Roadha Mihaaru

މެމްބަރުގެ ހުރަސްތަކާ އެކު ވެސް ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ދާނީ ކުރިއަށް: ރައީސް

ނ. ހޮޅުދޫ ދާއިރާގެ ތަރައްގީއާ ގުޅޭ ކަންކަމުގައި އެ ދާއިރާގެ އެމްޑީއޭގެ މެމްބަރު މުހައްމަދު އައްބާސްގެ ފަރާތުން ސަރުކާރަށް އެހީތެރިކަން ނުލިބޭ ކަމަށާއި އެކަމަކު އެ ހުރަސްތަކާ އެކު ވެސް އެ މަނިކުފާނު ވަޑައިގަންނަވާނީ ރައްޔިތުންނަށް ހިދުމަތް ކުރެއްވުން މަތީގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

"ހުރަސްތަކާއެކު ވެސް ރައްޔިތުންނާ އެކު ދާނީ ކުރިއަށް"

ނ. ހޮޅުދޫ ދާއިރާގެ ތަރައްގީއާ ގުޅޭ ކަންކަމުގައި އެ ދާއިރާގެ އެމްޑީއޭގެ މެމްބަރު މުހައްމަދު އައްބާސްގެ ފަރާތުން ސަރުކާރަށް އެހީތެރިކަން ނުލިބޭ ކަމަށާއި އެކަމަކު އެ ހުރަސްތަކާ އެކު ވެސް އެ މަނިކުފާނު ވަޑައިގަންނަވާނީ ރައްޔިތުންނަށް ހިދުމަތް ކުރެއްވުން މަތީގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވެލިދޫ ދާއިރާގައި ހިމެނޭ ފޮއްދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، އެ މަނިކުފާނު ގަބޫލުފުޅު ކުރައްވާ ގޮތަކީ ރައްޔިތުން އިންތިހާބު ކޮށްފައިވާ މަންދޫބެއް ނަމަ ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ސިޔާސީ ހިޔާލު ތަފާތުވުން އެއްވެސް ވަރަކަށް ކުރިއަށް ނެރެގެން ނުވާނެ ކަމަށެވެ. އެންމެން ވެސް މަސައްކަތް ކުރަން ވާނީ އެ އަށް ވުރެ ޒިންމާދާރުކޮށް، ޕްރޮފެޝަނަލްކޮށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ފަރާތުން ސަރުކާރަށް މާބޮޑަށް ފަސޭހަތައް ލިބޭ ކަމަށެވެ.

ރައީސް މުއިއްޒު މިއަދު ފޮއްދު އަށް ވަޑައިގަތުމުން އެ ރަށުން މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު މިއަދު ފޮއްދު އަށް ވަޑައިގަތުމުން އެ ރަށުން މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

"އެއީ އެ ބޭފުޅުން އެއްވެސް ވަރަކަށް ނުބެހޭ ކަމަކާ. އެ ބޭފުޅުންގެ ދާއިރާގެ ކަމެއްގައި އަދި މިއަދާ ހަމައަށް އައިިއިރު އަޅުގަނޑާ ހަމައަށް ނާދޭ އެއްވެސް ކަމެއްގައި. އެހެންވީމާ މާ ފަސޭހަ ކަންކަން ކުރަން. އެހެން ނަމަވެސް މި ދާއިރާގެ އިއްޒަތްތެރި މަޖިލިސް މެމްބަރުގެ ކިބައިން ކަންކަމުގައި އެހީތެރިކަން ނުދޭތާނގައި ހުރަސްތައް ކުރިމަތި ކުރާ ކަމީ ހަމަ ދެރަކަމެއް،" މެމްބަރު އައްބާސް އަށް އިޝާރާތް ކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވި އެވެ.

ނަމަވެސް ރައީސް ވިދާޅުވިގޮތުގައި، ނ. އަތޮޅުގެ 13 ރަށަކަށް އެ މަނިކުފާނު މިދިޔަ ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގައި ވެސް އެ ހުރަސްތަކާ މެދު ކަންބޮޑުވުމެއް ނެތް ކަން ފެންނާނެ އެވެ.

"ރައްޔިތުންނަށް ހިދުމަތް ކުރުމުގައި އަޅުގަނޑުމެން ދާނީ ސީދާ ރައްޔިތުންނާ އެކީގައި ކުރިއަށް ކަން. އަޅުގަނޑުމެންނަށް އެއީކީ އެއްވެސް މައްސަލައެއް ނޫން،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ފޮއްދޫ ކައުންސިލާ މިއަދު ބައްދަލުކުރައްވަނީ.--- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު ފޮއްދޫ ކައުންސިލާ މިއަދު ބައްދަލުކުރައްވަނީ.--- ފޮޓޯ: ރައީސް އޮފީސް

އެ މަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ވެލިދޫ ދާއިރާގެ މެމްބަރު އައްބާސްގެ ފަރާތުން އެހީތެރިކަން ސަރުކާރުން ލިބިވަޑައިނުގަތަސް ފޮއްދޫ ކައުންސިލާއި އެހެނިހެން ކައުންސިލްތަކުން ލިބޭ އެހީތެރިކަން ފާހަގަކުރައްވައިފަ އެވެ. ހާއްސަކޮށް ފޮއްދޫ ކައުންސިލްގެ ރައީސަށް ހާއްސަ ޝުކުރެއް ދެންނެވި އެވެ.

ރައީސް މުއިއްޒު މިއަދު ފޮއްދު އަށް ވަޑައިގަތުމުން އެ މަނިކުފާނާ އެކު، އެ ރަށުގެ މީހަކު ސެލްފީއެއް ނަގަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު މިއަދު ފޮއްދު އަށް ވަޑައިގަތުމުން އެ މަނިކުފާނާ އެކު، އެ ރަށުގެ މީހަކު ސެލްފީއެއް ނަގަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވީ އެ މަނިކުފާނު ދެން ފޮއްދު އަށް ވަޑައިގަންނަވަން ގަސްދު ކުރައްވަނީ އެ ރަށުގައި މިއަދު ފެށި މަޝްރޫއުތައް ނިމި ރައްޔިތުންގެ އުފަލުގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ.

ރައީސްގެ މި ދަތުރުފުޅުގައި ފޮއްދޫގެ ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް މިއަދު ވަނީ ފަށައިފަ އެވެ. އެއީ 40 އަހަރުގެ ދިގު އިންތިޒާރެއް ކަމަށް އެ ރަށުގެ ރައްޔިތުންނާ ހަވާލާ ދެއްވައި އެ މަނިކުފާނު މިއަދުގެ ޖަލްސާގައި ވިދާޅުވި އެވެ.