މެލޭޝިއާގައި ވޭޕް މަނާކުރުމަށް ވިސްނަމުން އަންނަ ކަމަށާއި އެކަމާ ގުޅޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު ޒުލްކިފްލީ އަހްމަދު ވިދާޅުވެއްޖެ އެވެ.
މެލޭޝިއާގައި ވޭޕް މަނާކުރުމަށް ވިސްނަމުން އަންނަ ކަމަށާއި އެކަމާ ގުޅޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު ޒުލްކިފްލީ އަހްމަދު ވިދާޅުވެއްޖެ އެވެ.
ޒުލްކިފްލީއާ ވިދާޅުވެފައިވާ ގޮތުގައި އިލެކްޓްރޯނިކް ސިނގިރެޓް ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށް އަޅާނެ ފިޔަވަޅުތަކާ ބެހޭ ހުށަހެޅުމެއް ހެލްތު މިނިސްޓްރީގެ ކޮމިޓީއަކުން އަންނަނީ ތައްޔާރުކުރަމުންނެވެ.
"އެކަން މިނިސްޓްރީގެ ހުށަހެޅުމެއްގެ ގޮތުގައި ގެނެސް، ވޭޕް މަނާކުރުން އެޖެންޑާގައި ހިމަނާނަން،" މިދިޔަ މަހު ފަހުކޮޅު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޒުލްކިފްލީ ވިދާޅުވެފައިވެ އެވެ.
އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގޮތުން، ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ބާވަތްތައް ކޮންޓްރޯލް ކުރުމުގެ ގާނޫނުގެ ދަށުން ވޭޕް ރެގިއުލޭޓްކުރި ނަމަވެސް "އެއީ ވޭޕް މަނާކުރުން ކަވަރުކުރާ ކަމެއް ނޫން" ކަމަށާއި އެހެންވެ މި ބަދަލުތަކާ އެކު މިކަން ތަފްސީލްކުރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ވޭޕް މަނާކުރާއިރު ގާނޫނީ، ސިނާއީ، ދައުލަތުގެ އާމްދަނީ އަދި ލައިސެންސިން ފަދަ ކަންކަމާ މެދު ވަރަށް ފަރުތާރިކަމާ އެކު ވިސްނަންޖެހޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ ވޭޕް ވިއްކުމުގެ ލައިސަންސް ދޫކުރުމާއި އާކުރުން ހުއްޓާލުމަށް ހަ ސްޓޭޓެއްގެ ސަރުކާރުން މިހާރު ނިންމާފައިވާތީ އެކަމަށް މިނިސްޓްރީން މަރުހަބާ ކިޔާ ކަމަށެވެ. އެއީ ޖޯހޯރް، ކެލަންޓަން، ޓެރެންގަނޫ، ޕާލިސް، ކެޑާ އަދި ޕަހަންގުގަ އެވެ.
ޒުލްކިފްލީ ވިދާޅުވީ ދުންފަތާއި ވޭޕްގެ ބާވަތްތައް ރަޖިސްޓްރީ ކުރުމާ ބެހޭ ގަވާއިދުތަކާއި ކުޑަކުދިންނަށް އެފަދަ ބާވަތްތައް ވިއްކުން މަނާކުރުމާ ބެހޭ ގޮތުން ގާނޫނުގައި ހުރި ކަންކަން މިިހާރުވެސް ތަންފީޒުކުރަމުން އަންނަ ކަމަށެވެ.
ހެލްތު މިނިސްޓްރީން 15،775 އޮޕަރޭޝަން ހިންގައި، 78،424 ނޯޓިސް ދީ، ޖޫން 30 ގެ ނިޔަލަށް 524 ތަހުގީގެއް މި ކަންކަމާ ގުޅޭ ގޮތުން ފަށާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހު ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ވޭޕްގެ 6،800 ޕްރޮޑަކްޓް ވޭރިއަންޓް ވިއްކަމުން ދިޔަ ކަމަށާއި އަދި 3،200 ބްރޭންޑެއް ހުރިކަން އޭނާ ފާހަގަކުރެއްވި އެވެ.
"މިހާރު ހުރީ އެންމެ 390 ބްރޭންޑެއް، އޭގެ ތެރޭގައި ރަޖިސްޓްރީކޮށްފައިވާ 2،794 ވޭރިއަންޓް ހިމެނޭ،" ޑރ. ޒުލްކިފްލީ ވިދާޅުވި އެވެ.
ވަގަށް އެތެރެކުރަން އުޅުނު ވޭޕް ސާމާނު އަތުލައިގެންފި
ވޭޕް މައްސަލަތަކުގައި މިދިޔަ މަހު 30 މީހުން ޖޫރިމަނާ
ވޭޕް އެތެރެކޮށްގެން ޝަހީމްގެ ދަރިފުޅު ޖޫރިމަނާ!
"ދަރިންނާ ގުޅުވައި ދޮގު ވާހަކަ ދެއްކުމުން ހިތްދަތިވޭ"
ވޭޕް އާލަތްތައް އަތުލުމުގެ ބާރު ފުލުހުންނަށް ދީފި
ބެލްޖިއަމްގައި ޑިސްޕޮސަބްލް އީ-ސިނގިރެޓް މަނާކޮށްފި
ވޭޕް ބޭނުންކޮށްގެން ހަތަރު މީހަކު ޖޫރިމަނާކޮށްފި
ސިނގިރެޓް ބުއިމުން މެލޭޝިއާގެ މިނިސްޓަރަކަށް އަދަބު
ބޮޑެތި ޖޫރިމަނާތަކާ އެކު، ވޭޕް މަނާކުރަން ފާސްކޮށްފި
ސިނގިރެޓް ޑިމާންޑް ދަށްވެ ބޮޑު ދެ ފެކްޓަރީއެއް ބަންދު