ހުޅުމާލެ ހޮސްޕިޓަލުގެ ހިދުމަތްތައް ދަށްވަމުންދާ މައްސަލާގައި ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު މަޖިލީހަށް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.
09 ޖުލައި 2025
ހުޅުމާލެ ހޮސްޕިޓަލުގެ ހިދުމަތްތައް ދަށްވަމުންދާ މައްސަލާގައި ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު މަޖިލީހަށް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.
އެމްޑީޕީގެ މެމްބަރު ޝަމްހީދު ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިނުގަންނަން ނިންމެވީ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގަތް 47 މެމްބަރުންގެ ތެރެއިން 37 މެމްބަރުން ވޯޓުންނެވެ. މައްސަލަ ބަލައިގަންނަން ވޯޓު ދެއްވީ 10 މެމްބަރުންނެވެ.
ކުއްލި މައްސަލަ ހުށަހަޅުއްވަމުން ޝަމްހީދު ވިދާޅުވީ މާލެ ފިޔަވައި އެންމެ ބޮޑު އާބާދީއެއް ހުޅުމާލޭގައި އުޅެމުން އަންނައިރު އެތަަނަށް ބޭނުންވާ އަސާސީ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށެވެ.
ޝަމްހީދު ވިދާޅުވި ގޮތުގައި ޕްރައިވެޓް ހޮސްޕިޓަލުތަކާއި ކްލިނިކްތަކުން އާސަންދަ އެއްކޮށް ކަވަރުނުކުރާތީ ގިނަ ބަޔަކަށް ސަރުކާރު ހޮސްޕިޓަލުތަކުން ހިދުމަތް ހޯދަން ވަނީ މަޖުބޫރުވެފަ އެވެ. ހުޅުމާލެ ހޮސްޕިޓަލަށް މަހެއްގެ މައްޗަށް 15،000 މީހުން ޑޮކްޓަރަށް ދައްކަންދާ ކަމަށާއި އެކަމަކު ތަނުގެ ހިދުމަތްތަކާ މެދު އާންމުންގެ ކަންބޮޑުވުން އިންތިހާއަށް އެބަ އޮތް ކަމަށް ޝަމްހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެތަނަަށް ބޭނުންވާ ވަސީލަތްތައް ސަރުކާރުން ގާއިމުކޮށްދިނުމާއި އެކަށީގެންވާ މިންވަރަށް ބަޖެޓު ނުދިނުމާއި ހިދުމަތް ދިނުމުގައި ކޮންމެހެން ބޭނުންވާ ޑޮކްޓަރުންނާއި ސްޕެޝަލިސްޓުންނާއި ފަންނީ މީހުން މަދުވުމުގެ މައްސަލަ އެބަ އޮތް ކަމަށެވެ.
- ހުޅުމާލޭ ހޮސްޕިޓަލަކީ 24 ގަޑިއިރު ހިދުމަތްދޭ ތަނެއް ކަމަށް ކަނޑައަޅާފައިވީ ނަމަވެސް އެގޮތަށް ހިދުމަތް ދިނުމަށް އެކަށިގެންވާ މުވައްޒަފުން ނެތުން.
- މިހާރު ތިބި މެޑިކަލް އޮފިސަރުންނަކީ ތަނަށް ބޭނުންވާ ވަރަށް ވުރެ މަދު ބައެއް ކަމާއި ގިނައިރު މަސައްކަތްކުރަން ޖެހުމުން ބަލި މީހުން ބެލުމަށް ފޯކަސް ގެއްލޭކަން.
- ކުރިންސުރެ ދެމުން އައި އިތުރު ގަޑީގެ ފައިސާ ދިނުން ހުއްޓާލުމާ ގުޅިގެން ޑޮކްޓަރުން އިތުރަށް މަސައްކަތްކުރަން ބޭނުންނުވާކަން.
- އިތުރު ގަޑީގެ ފައިސާ ދިނުން ހުއްޓާލުމާ ގުޅިގެން ދިރިއުޅުމުގެ ކަންކަމަށް ފައިސާ ނުލިބުމާއި ސްޓޫޑަންޓް ލޯނު ދައްކަން ދަރިވަރުން ވަޒީފާ އަދާކުރަން އެހެން ތަންތަނަށް ދާންޖެހުން.
- އިންޓަވެންޝަން ކާޑިއޮލޮޖިސްޓެއް މިވަގުތަށް ނެތުމުން ހާޓްއެޓޭކެއް ޖެހިގެން މީހަކު ގެންގޮސްފި ނަމަ، ފަރުވާދެވޭނެ ގޮތެއް ނެތް ކަމާއި އައިޖީއެމްއެޗަށް ފޮނުވުން ނޫން ކަމެއް ކުރެވެން ނެތްކަން.
