Roadha Mihaaru
މިނިވަން ދުވަހަށް ދިރާގުން "މިނިވަން އުފާ" އެޑްއޮން

މިނިވަން ދުވަހަށް ދިރާގުން "މިނިވަން އުފާ" އެޑްއޮން

25 ޖުލައި 2023

މާދަމާ ފާހަގަކުރާ މި އަހަރުގެ މިނިވަން ދުވަހާ ގުޅުވައިގެން ދިރާގުން "މިނިވަން އުފާ އެޑްއޮން" އެއް ތައާރަފްކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

މާދަމާ ފާހަގަކުރާ މި އަހަރުގެ މިނިވަން ދުވަހާ ގުޅުވައިގެން ދިރާގުން "މިނިވަން އުފާ އެޑްއޮން" އެއް ތައާރަފްކޮށްފި އެވެ.

އެއީ 99ރ. އަށް އެކްޓިވޭޓް ކުރެވޭ، 24 ގަޑިއިރަށް ލިބޭ އަންލިމިޓެޑް މޮބައިލް ޑޭޓާ އޮންއެކެވެ.

އެ އެޑް އޮންގެ އިތުރުން ދިރާގުން ވަނީ ހޯމް ބްރޯޑްބޭންޑް އިންޓަނެޓަށް ހާއްސަ ބޫސްޓާއެއް ވެސް ތައާރަފްކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 200ރ. އަށް 200 ޖީބީ ލިބޭ ފައިބާ ބްރޯޑްބޭންޑް ބޫސްޓާ އާއި 300ރ. އަށް ލިބޭ 300 ޖީބީގެ ފައިބާ ބްރޯޑްބޭންޑް ބޫސްޓާއެކެވެ.

އެ ބޫސްޓާތައް އެކްޓިވޭޓް ކޮށްގެން ދެ ގުނަ ޑޭޓާ ކަސްޓަމަރަށް ލިބޭނެ ކަމަށާ މިއީ ޗުއްޓީގައި ގޭގައި ހުންނައިރު ފިލްމު ސްޓްރީމް ކުރަން ބޭނުން ކުރެވޭނެ ރަނގަޅު އޮފާއެއް ކަމަށް ދިރާގުން ބުންޏެވެ.

އެޑް އޮން އާއި ބޫސްޓާސް ދިރާގު އެޕް މެދުވެރިކޮށް އެކްޓިވޭޓް ކުރެވޭނެ އެވެ.

މިނިވަން ދުވަހާ ގުޅޭ އެޑް އޮން އާއި ބޫސްޓާ މި މަހުގެ 31 ގެ ނިޔަލަށް އެކްޓިވޭޓް ކުރެވޭނެ އެވެ.