ސިންގަޕޫރުގައި މިހާރު ކުރިއަށް ގެންދާ 22 ވަނަ ވޯލްޑް އެކުއޭޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ދެ ފެތުންތެރިން ކަމަށްވާ މެރާލް އައިން ލަތީފާއި އަމްނާ ތަޒްކިޔާ މިރުސޯދު (ތަޒްކީ) ލޯންގްކޯސް ގައުމީ ރެކޯޑެއް ގާއިމް ކޮށްފަ އެވެ.
ސިންގަޕޫރުގައި މިހާރު ކުރިއަށް ގެންދާ 22 ވަނަ ވޯލްޑް އެކުއޭޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ދެ ފެތުންތެރިން ކަމަށްވާ މެރާލް އައިން ލަތީފާއި އަމްނާ ތަޒްކިޔާ މިރުސޯދު (ތަޒްކީ) ލޯންގްކޯސް ގައުމީ ރެކޯޑެއް ގާއިމް ކޮށްފަ އެވެ.
މެރާލް މި ފަހަރު އާކުރީ އަންހެނުންގެ ލޯންގްކޯސް 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގަައުމީ ރެކޯޑެވެ. އަދި ތަޒްކީ ވަނީ އަންހެނުންގެ ލޯންގްކޯސް 100 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް މުގުރާލައިފަ އެވެ.
ވޯލްޑް ޗެމްޕިއަންޝިޕްގެ ފުރަތަމަ ދުވަސް ކަމަށްވާ މިދިޔަ އާދިއްތަ ދުވަހު އުމުރުން 16 އަހަރުގެ މެރާލް ރެކޯޑް އާކުރީ 02:44.34 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ. ކުރިން މި ރެކޯޑް މެރާލް އަތުގައި އޮތީ އިނގިރޭސި ވިލާތުގައި މިއަހަރު ކުރީކޮޅު ބޭއްވި ޑެވަން ކައުންޓީ ޗެމްޕިއަންޝިޕްސް ގައި 02:45.93 އިން ފަތައިގެންނެވެ.
މިދިޔަ އަހަރުގެ ކުރީކޮޅު ބޭއްވި ޑެވަންސަން ޗެމްޕިއަންޝިޕްސްގައި ވެސް މެރާލް މި ރެކޯޑް އާކުރި އެވެ. އެކަމަކު، މިދިޔަ އަހަރު ސްރީ ލާންކާގައި ބޭއްވި އެ ގައުމުގެ ނެޝަނަލް އެންޑް ޖޫނިއާ ނެޝަނަލް ލޯންގްކޯސް ސްވިމިން ޗެމްޕިއަންޝިޕްސްގައި ތަޒްކީ ވަނީ އެ ރެކޯޑް މުގުރާލައިފަ އެވެ.
ސިންގަޕޫރުގައި ތަޒްކީ ވަނީ އިއްޔެ ކުރިއަށް ގެންދިޔަ އަންހެނުންގެ ލޯންގްކޯސް 100 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ހީޓުގައި 1:13.49 ސިކުންތުން ފަތައިގެން 2023 ވަނަ އަހަރުން ފެށިގެން ހަމްނާ އަހުމަދު އަތުގައި އޮތް ރެކޯޑެއް މުގުރާލައިފަ އެވެ.
އުމުރުން 14 އަހަރުގެ ތަޒްކީގެ މި ޓައިމިންއަކީ ހަމްނާގެ ރެކޯޑަށް ވުރެ 4.2 ސިކުންތުގެ ކުރިއެރުމެކެވެ.
މިދިޔަ އަހަރު ހަމްނާ ރެކޯޑް އާކޮށްފައި ވަނީ، މެލޭޝިއާގައި ބޭއްވި 59 ވަނަ މައިލޯ/އެމްއޭއެސް މެލޭޝިއާ އިންވިޓޭޝަނަލް އޭޖްގްރޫޕް ސްވިމިން ޗެމްޕިއަންޝިޕްސްގެ ހީޓުގައި 01:17.69 އިން ފަތައިގެންނެވެ. އޭގެ ކުރީ އަހަރު އައިޝަތު ސައުސަންގެ ރެކޯޑް ހަމްނާ މުގުރާލީ 01.18.17 އިން ރޭސް ނިންމައިގެންނެވެ. ސައުސަން ރެކޯޑް ހަދާފައި ވަނީ 2022 ވަނަ އަހަރު އޮތް 19 ވަނަ ފީނާ ވޯލްޑް ޗެމްޕިއަންޝިޕްސްގައި 01.18.58 އިން ފަތައިގެންނެވެ.
ނަމަވެސް ތަޒްކީގެ މި ޓައިމިންއަކީ، ކުރީގައި އުޅޭ ފެތުންތެރިންނާ ވާދަކުރަން ބަލާއިރު ފަސްވަރަކަށް ސިކުންތު ދަށް ޓައިމިންއެކެވެ.
މެރާލް އާއި ތަޒްކީގެ އިތުރުން، ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި އާން ހުސައިން އާއި މުހައްމަދު ރިހާން ޝިހާމް ވެސް ރާއްޖެ ތަމްސީލު ކުރާނެ އެވެ.
ތައިލެންޑުގެ މުބާރާތުން ލޫތު އާއި މައާދު އަށް ތިންވަނަ
ނިއުލެގޫންގެ 40 ފެތުންތެރިން ތައިލެންޑްގެ މުބާރާތަށް
މެރާލް އާއި އުލްޔާ އަށް ޝޯޓްކޯސް ގައުމީ ރެކޯޑްތަކެއްް
މިކްސް ރިލޭ ޓީމުގެ ރެކޯޑާ އެކު ޖުމްލަ 8 ރެކޯޑް
ތަޒްކިޔާ އާއި އާން އަށް ވެސް އިތުރު ގައުމީ ރެކޯޑެއް
ރިހާން، އާން އަދި މިކްސް މެޑްލޭ ޓީމަށް ވެސް ރެކޯޑެއް
ދިރާގު"މާލެ އޯޕަން"ފެތުމުގެ މުބާރާތަށް ބޮޑު ތަރުހީބެއް
ހަމްނާ ނުވަ އަހަރުވީ ގައުމީ ރެކޯޑެއް މުގުރާލައިފި
"ދިރާގު މާލެ އޯޕަން" ސުވިމިން މުބާރާތުގެ ފުރުސަތު
ވޯލްޑް ޗެމްޕިއަންޝިޕްގައި ހަމްނާ އަށް ހާއްސަ ރެކޯޑެއް