ރާއްޖެ އަށް ގިނަ އަދަދެއްގެ ވޭޕް ވަގަށް އެތެރެ ކުރަން އުޅުނު މައްސަލައެއްގައި އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދުގެ ދޮށީ ފިރިހެން ދަރިފުޅާއި އިތުރު މީހަކު ކަސްޓަމްސް އިން ރޭ ހިފަހައްޓައި، ޖޫރިމަކޮށްފި އެވެ.
ރާއްޖެ އަށް ގިނަ އަދަދެއްގެ ވޭޕް ވަގަށް އެތެރެ ކުރަން އުޅުނު މައްސަލައެއްގައި އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދުގެ ދޮށީ ފިރިހެން ދަރިފުޅާއި އިތުރު މީހަކު ކަސްޓަމްސް އިން ރޭ ހިފަހައްޓައި، ޖޫރިމަކޮށްފި އެވެ.
އެ މީހުންގެ ތަފުސީލް ކަސްޓަމްސްގެ މީޑިއާ އިން ނުދިން ނަމަވެސް ރާއްޖެ އަށް ވޭޕް އެތެރެކުރަން އުޅުނު މައްސަލައެއްގައި ރޭ ދެ މީހަކު ހިފެހެއްޓިކަން ކަށަވަރު ކޮށްދިނެވެ. އަދި އެ މީހުން ޖޫރިމަނާ ކުރުމަށް ފަހު ރޭ ދޫކޮށްލި ނަމަވެސް ސްމަގްލިން އަށް ފެތޭތޯ ބަލައި، ދައުވާ ކުރާ ނަމަ އެކަމާ މެދު ފަހުން ގޮތެއް ނިންމާނެ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
"މިހާރު" އަށް އެނގިފައިވާ މެލޭޝިއާ އިން ރާއްޖެ އައި އެ ދެ މީހުންގެ ތެރެއިން އެއް ބޭފުޅަކީ ޝަހީމްގެ ދަރިފުޅު އަދި ދިވެހި ޒުވާނުންގެ ލަފާދޭ ކޮމެޓީގެ ވެސް މެމްބަރު އަބްދުﷲ މާހިލް ޝަހީމް އެވެ. އޭނާ އެތެރެކުރަން އުޅުނީ 118 ވޭޕް ސްޓިކް ކަމަށް ވެ އެވެ. ދެން ހުރި މީހާ އެތެރެކުރަން އުޅުނީ 107 ވޭޕް ސްޓިކް އެވެ.
އެ ދެ މީހުން ޖޫރިމަނަކުރި އަދަދެއް ކަސްޓަމްސްއަކުން ނުބުނެ އެވެ. އެ ޖޫރިމަނާއާ ގުޅޭ ޑޮކިއުމަންޓެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ނަމަވެސް ކަސްޓަމްސް އިން ބުނީ އެއީ ސައްހަ ލިޔުމެއް ކަމަށް ނުބެލެވޭ ކަމަށެވެ.
މާހިލް ވޭޕް އެތެރެކުރަން އުޅުނީ "ގައިގައި ބަނދެގެން" އަދި ވަޒީފާ އަދާކުރައްވަނީ މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ކަމަށް ބުނެ ބައެއް މީޑީއާތަކުގައި ރިޕޯޓު ކޮށްފައިވާތީ ޝަހީމް އެކަން ދޮގުކުރެއްވި އެވެ. އެކަމަކު، ދަރިފުޅު ވޭޕް އެތެރެކުރަން އުޅުނު ކަމަށް ބުނާ ވާހަކަ ދޮގެއް ނުކުރައްވަ އެވެ.
ރާއްޖެއަށް ވޭޕް އެތެރެކޮށްގެން ކުރި ޖޫރިމަނާ އަދަދު 400 މިލިއަން ރުފިޔާއަށް އަށް ވުރެ ގިނަ ކަމަށް ކަސްޓަމްސް އިން މިދިޔަ ހަފްތާގައި ބުނެފައިވެ އެވެ. އޭގެ ތެރޭގައި އެކަކު 72 މިލިއަން ރުފިޔާ އިން ޖޫރިމަނާކުރަން ޖެހުނު ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.
ރާއްޖެ އަށް ވޭޕް ބޭނުންކުރުމާއި ވިއްކުމާއި ވިޔަފާރި ކުރުން މަނާކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އަދި ރާއްޖެ އަށް ވޭޕް އެތެރެކުރުން މަނާކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. ރާއްޖޭގައި ދުންފަތް ގަނެ ވިއްކޭނެ އެންމެ ދަށް އުމުރަކީ 21 އަހަރު ކަމުގައި ވެސް މިހާރު ވަނީ ކަނޑައަޅާފަ އެވެ.
ގަވާއިދާ ހިލާފަށް ވޭޕްގެ އާލާތެއް ގެންގުޅޭ ނަމަ 2،000ރ. އިން ޖޫރިމަނާ ކުރެވޭނެ ކަމަށް ގަވާއިދުގައިވެ އެވެ. އަދި އެ އެއްޗެހި ފުލުހުންނަށް ދޭން ދެކޮޅު ހަދައިފި ނަމަ 50،000ރ. އިން ޖޫރިމަނާ ކުރުމުގެ ބާރު ވެސް ވަނީ ދީފަ އެވެ.
ގާނޫނުގައިވާ ގޮތުން ވޭޕްކޮށްފި ނަމަ 5،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ. ހިލޭ ވޭޕެއް ދީފި ނަމަ 10،000ރ އަދި ވޭޕް ވިއްކައިފި ނަމަ 20،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ. އުމުރުން 21 އަހަރު ނުވާ މީހަކަށް ވޭޕް ވިއްކައިފި ނަމަ އަދަބަކީ 50،000ރ. އިން ޖޫރިމަނާ ކުރުމެވެ.
ވަގަށް އެތެރެކުރަން އުޅުނު ވޭޕް ސާމާނު އަތުލައިގެންފި
ފަސް އަހަރުން 106 މިލިއަންގެ ވޭޕް އެތެރެކުރި
ދުންފަތާ ގުޅޭ ލުއިތައް އަންނަ ނޮވެމްބަރު މަހާ ހަމައަށް
ޖަނަވާރަކަށް ސިނގިރެޓް ދިނުމުން ޖަލު ހުކުމެއްގެ ބިރު
ގަވައިދާ ހިލާފަށް ސިނގިރޭޓު ވިއްކާ މީހަކު ހައްޔަރު!
ވޭޕް މައްސަލަތަކުގައި މިދިޔަ މަހު 30 މީހުން ޖޫރިމަނާ
މެލޭޝިއާގައި ވޭޕް މަނާކުރަން ހުށަހަޅަނީ
ޔޫތު އެޑްވައިޒަރީ ބޯޑުން މާހިލް އިސްތިއުފާ ދީފި
ހިޔާ ފްލެޓަކުން 242 ވޭޕް ފްލޭވާ ފުޅި ފެނިއްޖެ
ރާއްޖެއަށް އެތެރެކުރި 3 ކިލޯގެ މެތު އަތުލައިގެންފި