- މިވަގުތު ނިއުރޮލޮޖިސްޓެއް ނެތް.
- އިއްޔެގެ ވަގުތެއްގައި އެތަނުގެ ހިދުމަތް ގަޑިއިރަކަށް ހުއްޓިގެން ދިއުމާއި އެއީ ސާވާ މައްސަލައެއްގައި ދިމާވި ކަމެއް ކަމަށް ހޮސްޕިޓަލުން ބުނުމާއި އެފަދަ މައްސަލަތައް ދިމާވަނީ ތަނުގެ ހިންގުން ފުޅާވާ ވަރަަކަށް ވަސީލަތްތައް ތަރައްގީކުރަމުން ނުދިއުމުގެ ސަބަބުން ކަމަށް.
- މީގެ ހަފްތާއެއް ކުރިން ވެސް އެތަނުގެ ކަރަންޓުގެ މައްސަލައެއް ދިމާވެ ވަގުތީ ގޮތުން އޯޕީޑީގެ ހިދުމަތް އެހެން ތަނަަކަށް ބަދަލުކުރަން ޖެހުމާއި އޯޕީޑީގެ ހިދުމަތް ހޮސްޕިޓަލުން ދޭން ހަ ގަޑިއިރު ނެގިކަން.
އެހެންވެ، ހޮސްޕިޓަލުގެ ފެންވަރު ދަށްވާ މައްސަލާގައި އާންމުންގެ ކަންބޮޑުވުން އޮތުމުން އެކަން ސަރުކާރުގެ ސަމާލުކަަމަށް ގެނައުމަށް މައްސަލަ ހުށަހެޅިޔަސް މަޖިލީހުން ފާސްކުރީ މައްސަލަ ބޭރުކޮށްލާށެވެ.
ބޮޑު އާބާދީއެއް އޮންނަ ހުޅުމާލޭގައި ގިނަ ބަޔަކު ހިދުމަތް ހޯދާ މި ހޮސްޕިޓަލުން މިދިޔަ މަހުގެ 27 ވަނަ ދުވަހު ކަރަންޓު ކެނޑިގެން ވެސް އެތައް ގަޑިއިރަކަށް ހިދުމަތް މެދުކެނޑުނެވެ. ކަރަންޓަށް މައްސަލަ ދިމާވުމުން ވަގުތީ ގޮތުން އޯޕީޑީގެ ހިދުމަތް އެ ދުވަހު ދިނީ ހުޅުމާލެ 2 ގައި ހުންނަ ޖެނެރަލް ޕްރެކްޓިސް ކްލިނިކުންނެވެ.
ހޮސްޕިޓަލުގެ ހިދުމަތްތަކާ މެދު އާންމުންގެ ޝަކުވާ އިތުރުވެފައިވާއިރު އެތަން ޓާޝަރީ ހޮސްޕިޓަލަށް ބަދަލުކޮށް ހުޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރުގަ އެވެ.
އަތް ބުރިވި މީހާއަށް މަސްނޫއީ އަތެއް ހަދައިދެނީ
ހުޅުމާލެ ހޮސްޕިޓަލްގައި ވޫންޑް ކެއާ ކްލިނިކް ހުޅުވައިފި
މެންބަރުން ބޭސްފަރުވާ ހޯދުމުގައި ދަތިވާތީ ކަންބޮޑުވުން!
ބޭހުގެ ބިލަށް އެސްޓީއޯއަށް 1 ބިލިއަން ނުލިބި އެބަހުރި
ހުޅުމާލޭ ހޮސްޕިޓަލު ޓާޝަރީ ފެންވަރަށް ބަދަލުކޮށްފި
އައިޖީއެމްއެޗްގައި އަހަރަކު 2 މިލިއަން ލެބް ޓެސްޓް
ހުޅުމާލެ ހޮސްޕިޓަލް ބިމުގައި 250 އެނދުގެ އާ ހޮސްޕިޓަލެއް
ދިވެހި ޑޮކްޓަރުން ކާޑިއެކް ސެންޓަރު ހިންގަން ފަށަނީ
ހެލްތުގެ ޑީޖީގެ ބާރުތަކާއި ޝަރުތުތައް މަތިކުރަނީ
"ކޮވިޑުގެ މަރުތައް ތަހުގީގުކޮށް ހައްގު ހޯދައިދޭންޖެހޭ"