Roadha Mihaaru
ބޮޑެތި އިނާމުތަކެއް ލިބޭ ދިރާގު ބޮޑު ޗުއްޓީ ލަކީޑްރޯ

ބޮޑެތި އިނާމުތަކެއް ލިބޭ ދިރާގު "ބޮޑު ޗުއްޓީ" ލަކީޑްރޯ

22 ޖޫން 2023

އީދު ބަންދަށް އަމާޒުކޮށް ބޮޑެތި އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އީދު ބަންދަށް އަމާޒުކޮށް ބޮޑެތި އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފި އެވެ.

"ބޮޑު ޗުއްޓީ"ގެ ނަމުގައި ފެށި އެ ޕްރޮމޯޝަނުގެ ލަކީޑްރޯގައި ބައިވެރިވެވޭނީ ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނާއި ފައިބަ ބްރޯޑްބޭންޑް ކަސްޓަމަރުންގެ ތެރެއިން ބޫސްޓާސް އެކްޓިވޭޓްކުރާ ކަސްޓަމަރުންނާއި 100 ޖީބީގެ އެޑްއޮން ޑޭޓާ ޕެކްތަކުން ޕެކެއް ހިޔާރުކުރާ ކަސްޓަމަރުންނަށެވެ.

މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ޖުލައި އަށް ވަނަ ދުވަހުގެ ނިޔަލަށް ބޫސްޓާސް އާއި އެޑްއޮންސް ހިޔާރުކުރާ ކަސްޓަމަރުންނަށެވެ.

އެ ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ފަސް ކަސްޓަމަރަކަށް ގޯ ޕްރޯ ހީރޯ 11، ޕީއެސް 5، އެއާޕޮޑްސް ޕްރޯ، ދިރާގު 5ޖީ ވަޔަލެސް ރައުޓާ، ސާފެސް ޕްރޯ 9 އެއް ލިބޭނެ އެވެ.

ދިރާގުގެ މެނޭޖަރު ކަސްޓަމާ ވެލިއު މެނޭޖްމަންޓް އައިޝަތު އިޝާނާ ވިދާޅުވި ގޮތުގައި ހާއްސަ ދުވަސްތަކަށް އަމާޒުކޮށްގެން ޕްރޮމޯޝަންތަކާއި ލަކީޑްރޯތައް ކުރިއަށް ގެންދަނީ ކަސްޓަމަރުންގެ އަގުވަޒަންކުރުމުގެ ގޮތުން ކަމަށެވެ.

ދިރާގުން އީދަށް އިއުލާނުކުރި ޕްރޮމޯޝަންތަކުގެ އިތުރުން މިހާރު ކުރިއަށްދާ ފުޑް ކާނިވަލުގައި ހުންނަ ދިރާގުގެ ސްޓޯލުން ވެސް ހާއްސަ އޮފާތަކެއް ދަނީ ކުރިއަށެވެ.

ދިރާގުގެ އެސިސްޓަންޓް މެނޭޖަރު މާކެޓިން، ކޮމިއުނިކޭޝަންސް އެންޑް ޕަބްލިކް ރިލޭޝަން ފާތުމަތު ޖައިޝާން ހަމީދު ވިދާޅުވި ގޮތުގައި ކަސްޓަމަރުންގެ ރިކުއެސްޓަށް ދިރާގުގެ ރީތި ނަމްބަރެއް ފަސޭހައިން ލިބޭނެ އޮފާއެއް ފުޑްކާނިވަލުގައި ދަނީ ކުރިއަށެވެ.

"ފުޑްކާނިވަލުގައި ހުރި ދިރާގުގެ ސްޓޯލަށް ގޮސް، ޕޯސްޓްޕެއިޑް 450އިން މަތީގެ ޕެކޭޖެއް އެކްޓިވޭޓްކޮށްގެން ދިރާގުގެ ރީތި ނަމްބަރެއް ހޯދޭނެ. އަދި ސްޓޯލަށް ގޮސް ފައިބާ ބްރޯޑްބޭންޑް ކަނެކްޝަން އަލަށް ހިޔާރުކުރާ ކަސްޓަމަރުންނަށް ހިލޭ ރައުޓަރާއި ގުޅާ ދިނުމުގެ ހިދުމަތް ލިބޭނެ." ޖައިޝާން ވިދާޅުވި އެވެ.

ފުޑް ކާނިވަލުގައި ވެސް ދިރާގުން ހާއްސަ ލަކީޑްރޯއެއް ކޮންމެ ދުވަހަކު ދަނީ ނަގަމުންނެވެ. ދިރާގުގެ ސްޓޯލުން 5ޖީ އެކްޓިވޭޓްކޮށްގެން ނުވަތަ އާ ކަނެކްޝަނެއް ހިޔާރުކުރާ ކަސްޓަމަރުންގެ މެދުގައި ކޮންމެ ރެއަކު ގުރުއަތު ނަގާ އެއާޕޮޑްސް ޕްރޯއެއް ދަނީ ދެމުންނެވެ.