މެލޭޝިއާގެ ސެލްސް-ސާވިސް ބޯޑަ ކޮންޓްރޯލް މެޝިންތަކަށް ދިމާވި މައްސަލައަކާ ހެދި ވެރިރަށް ކުއާލަ ލަމްޕޫރުގެ އެއާޕޯޓާއި އެއްގަމު މަގުން ދަތުރުކުރާ އެތައް ހާސް ދަތުރުވެރިންނަށް ދަތުރުތައް ވަރަށް ބޮޑަށް ލަސްވުމާ ކުރިމަތިވެއްޖެ އެވެ.
މެލޭޝިއާގެ ސެލްސް-ސާވިސް ބޯޑަ ކޮންޓްރޯލް މެޝިންތަކަށް ދިމާވި މައްސަލައަކާ ހެދި ވެރިރަށް ކުއާލަ ލަމްޕޫރުގެ އެއާޕޯޓާއި އެއްގަމު މަގުން ދަތުރުކުރާ އެތައް ހާސް ދަތުރުވެރިންނަށް ދަތުރުތައް ވަރަށް ބޮޑަށް ލަސްވުމާ ކުރިމަތިވެއްޖެ އެވެ.
ހުކުރު ދުވަހުގެ މެންދުރު ފަހުން ފެށިގެން މައްސަލަ ދިމާވެފައިވާ މައި ދޮރާށިތަކުގެ ތެރޭގައި ކުއާލަ ލަމްޕޫރު އިންޓަނޭޝަނަލް އެއާޕޯޓުގެ މައި ދެ ޓާމިނަލްގެ އިތުރުން ސިންގަޕޫރަށް ދާން، ދެކުނުން އޮންނަ އެއްގަމު މަގުތައް ވެސް ހިމެނެ އެވެ.
"މި މައްސަލައާ ހެދި އިމިގްރޭޝަންގެ މެނުއަލް ކައުންޓަރުތަކުގެ ކިއޫގައި ގިނައިރު ހޭދަކުރަންޖެހޭ މީހުންގެ އަދަދު ދިހަ ހާހުން މަތިން ގުނޭނެ،" މެލޭޝިއާގެ އިމިގްރޭޝަން ޑިޕާޓްމަންޓުގެ ޑިރެކްޓާ ޖެނެރަލް ޒަކަރިއްޔާ ޝަބާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މައްސަލަ ދިމާވާނެ ފަސިންޖަރުންގެ އަދަދު ކަށަވަރުކަމާ އެކު ބުނަން ނޭނގޭ ކަމަށެވެ.
"ޖޮހޯރްގައި މާ ގިނަ މެނުއަލް ކައުންޓަރުތަކެއް ވެސް ނުހުންނާނެ. ގިނަ ގޭޓުތައް ހުންނާނީ އޮޓޯ ގޭޓްތަކަށް ބަދަލުކޮށްފައި،" ސިންގަޕޫރާ އިންވެގެން އޮންނަ ދެކުނު ސްޓޭޓަށް އިޝާރާތްކުރައްވައި ޒަކަރިއްޔާ ވިދާޅުވި އެވެ.
މެލޭޝިއާ ދަ ސްޓާ ނޫހުން ބުނި ގޮތުގައި 200 އަށް ވުރެ މެޝިނަށް މައްސަލަ ދިމާވެފައި ވާއިރު މިއީ މިހާތަނަށް އެ މެޝިންތަކަށް ދިމާވި އެންމެ ބޮޑު މައްސަލަ އެވެ. އަދި މައްސަލަ ދިމާވަނީ ހަމައެކަނި ބިދޭސީންގެ ޕާސްޕޯޓު ބޭނުންކުރުމުގައި ކަމަށް ވެސް ބުންޏެވެ.
ސިންގަޕޫރުގެ އިމިގްރޭޝަން އެންޑް ޗެކްޕޮއިންޓްސް އޮތޯރިޓީން ވަނީ މެލޭޝިއާއަށް ދާ މީހުންނަށް ދަތުރު ވަރަށް ބޮޑަށް ލަސްވާނެތީ އެކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފަ އެވެ.
މެލޭޝިއާއިން ވަނީ މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން 63 ގައުމެއްގެ ދަތުރުވެރިންނަށާއި އެކްރެޑިޓް ކޮށްފައިވާ ޑިޕްލޮމެޓުންނާއި އެ މީހުންގެ އާއިލާތަކުން އިމިގްރޭޝަން ކްލިއަރެންސް ހޯދުމުގައި މެލޭޝިއާގެ ސެލްފް ސާވިސް މެޝިން ބޭނުންކުރުމުގެ ހުއްދަ ދީފަ އެވެ. -- އޭއެފްޕީ
މެލޭޝިއާ އާއި ތައިލެންޑަށް މޯލްޑިވިއަންގެ ފްލައިޓްތަކެއް
މެލޭޝިއާއިން ދިވެއްސަކު ހައްޔަރުކޮށްފި
މެލޭޝިއާގައި ވޭޕް މަނާކުރަން ހުށަހަޅަނީ
މެލޭޝިއާ އެއާލައިނުން ރާއްޖެއަށް އިތުރު ދަތުރުތައް
މެލޭޝިއާގައި ކިޔަވާ ދަރިވަރުންގެ ޓެކްސްއަށް ފައިސާ ދެނީ
މަހާތީރުގެ އުފަންދުވަހުގެ ހަދިޔާއަކަށް މުންނާރުގެ މޮޑެލް
މެލޭޝިއާގައި ކިޔަވާ ކުދިންނަށް ޓެކްސް ފައިސާ ދެނީ
މެލޭޝިއާގައި ބޭރު ދަރިވަރުންގެ އަތުން ޓެކްސް ނަގަނީ
ފަރީދުގެ ޖަނާޒާ މެލޭޝިއާގައި ބާއްވަނީ
މެލޭޝިއާގައި ޔުނިވަސިޓީ ބަހެއް އެކްސިޑެންޓުވެ 15 މަރު