއްސާދާރުންގެ ސަމާލުކަން ލިބިގެންދާ ހަރަކާތެކެވެ.

އެފްއެޗްއޭއެމްގެ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖަކީ 75 އަށް ވުރެ ގިނަ ރިސޯޓު ތަމްސީލުކުރާ 30 އަށް ވުރެ ގިނަ ގައުމުތަކުގެ ޝެފުން ވާދަކުރާ ކެއްކުމުގެ މުބާރާތެކެވެ. އެއީ ރާއްޖޭގައި ބާއްވާ ކަލިނަރީ މުބާރާތްތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ އެއް މުބާރާތެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރަމުން ދާއިރު، ފަތުރުވެރިކަމުގެ ދާއިރާގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ޕާޓްނަރެއްގެ ގޮތުގައި ދިރާގު އަބަދުވެސް މަސައްކަތް ކުރަނީ ދާއިރާ ކުރިއަރުވަން ހިންގާ ހަރަކާތްތަކަށް އެއްބާރުލުންދޭން ކަމަށް އެ ކުންފުނިން ބުންޏެވެ.