Roadha Mihaaru

ޖިނާއީ މައްސަލަތަކުގައި އެހީތެރިކަން ދިނުމުގައި އެއްބަސްވުމެއްގައި ރާއްޖެއާއެކު ސޮއިކުރަން ލަންކާއިން ނިންމައިފި

ޖިނާއީ މައްސަލަތަކުގައި އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ރާއްޖެ އާއި ސްރީލަންކާއާ ދެމެދު ސޮއިކުރަން އެ ގައުމުގެ ކެބިނެޓުން އަނެއްކާވެސް ރުހުން ދީފި އެވެ.

ޖިނާއީ މައްސަލަތަކުގައި ރާއްޖެ-ލަންކާ އެއްބާރުލުން ދެނީ
އާސިމާ ނިޒާރު
އާސިމާ ނިޒާރު

10 ޖުލައި 2025

ޖިނާއީ މައްސަލަތަކުގައި އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ރާއްޖެ އާއި ސްރީލަންކާއާ ދެމެދު ސޮއިކުރަން އެ ގައުމުގެ ކެބިނެޓުން އަނެއްކާވެސް ރުހުން ދީފި އެވެ.

ލަންކާގެ ނޫސްތަކުގައި ބުނީ ކެބިނެޓަށް ޖަސްޓިސް މިނިސްޓަރު ހުށަހެޅުއްވި އެ ހުށަހެޅުން މި ހަފުތާގައި ކެބިނެޓުން ފާސްކޮށްފައިވާ ކަމަށެވެ. އެ އެއްބަސްވުމުގައި ސޮއިކުރަން އެންމެ ފުރަތަމަ ރުހުން ދިނީ ސެޕްޓެމްބަރު، 2022 ގައި ނަމަވެސް އިޖުރާއީ ކަންކަމާ ހެދި އެއްބަސްވުމުގައި އޭރު ސޮއި ނުކުރެ އެވެ.

އެކަމަކު މިހާރު އެ އެއްބަސްވުމުގައި ސޮއިކުރަން ދިވެހި ސަރުކާރުގެ ފުރިހަމަ ރުހުން އޮތްކަން ސަރުކާރުން އަންގާފައިވާ ކަމަށް ލަންކާގެ ނޫސްތަކުގައިވެ އެވެ.

ލަންކާގެ ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ އެ ގައުމުތަކުގައި ނޫސްތަކުގައި ކުރިން ބުނެފައިވަނީ އެ އެއްބަސްވުމުގެ ސަބަބުން ދެ ގައުމުން ގުޅިގެން ހިންގާ ތަހުގީގުތަކުގެ އެހީތެރިވެ، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށެވެ.

ލަންކާ އާއި ރާއްޖެއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރަން ނިންމިއިރު، ލަންކާގެ ރައީސް އަނުރަ ކުމާރަ ޑިސަނަޔަކެ މިމަހުގެ ފަހުކޮޅު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވާނެ އެވެ.